• Categories
  • Archives

ރައީސް ސޯލިހްގެ ފުރަތަމަ 100 ދުވަހު މުހިއްމު ގިނަ މަސައްކަތްތަކެއް ފަށްޓަވަން ނިންމަވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި މުހިއްމު ގިނަ މަސައްކަތްތަކެއް ފަށްޓަވަން ނިންމަވައި އެކަންކަން އެމަނިކުފާނު މިއަދު އިޢުލާން ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ ކުރެއްވުމަށްފަހު، ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިކަންކަން އިޢުލާން ކުރައްވަމުން ފުރަތަމަ 100 ދުވަސް ނިމޭއިރު، ކަރަންޓުގެ އަގު ހެޔޮކުރެވޭނެ ކަމަށާއި، ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ސުކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށިގެންދާނެ ކަމަށާއި، ފަރުޟު ޙައްޖުގެ އަޅުކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނޭ ގޮތް ހަމަޖެހިގެންދާނެކަންވެސް ހާމަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ މަސްކަނޑުތަކުގައި ބޭރުގެ ފަރާތްތަކުން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުން ހުއްޓާލެވޭނެ ކަމާއި، ދަނޑުވެރިކަމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓު ޑިއުޓީ ކަނޑާލެވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ދުނިޔެ ހޫނުވުމުން ތިމާވެށްޓަށް އަންނަ ބަދަލުތަކުން މި ދުނިޔެ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެ ވެގެންދަނީ ޖަޒީރާ ޤައުމުތަކުގެ ލީޑަރަކަށް ކަމާއި، ގްރީން ޓެކްސްގެ ގޮތުގައި، ނެގޭ ފައިސާ ހޭދަކުރައްވާނީ ހަމައެކަނި ތިމާވެށި ޙިމާޔަތްކުރުމާ ގުޅުންހުރި މަސައްކަތްތަކަށް ކަންވެސް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވި އިތުރު ކަންތައްތަކުގެ ތެރޭގައި ކައުންސިލްތައް މެދުވެރިކޮށް، އިތުބާރުހިފޭ ހައުސިންގ ނީޑް އެސެސްމަންޓެއް ހައްދަވައި، ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢު ފަށްޓަވާނެކަން އިޢުލާން ކުރެއްވުން ހިމެނެއެވެ. އަދި އިމަރޖެންސީގައި ފަރުވާ ދޭންޖެހޭ ފަރާތްތަކަށް ޚިދުމަތްދިނުމަށް އެއަރ އެމްބިއުލޭންސްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދެއްވަން ފަށްޓަވާނެކަންވެސް އިޢުލާންކުރެއްވިއެވެ. މީގެ އިތުރުން، [ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް] އުފައްދަވައި ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާއަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖެހިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކައުންސިލްތައް ބާރުވެރިކުރުވައި، ވޭތުވެދިޔަ މުއްދަތުގައި ހިފަހައްޓާފައިވާ ބާރުތައް ކައުންސިލްތަކަށް އަލުން ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ ވޭތުވެދިޔަ 5 އަހަރު އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢާ ވަކިވެ، އެކަހެރިވެފައިކަން އެއީ، މިއަދު އަޅުގަނޑުމެންނަށް ފެންނަން އޮތް ސާފު ޙަޤީޤަތެއްކަމުގައިވެސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދިވެހިރާއްޖެއާއި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ، އަޅުގަނޑުމެންގެ އިސް ވާޖިބެކެވެ. އަދި ޚާރިޖީ ސިޔާސަތުގައި އިސްކުރައްވާނީ ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ކަމުގައި ވެސް ފާހަގަކުރެއްވިއެވެ. ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވާނީ އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީއާއި، ކްލައިމެޓްޗޭންޖް ޑިޕްލޮމެސީގެ މައްޗަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އިންޑިޔާއާއި، އަވަށްޓެރި ޤައުމުތަކާއެކު އޮތް ގުޅުން ބަދަހިކޮށް، އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ ދައުރު ފުރިހަމައަށް އަދާކުރައްވާނެ ކަމަށާއި، މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިވާ އަދި ރާއްޖެއާއެކު އެކުވެރިކަމުގެ ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުޅިފައިވާ ބަދަހި އިއްތިޙާދަކާއެކު، މިއަދު އަޅުގަނޑުމެން މި އުފައްދާ ސަރުކާރު އިރާދަކުރެއްވިއްޔާ، ވެގެންދާނީ، ހުރިހާ ދާއިރާއަކުން މި ރާއްޖެއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ގެނެސްދޭނެ ސަރުކާރަކަށް ކަމަށާއި، ރައްޔިތުންނަށް އިންސާފުވެރި ހެޔޮ ވެރިކަމެއް ކޮށްދޭނެ ސަރުކާރަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ”ތަފާތު ސިޔާސީ ފިކުރުތައް ބަދަހިކަމާއެކު ހިފެހެއްޓުމަށް އަޅުގަނޑު ކުރަންޖެހި، ނުކޮށް އޮތީ މިވެނި ކަމެކޭ ބުނެވޭނޭ އެއްވެސް ކަމެއް ދޫކޮށެއް ނުލާނަން.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

މަރުގެ އަދަބު ނުދޭނެ ކަމަށް ސަރުކާރުން ބުނެފި

ރާއްޖޭގައި މަރުގެ އަދަބު ނުދޭނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ. ފޮރިން މިނިސްޓްރީން 27 ނޮވެމަބަރ ...

ރައީސް ނަޝީދު މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަމުގެ އިޝާރާތެއް ކުރައްވައިފިއެވެ. މަޖިލީސް އިންތިޚާބުގައި ވާދަކުރައްވާކަހަލަ ...

އައްޑޫ ސިޓީ ހިތަދޫގައި ރުކަކުން ވެއްޓިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ

އައްޑޫ ސިޓީ ހިތަދޫގައި ރުކަކުން ވެއްޓިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ...

މަދަނީ އިއްތިހާދުގެ ރައީސް ޝައިޚް މުޙައްމަދު ދީދީ ޕީޕީއެމާއި ގުޅިވަޑައިގެންފި

މަދަނީ އިއްތިހާދުގެ ރައީސް އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިހް މުޙައްމަދު ދީދީ ވެރިކަންކުރާ ޕާޓީ ...

ކުރީގެ ނޫޓެއް އޮތްނަމަ އަވަހަށް ބަދަލުކުރަން އުޅޭ !

ދިވެހި ފައިސާގެ ގޮތުގައި ކުރިން ގެންގުޅުނު ނޫޓުތައް މި މަހުގެ 31 ވަނަ ދުވަހުގެ ފަހުން ބޭނުން ކުރުން ...

އިދިކޮޅު ފަރާތްތަކުގެ މުނާފިޤުކަން ފެނިއްޖެ – މޫސަ

ރާއްޖޭގައި އިސްލާހަށް ކަމަށް ބުނެ، މަގުމަތީގައި ހަމަނުޖެހުން އުފައްދަމުން އަންނަ، އިދިކޮޅު ފަރާތްތަކުގެ މުނާފިޤުކަން ޙާމަވެގެން ހިގައްޖެ ކަމަށް ...