• Categories
  • Archives

ރައީސް ޞާލިޙު ދޫނިދޫ ޖަލުގެ ޙާލަތު ބައްލަވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދޫނިދޫ ޖަލަށް މިއަދު ޒިޔާރަތް ކުރައްވައި އެތަނުގެ ޙާލަތު ބައްލަވައިލައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޞާލިޙު ދޫނިދޫ ޖަލަށް ޒިޔާރަތް ކުރައްވައި ސިޔާސީ ބޭފުޅުން ހައްޔަރުކުރައްވާފައި ބޭތިއްބެވި ގޮޅިތަކާއި، ޖަލުގެ ޢާންމު އެހެން ގޮޅިތައް ބައްލަވައިލެއްވި ކަމަށެވެ. އަދި ޖަލުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންހުރި ކަންތައްތަކުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވައިލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޞާލިޙުގެ އަރިހުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި، ހޯމް މިނިސްޓަރ އައްޝެއިޙް ޢިމްރާން ޢަބްދުﷲ ވެސް ދޫނިދޫއަށް ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ޖަލުތަކުގެ ޙާލަތު ރައީސް ޞާލިޙު ބައްލަވައި ލެއްވުމަށްފަހު ޖަލުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ކުރަންހުރި ކަންތައްތަކާއި ގުޅޭގޮތުން ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރާއި އެކު މަޝްވަރާ ކުރެއްވި ކަމަށެވެ.

ޖަލުތަކުގެ ޙާލަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި  ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ޖަލުތަކުގެ ޙާލަތާއި މެދު ކަންބޮޑުވާންޖެހޭ ކަމަށާއި އެކަންކަން ޙައްލު ކުރަންޖެހޭ ކަމަށެވެ.

ދޫނިދޫ ޖަލުގެ ޙާލަތު ރައީސް ޞާލިޙު ބައްލަވާލެއްވިއިރު މިދިޔަ މާޗް މަހުގެ ތެރޭގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި ޖުމްހޫރީ މައިދާން ސަރަޙައްދަށް ވަދެވަޑައިގަންނަވަން މަސައްކަތްޕުޅު ކުރެއްވުމުން ރައީސް ޞާލިޙު ހައްޔަރު ކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ދޫނިދޫ ޖަލަށް ގެންގޮސްފައެވެ. އަދި ޖަލުގައި 9 ދުވަސް އެމަނިކުފާނު ވަނީ ހޭދަ ކުރައްވާފައެވެ. އެމަނިކުފާނު ހައްޔަރު ކުރީ އޭރުގެ ރައީސް ޢަބްދުﷲ ޔާމީން އިޢުލާން ކުރައްވާފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

14-4-2020 ގައި އެއަރބަސް އިން ގަމަށް ދަތުރުކުރި އެންމެންނާ އެމީހުންނާ ކޮންޓެކްޓްވި އެންމެން ގޭގައި މަޑުކޮށްދެއްވާ

14 އެޕްރީލް 2020 ވަނަ ދުވަހު އިރުއޮއްސި 18:30 ގައި ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި މޯލްޑިވިއަންގެ އެއަރބަސް ...

މިވަގުތު ރަށުގައި ތިބިކުދިންނަށް ރަށުސްކޫލްގައި ކިޔެވޭނެ – އެޑިޔުކޭޝަން

މާލޭ ސްކޫލެއްގައިވިޔަސް އަދި އެހެން ރަށެއްގައި ކިޔަވަމުން ދިޔަ ކުއްޖަކު ކަމުގައިވިޔަސް ކޮވިޑް ގެ ސަބަބުން އެކުއްޖާގެ އަމިއްލަރަށަށް ...

ރޮޒޭއަކީ ކޮންމެހެން ރަށްޔިތުންގެ މަޖިލިހަށް އިންތިޚާބްކުރަންޖެހޭ ކުޅަދާނަ އަންހެން ބޭފުޅެއް- ރައީސް ނަޝީދު

Advertisement ރޮޒޭއަކީ އަޅުގަޑުގެ ވަރަށްބޮޑު އިތުބާރާއެކީގައި އަޅުގަޑުމެން ކޮންމެހެން އެބޭފުޅާ ރަށްޔިތުންގެ މަޖިލިހަށް އިންތިޚާބްކުރަންއެދޭ ކުޅަދާނަ އަންހެން ބޭފުޅެއްކަމަށް ...

ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީދޫގައި ރުއްއިންދުމުގެ ޕްރޮގްރާމެއް ބާއްވައިފި

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ” އައްޑޫނަލަފެހި ” ޕްރޮގްރާމްގެ ދަށުން މީދޫގެ ކައުންސިލް އިދާރާއިން އިސްނަގައިގެން ...

ލ.އަތޮޅު ކައުންސިލްގެ މެންބަރުން އައްޑޫގައި

އައްޑޫސިޓީ ކައުންސިލާއި ލ. އަތޮޅުކައުންސިލާއި ދެމެދު ގުޅުން ބަދަހި ކުރުމުގެގޮތުން ލ. އަތޮޅު ކައުންސިލްގެޓީމެއް  އިއްޔެ އައްޑޫ ސިޓީއަށް ...

ފަސް ވެންޓިލޭޓަރާއި 10،000 ޓެސްޓް ކިޓް ވެލާ ރިސޯޓުން ހަދިޔާ ކުރަނީ

ވެލާ ޕްރައިވެޓް އައިލެންޑު ރިސޯޓުގެ ފަރާތުން ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ރާއްޖެއަށް ހަދިޔާ ...