ޝަމްސުއްދީން ސްކޫލްގެ 36 ވަނަ ގުރުއާން މުބާރާތް: އެއްވަނަ ދަރިވަރަކަށް އާއިޝަތު އީޝާ އަސްލަމް

ޝަމްސުއްދީން ސްކޫލުން ބޭއްވި އެސްކޫލްގެ 36 ވަނަ ގުރުއާން މުބާރާތުގެ  އެއްވަނަ ދަރިވަރަކަށް އެސްކޫލްގެ ގްރޭޑް 5 ބީގެ އާއިޝަތު އީޝާ އަސްލަމް ( ސ.މީދޫ ޝޭޑީ ) ހޮވިއްޖެވެ.

މިމުބާރާތުގެ އެއްވަނަ ދަރިވަރަކަށް  އާއިޝަތު އީޝާ އަސްލަމް ހޮވުމާއި ގުޅިގެން އިނާމެއްގެ ގޮތުން އީޝާ އަސްލަމަށްވަނީ އުމްރާދަތުރެއް ލިބިފައެވެ.

މިއުމްރާދަތުރަކީ މިމުބާރާތުން އެއްވަނައަށް ހޮވޭ ދަރިވަރަކަށް ޝަމްސުއްދީން ސްކޫލްގައި ކުރީން މަސައްކަތްކުރެއްވި ހައްވާ މުހައްމަދުދީދީ މެދުވެރިވެގެން ” ނިސްމާ އަލް ހައްޖު  ވަލްއުމްރާ” ގުރޫޕުން ހޯއްދަވައި ދެއްވި އުމްރާ ދަތުރެކެވެ.

ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް މިއަދު ހެނދު ޝަމްސުއްދީން ސްކޫލްގައި ބޭއްވުނު ރަސްމިއްޔާތުގައި އުމްރާދަތުގެ ލިއުން އީޝާ އަސްލަމާއި ހަވާލްކޮށްދެއްވީ ޝަމްސުއްދީން ސްކޫލްގެ ޕްރިންސިޕަލް ސުލްޠާނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 26 މީހުން ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 26 މީހުން ޕޮޒިޓިވްވެއްޖެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ހާމަކޮށްފައިވާގޮތުން ...

އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް

އައްޑޫގައި ޔޮޓް މެރީނާ އަކާއި ކުރޫޒް ޓާމިނަލެއް އެޅުމަށް ނިންމާފައި ވާކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ...

ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެސްފި

ގދ ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެސްފި އެވެ އެރަށް މޮނީޓަރިންގ ހާލަތަށް ގެނެސްފައި ވަނީ އެރަށުން މިއަދު ރެކޯޑް ...