އައްޑޫސިޓީގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް، އައްޑޫސިޓީ ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނަށް ޚިޔާލު ހޯދުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ކައުންސިލް މެންބަރުންގެ އިތުރުން، އައްޑޫ ސިޓީގައި ޙަރަކާތްތެރިވާ ފަތުރުވެރިކަމާ ގުޅުންހުރި ފަރާތްތަކާއި، ދައުލަތުގެ ބައެއް މުއައްސަސާތަކާއި، އައްޑޫ ސިޓީގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން ގެސްޓް ހައުސްތައް ހިންގާ ފަރާތްތައް ވެސް ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުމުގައި، އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި، ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނާމެދު ބައިވެރިންގެ ޚިޔާލުވެސް ވަނީ ހޯދާފައެވެ.

އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއަރުވާ ތަރައްޤީ ކުރުމަށް އައްޑޫސިޓީ ކައުންސިލުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައްޑޫސިޓީ ކައުންސިލުގެ އެހީތެރިކަމާއެކު އައްޑޫގެ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ވަނީ، އިކުއަޓޯރިއަލް ޓްރެވެލް އެންޑް ޓޫރިޒަމް އެސޯސިއޭޝަން (އެޓާ)ގެ ނަމުގައި ޖަމްޢިއްޔާއެއްވެސް މިއަހަރު ކުރީކޮޅު އުފައްދާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޒަމާނުންސުރެ ރާއްޖެ ބައްޓަން ކުރަމުން އައި ގޮތުގެ ހިތި ނަތީޖާ މިއަދު މިވަނީ ފެނިފައި: ޔާސިރު

މާލެ ތޮއްޖައްސައި، ހުރިހާ ހިދުމަތެއް ލިބެން ހުންނަ ޖެހޭނީ މާލޭންކަމަށް ދެކި އެ ވިސްނުމުގައި ޒަމާނުންސުރެ ރާއްޖެ ބައްޓަން ...

ވިސާ “ފިއްތައިގެން” އިންޑިޔާއަށް އޮވެވޭނެ؟

ދިވެހިންނާއި އިންޑިޔާ ރައްޔިތުންނަކީ އަބަދު ވެސް “ބެސްޓް ފްރެންޑު” ންނެވެ. ނަމަވެސް ރާއްޖޭގައި ސިޔާސީ ގޮތުން އަންނަ ކޮންމެ ...

ރިސޯޓުތަކަށް ބަނގުރަލާ އޫރުމަސް އުފުލާ އުޅަނދުތަކުގައި ޓްރެކިންގް ޑިވައިސް ހަރުކުރަނީ

ހުއްދަ ދެވިފައިވާ ރިސޯޓުތަކާ ސަފާރީތަކަށް ބަނގުރަލާ އޫރުމަސް އުފުލާ އުޅަނދުތަކުގައި ޓްރެކިންގް ޑިވައިސް ހަރުކުރަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ...