ސިޓީ ކައުންސިލްގެ ބާރުތައް ފެށޭ ހަފްތާގެ ތެރޭގައި ދޭނަން – ރައީސް

ސިޓީ ކައުންސިލަތަކަށް ދޫކޮށްލެވެން ހުރި ހުރިހާ ބާރުތަކެއް މި ފެށޭ ހަފްތާތެެރޭ އެ ކައުންސިލަތަކަށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ކ. ދިއްފުށީ ފެނާއި ނަރުދަމާގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ބޭނުންވަނީ ދިވެހި ރައްޔިތުންނަށް ހިތްފަސޭހަ ކަމާއިއެކީގައި ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމަށެވެ. އަދި ލާމަރުކަޒީ އުޞޫލުން ރާއްޖެ ތަރައްޤީކުރެވި “ޖަޒީރާ ރާއްޖެ”އެއް ބިނާކޮށްދިނުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ވެރިކަމާއި ހަވާލުވެޑައިގަތުމަށްފަހު ރަށަކަށް ކުރައްވާ ފުރަތަމ ދަތުރުފުޅުގައި މާލެ އަތޮޅޫ ދިށްފުއްޓަށް ވަޑައިގެން ރައްޔިތުންނާއި މުހާތަބުކުރައްވާ ވާހަކަފުޅޫ ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ސިޓީ ކައުންސިލަށް ލިބިދޭ ބާރުތަކާއި އެ ކައުންސިލުންދޭ ޚިދުމަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙުތައް ފެށޭ ހަފްތާގެ ތެރޭގައި ދޫކޮށްލައްވާނެ ކަމަށެވެ. އަދި އެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތައް ދިރާސާކޮށް ޤާނޫނަށް އިޞްލާޙު ގެނައުމަށް މަހެއްހާ ދުވަހުގެތެޜޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށައަޅުއްވާނެކަމަށެވެ.

“އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާ ކުރެވި، އެ ޤާނޫނު އިޞްލާޙު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ހުށަހަޅާނަން،” ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފެށޭ ހަފްތާގެ ތެރޭގައި މާލެ ސިޓީއާ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ގިނަގުނަ ބާރުތަކެއް އެމަނިކުފާނު ދެއްވާނެ ކަމަށެވެ. އެމަނިކުފާނުގެ އަމާޒަކީ ކައުންސިލްތައް ބާރުވެރިކުރުވާ ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުން ކަމަށްވެސް ރައީސް ޞާލިޙުގެ ވިދާޅުވިއެވެ.

ސިޓީ ކައުންސިލަށް ލިބިދޭ ބާރުތަކާއި އެ ކައުންސިލުންދޭ ޚިދުމަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައީ 25 ޖޫން 2015ގައެވެ.

އެ ޤާނޫނަށް ގެނައި އިޞްލާޙުގައި ވަނީ މާލެ ސިޓީ ކައުންސިލަށް ލިބިދެވޭނެ ބާރުތަކާއި އެ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭނެ ޚިދުމަތްތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ރައީސުލްޖުމްހޫރިއްޔާކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫއަށް ފަތުރުވެރިކަމުގެ އިންޤިލާބީ މަޝްރޫޢެއް

އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ބިޔަ މަޝްރޫއެއް ފެށުމަށް ތައްޔާރުވެއްޖެއެވެ. އައްޑޫގައި ފެށުމަށް މަސައްކަތްކުރާ “ވޯލްޑް ސްޕޯޓްސް ސިޓީ – ...

ރައީސް ޔާމީން ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފި

ޝަރިއާތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ...

އައްޑޫ ސިޓީން އިތުރު 13 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 13 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން މިއަދު ހަވީރު ...