• Categories
  • Archives

87 ދާއިރާއަށްވެސް ވާދަކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، 87 ދާއިރާއަށްވެސް ވާދަކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ޤައުމީ މަޖިލީހުން މިގޮތަށް ފާސްކުރީ އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 80 މެންބަރުންގެ ތެރެއިން 79 މެންބަރުންގެ ވޯޓުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަށް ވާދަކުރުމަށް ޤައުމީ މަޖިލީހަށް ހުށައެޅުއްވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ. މި ހުށައެޅުމަށް ތާޢީދުކުރެއްވީ އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމާ ގުޅޭގޮތުން ޤައުމީ މަޖިލީހުގައި ވާހަކަ ދެއްކި ގިނަ މެންބަރުން ވަނީ، މަޖިލީހުގެ ހުރިހާ ދާއިރާއެއްގައި އެމްޑީޕީން ވާދަކުރުމަށް ތާޢީދުކޮށްފައެވެ. ނަމަވެސް ބައެއް މެންބަރުން، ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް ޕާޓީތަކަށް ދާއިރާތައް ބެހުމާ ގުޅޭގޮތުންވެސް ވާހަކަ ދައްކާފައިވެއެވެ.

ރައީސް ނަޝީދުވެސް ތާޢީދުކުރެއްވީ އެމްޑީޕީއަށް ކާމިޔާބުކުރެވޭނެކަމަށް ޔަޤީންކަން އޮންނަ ދާއިރާތަކަށް ވާދަކުރުމަށެވެ. ނަމަވެސް ޚިޔާލުތަފާތުވި މި މައްސަލާގައި، ރައީސް ނަޝީދުގެ ނިންމުން ފަހުން ބަދަލުކުރައްވާ ވިދާޅުވީ، 87 ގޮނޑިއަށް ވާދަކުރުމަކުން އެންމެ ގިނަ ގޮނޑި ކާމިޔާބު ނުވާނެކަމަށާއި، ނަމަވެސް ޤައުމީ މަޖިލީހުގެ ގިނަ މެންބަރުން ތާޢީދުކުރަނީ ހުރިހާ ދާއިރާއަކަށް ވާދަކުރުމަށްކަމަށްވާތީ، އެއީ ޕާޓިގެ މަސްލަހަތު އޮތްގޮތްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

ލީކު ކޮށްލި ލިޔުމުގައި ވަނީ

  • ރިޔާސީ ޓިކެޓު އެމްޑީޕީއަށް އަދި ރަނިންމޭޓުކަން ޖޭޕީއަށް ދިނުމަށް
  • ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ޖޭޕީއަށް އަދި މަޖިލީހުގެ ނައިބު ރައީސްކަން ރައީސް މައުމޫން ބޭނުންފުޅުވާ ބޭފުޅަކަށް ދިނުމަށް
  • ސަރުކާރުގެ މަގާމުތަކާއި މަޖިލީހާއި ކައުންސިލްތައް ބަހާލާއިރު އެމްޑީޕީއަށް 40 ޕަސެންޓް، ޖޭޕީއަށް 25 ޕަސެންޓް، ރައީސް މައުމޫނަށް 20 ޕަސެންޓު އަދި އަދާލަތު ޕާޓީއަށް 15 ޕަސެންޓް ދިނުމަށް

ނަމަވެސް، މިރޭ ހަސަން ލަތީފު ވަނީ، މީގެ ކުރިން ކޯލިޝަންގެ ލީޑަރުން ސޮއި ކުރައްވާފައިވާ އެއްބަސްވުމެއް ނޯންނާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވަނީ ލީކު ކޮށްލި އެއްބަސްވުމެއް ކަމަށް ބުނާ ލިޔުމުގައި އޮތީ ހަމަ އެކަނި އޭނާއާ ރައީސް ސޯލިހުގެ ސޮއި ކަން ފާހަގަ ކުރައްވާފަ އެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

މީދޫގެއަކުން ވައްކަންކޮށްގެން މީދޫ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ މީދޫގެއަކުން މިދިޔަ މާރޗްމަހުގެ ތެރޭގައި ވައްކަން ކުރި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާގޮތުން  މީދޫ  ގެއަކުން ...

އިދިކޮޅު މުޒާހަރާގެ ބައިވެރިން އަންހެން ނޫސްވެރިޔަކަށް ފުރައްސާރަކޮށްފި

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ޤާނޫނާ ޚިލާފު ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، މިއަދު ކުރިއަށްދިޔަ މުޒާހަރާގައި ޗެނަލް 13 ގެ ...

މީޑިއާނެޓްގެ ޗެނަލްތައް އުރީދޫގެ ކަސްޓަމުންނަށް ފޯނުން ބެލޭނެ ގޮތް ހަދައިފި

ރާއްޖޭގައި މުއާސަލާތީ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ އުރީދޫގެ ކަސްޓަމަރުންނަށް  މީޑިއާނެޓްގެ ޗެނަލްތައް ފޯނާއި ސްމާޓް ޑިވައިސްތަކުން ބެލޭނެ ...

ހުޅުދޫއާއި މީދޫގެ މަގުބައްތި ޖެހުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އައްޑޫސިޓީ ކައުންސިލުން ހުޅުވާލައިފިއި

ހުޅުދޫއާއި މީދޫގެ މަގުބައްތި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އައްޑޫސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. ...

ޖުޑިޝަރީ އިސްލާޙް ކުރުމަށް ދަނީ މަޝްވަރާ ކުރަމުން –ޝައުނާ

ރާއްޖޭގެ ޖުޑިޝަރީއާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ބަންޑާރަ ނާއިބްގެ އޮފީހާ މަޝްވަރާ ކުރަމުން އަންނަ ...

އިދިކޮޅު މުޒާހަރާގެ ސަބަބުން މުޅި މަޖީދީމަގު ހުއްޓުމަކަށް

އިދިކޮޅު ފަރާތްތަކުން މާލޭގައި މިއަދާއި މިރޭ ކުރި މުޒާހަރާތަކުގައި މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގު، މަޖީދީމަގު ...