ޕްރިމިއާލީގު: ބޯންމައުތުގެ މައްޗަށް 2 ލަނޑު 1 ލަނޑުން އާސެނަލް ކުރިހޯދައިފިއި

އިގިރޭސި ޕްރިމިއާލީގުގައި ބޯންމަތްގެ މައްޗަށް 2 ލަނޑު 1 ލަނޑުން އާސެނަލް ކުރިހޯދައިފިއެވެ.

ބޯންމަތްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީވެސް އާސެނަލް އިންނެވެ. މި ގޯލަކީ މެޗުގެ 30 ވަނަ މިނެޓްގައި ބޯންމަތްގެ ލެމާ އަތުން ބައިކޮޅަށް ވެދެފައިވާ ގޯލެކެވެ.

އާސެނަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެމުން ދަނިކޮށް ފުރަތަމަ ހާފްގެ 45 ވަނަ މިނެޓްގައި ބޯންމައުތުގެ ޖޯޝުއާވަނީ ލަނޑެއް ކާމިޔާބުކޮށް ދީ ބޯންމަތް އަށް މެޗްގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

1 ލަނޑު 1 ލަނޑުން ދެޓީމު އެއްވަރުވެގެން  ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފްގެ ކުޅުން ފަށައިގެން މެޗުގެ 67 ވަނަ މިނެޓްގައި އާސެނަލްގެ  ކޮލަސިނަޗް ނަގައިދިން ހުރަހަކުން އެޓީމުގެ އޮބަމަޔަންގް ވަނީ އާސެނަލް އިން މިމެޗްގައި ކާމިޔާބުކޮށްދިން 2 ވަނަ ލަނޑު ކާމިޔާބުކޮށްދީ  މެޗުގެ ލީޑު އާސެނަލްއަށް ނަގާދީފައެވެ.

ބޯންމަތް ބަލިކޮށް އާސެނަލްއަށް ލިބުނު 3 ޕޮއިންޓާއެކު 13 މެޗުކުޅެގެން އާސެނަލްއަށް 27 ޕޮއިންޓް ލިބިގެން އެޓީމު އޮތީ ޕޮއިންޓް ޓޭބަލްގެ 5 ވަނާގައެވެ. އަދި ރޭގެ މެޗަކީ އާސެނަލް އިން ބަލިނުވެ ނިންމާލީ 17 ވަނަ މެޗުކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިގިރޭސި ޕްރިމިއާލީގުގ މެޗްތައް ކުޅުރުކޮށް ކުޅެން މަޝްވަރާކޮށް އަންނަމަހު ލީގު ފެށޭތޯ ބަލަނީ

އިގިރޭސި ޕްރިމިއާލީގުމެޗްތައް ކުރުކޮށްކުޅެން މަޝްވަރާކޮށްފިއެވެ. ޕްރިމިއާލީގުގެ މެޗްތައް އަންނަމަހު ފަށަން ކުލަބްތަކާއެކު މަޝްވަރާ ކުރެވެމުން އަންނައިރު ލީގު އަވަހަށް ...

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ލިވަޕޫލްގެ ސަލާހު

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް، ލިވަޕޫލްގައި ހުނަރުވެރި މޮޅު ކުޅުމެއް ދައްކަމުން އަންނަ މިސްރުގެ ...

ރޮނާލްޑޯ އިޓަލީ ޓިއުރިންއަށް

އިޓަލިއަން ލީގު އަލުން ފެށުމަށް ތައްޔާރުވަމުން ދާތީވެ ޔުއެންޓާސްއަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި ...