ސިޔާކަޕްގެ ޗެމްޕިއަންކަން ގައުމު އެފްސީ ހޯދައިފި

މީދޫ ފުޓްބޯޅަ ދަނޑުގައި ބޭއްވި “ސިޔާކަޕް” ގެ ޗެމްޕިއަންކަން ގައުމު އެފްސީ ހޯދައިފިއެވެ.  މިމަހުގެ 22 ވަނަ ދުވަހު ހަވީރު ކުޅެވުނު މިމުބާރާތުގެ ފައިނަލް މެޗުގައި ޓޫބްރަދާސް އާއި ބައްދަލުކޮށް ގައުމު އެފްސީ  މެޗު ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުން ޓޫބްރަދާސްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލްމެޗުގައި ފުރަތަމަ ލީޑުނެގީ ގައުމު އެފްސީންނެވެ.  ގައުމު އެފްސީއަށް ލީޑު ހޯދައިދިނީ އެޓީމުގެ އިންޓޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.   ފުރަތަމަ ހާފް ނިމިގެން ދިޔައީ 1 ލަނޑު 0 ލަނޑުން ގައުމު އެފްސީ ކުރީގައި އޮވެގެންނެވެ.

ފަހުހާފް ފެށިގެން ޓޫބްރަދާސްއިން ލަނޑެއް ކާމިޔާބުކުރުމަށް ވަރަށްބޮޑަށް މަސައްކަތް ކުރަމުންދަނިކޮށް މިމެޗްގައި ގައުމު އެފްސީންވަނީ އެޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.  ގައުމު އެފްސީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިމެޗްގައި މޮޅުކުޅުމެއް ދެއްކި އަސޯއެވެ.

މިމެޗްގައި ޓޫބްރަދާސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ވިޝާހުއެވެ.

ގައުމު އެފްސީން ޓޫބްރަދާސް ބަލިކޮށް ޗެމްޕިއަންކަން މިހޯދީ މިމުބާރާތުގައި ޕޮއިންޓްސިސްޓަމަކަށް ކުޅުނުމެޗްގައި ޓޫބްރަދާސްއާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުން ގައުމު އެފްސީ ބަލިވެފައިވަނިކޮށެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ އެކި މަޤާމްތަކަށް ހޮވުނު ކުޅުންތެރިންނަށާއި މުބާރާތަށް އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ޓްރޮފީއާއި މެޑަލް އަދި ސެޓްފިކެޓް ހަވާލްކުރުން ކުރިއަށްގެންގޮސްފައި ވެއެވެ.

މުބާރާތުގެ މަގާމުތަކަށް ހޮވުނު ކުޅުންތެރީން:

ފައިނަލްމެޗުގެ މޮޅުކުޅުންތެރިޔާ: ގައުމު އެފްސީގެ ހުސެން އައްސަދު

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރީން:  1- ޓޫބްރަދާސްގެ އަލީ މުރުތަޟާ ، 2- ޓޫބްރަދާސްގެ ގައިސު ، 3- ޓޫބްރަދާސްގެ ނައުފަލު ،  4- ޓޫބްރަދާސްގެ އަބްދުﷲ އިމްރާން ، 5 – ގައުމު ޖޫނިއާސްގެ ހަސަން ސަހާފް ، 6- ގައުމު އެފްސީގެ އިންޝާލް 7- ގައުމު އެފްސީގެ މުހައްމަދު އިރުފާނެވެ.

މިމުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރީން

މިމުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ޓޫބްރަދާސްގެ އަބްދުﷲ އިމްރާން ހޮވިފައިވާއިރު އެންމެ އުއްމީދި ކުޅުންތެރިއަކަށް ހޮވާފައިވަނީ ގައުމު ޖޫނިއާސްގެ ރަޔަންއެވެ.

މިމުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިއަކަށް ރެޑްއެންޓްސްގެ މުޝާހިދު ހޮވާފައިވާއިރު ފެއަރޕްލޭ ޓީމަކަށް ހޮވާފައިވަނީ ރެޑްއެންޓްސްއެވެ. މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވާފައިވަނީ ގައުމުއެފްސީގެ ކޯޗް މުގުސިދެވެ.

ފެއަރޕްލޭޓީމް: ކްލަބްރެޑްއެންޓްސް

މިމުބާރާތް އަންނަ އަހަރުވެސް ބޭއްވޭނެކަމަށާ އަންނަ އަހަރު ބާއްވާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 20 ވަނަ ދުވަހުކަމަށްވެސް މިހާރުވަނީ ހަމަޖައްސާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެންމެ މޮޅުފިރިހެން 6 ކުޅުންތެރީންގެ ތެރޭގައި މީދޫގެ 3 ކުޅުންތެރިއަކު ހިމެނިއްޖެ

އައްޑޫސިޓީ މީދޫ ދާއިރާގެ މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫ އަވަށުގައި ކުރިއަށް ގެންދިޔަ  ” ...

އަތޮޅުމަދަރުސާ ބަލިކޮށް 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަރަފުއްދީން ހޯދައިފި

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ފައިނަލްމެޗްގެ  ފަހުހާފްގައި  މުހައްމަދު މާހީ އަބްދުﷲ ...