ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާ އިން ދެނީ

ދިވެހިރާއްޖެ، ޗައިނާއަށް ދަރާފައިވާ ދަރަނި އަދާކުރުމަށް އިންޑިއާއިން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އޭޝިއަން ރިވިއު އިން އިންޑިއާއާއި ހަވާލާދީ ލިޔެފައިވާ ހަބަރެއްގައެވެ.

“ޗައިނާ ސަރުކާރާއި ފެއަށްޖެހުމަށް ދިވެހި ސަރުކާރުން އެއްބަސްވާނަމަ މި ލޯނު ރާއްޖެއަށް ލިބޭނެ” އޭޝިއަން ރިވިއުގައި ބުނެފައިވެއެވެ.

އިންޑިއާ އާއި ދިވެހި ރާއްޖޭގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކޮށް ރާއްޖެއަށް އިންޑިއާގެ އަސްކަރީ ފައުޖެއް ދިގު މުއްދަތަކަށް ގެންދިޔުމަށް އެއްބަސްވެ، ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯނު ދިނުމަށް ނިންމައިފައިވާ ކަމަށެވެ. އަދި މި ލޯނުގެ އިތުރު ތަފްސީލު އަންނަ މަހު 17 ވަނަ ދުވަހުގެ ކުރިން އާއްމުކޮށް އިއުލާން ކުރާނެކަމަށްވެސް އޭޝިއަން ރިވިއުގައި ބުނެފައިވެއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ޗައިނާ އިން ބޮޑެތި އަދަދު ތަކުން ލޯން ނަގާފައި ވެއެވެ. މި ލޯނު އަދާކުރުމަށް ސަރުކާރުން ދަނީ ގޮތްތަކެއް ހޯދަމުންނެވެ. ހޯމަ ދުވަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރާޖްއާއި ބައްދަލު ކުރައްވާފައި ވެއެވެ. މި ބައްދަލު ވުމުގައި ދިވެހި ރާއްޖެ އާއި އިންޑިއާ ސަރުކާރާއި ދެމެދު އިޤްތަސާދީ ގޮތުންނާއި އަސްކަރީ ގޮތުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކޮށްފައި ވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަދީބު މިނިވަން ވެއްޖެ

ކޯޓުގެ ހުރުމަތް ކަނޑައިގެން 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ކުރީގެ ނައިބު ރައީސް އަހުމަދު ...

އިންޑިއާ މަނަވަރު “ރަނާ” ރާއްޖެ އަތުވެއްޖެ

އިންޑިއާގެ މަނަވަރު އައިއެންއެސް “ރަނާ” މިއަދު ރާއްޖެ އަތުވެއްޖެ އެވެ. އިންޑިއަން ނޭވަލް ޝިޕް (އައިއެންއެސް) “ރަނާ” ރާއްޖެއަށް ...

އިތުރު 2،707 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 2،700އަށްވުރެ ގިނަ މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ...