• Categories
  • Archives

ލޯކަލް ޓުއަރިޒަމް ކުރިއެރުވޭނީ ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ފޯރުކޮށްދީގެން- ޗަންޕާ އަފީފް

ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވޭނީ ފަތުރުވެރިންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް ފުރިހަމައަށް ޤާއިމްކުރެވިގެންކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ ހުސައިން އަފީފް ވިދާޅުވެއްޖެއެވެ.

މާލެ އަތޮޅު ދިއްފުށީގައި ނަރުދަމާއާއި ފެނުގެ ނިޒާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކްރައުން ކޮމްޕެނީގެ ޗެއަރމަން ހުސައިން އަފީފް ވިދާޅުވީ ރަށްރަށަށް އަވަހަށް ތަރައްޤީ ގެނެވޭނީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިގެންކަމަށެވެ. އެގޮތުން ރަށްރަށުގައި ގެސްޓް ހައުސް އެޅުމުގެ އިތުރުން، އެތަން ތަނަށް އަންނަ ފަތުރުވެރިންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް ފޯރުކޮށްދީގެން ރަށްރަށަށް ބޮޑު އާމްދަނީއެއް ހޯދޭނެ ގޮތްތައް އެބަހުރިކަމަށް އަފީފް ވިދާޅުވިއެވެ.

“ހުސް އެކަނި ގެސްޓް ހައުސް ހެދުމެއް ނޫން އިނގޭތޯ… ގެސްޓް ހައުސް ހެދުމުގެ އިތުރަށް އެ ޓުއަރިޒަމް ގެސްޓް ހައުސްއަށް ބެކް އަޕް ސާރވިސް.. ގެސްޓް ހައުސްއަށް ސަޕްލައިކޮށް، ޓްރާންސްޕޯޓް ހަމަޖެއްސުމާއި… މިވެސް އެހާ މުހިންމު ކަމެއް… އެންވީމަ ހުސްއެކަނި ކޮންމެ މީހަކު ގެސްޓް ހައުސްއެއް އަޅަން ނޫޅުނަސް… އަޅުގަނޑު ދެންނެވީ އޭގެ ބަދަލުގުގައި ތެޔޮ ސަޕްލައިކުރުމާއި، ޓްރާންސްޕޯޓް، އެއަރޕޯޓް ސާރވިސް، ސްޕެއަރ ޕާޓްސް މިހެން ގޮސް އެތައް ބައިވަރު ކަންތަކެއް މިތަނުގައި ފެށިދާނެ… ސްޕާއެއް ހެދުން ނުވަދަ އެހެން ކަންތައްތައްވެސް ކުރެވިދާނެ… ކޮންމެ މީހަކު ގެސްޓް ހައުސްއެއް ހަދަން ނޫޅުނަސް އަންނަ ގެސްޓަށް ދޭންޖެހޭ ބެކްއަޕް ހުރިހާ ސާރވިސްއެއް ދެވޭނެ ގޮތްތަކަށްވެސް ވިސްނާލުން..އެއީ އަޅުގަނޑު މިދަންނަވާ ކަމަކީ” އަފީފް ވިދާޅުވިއެވެ.

ދިއްފުށީގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމަށް އަލިއަޅުއްވާލައްވަމުން އަފީފް ވިދާޅުވީ، ތޭރަ ސަތޭކައެއްހާ މީހުން އުޅޭ ދިއްފުށީގައި ޤާއިމްކޮށްފައިވަނީ ދެހާސް ހަ ސަތޭކަ މީހުންގެ އާބާދީއަކަށް އެކަށޭނެ ނަރުދަމާ ނިޒާމެއްކަމަށެވެ. އެހެންކަމުން އެރަށުގައި ގެސްޓްހައުސްތައް އިތުރުކޮށް، އިތުރު ފަތުރުވެރިން އެރަށަށް ގެނައުމުގެ ފުރުޞަތު ފަހިވެފައިވާކަން އަފީފް ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ބޭނުންވާ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ފޯރުކޮށްދެއްވާނޭކަމަށްވެސް އަފީފް ވިދާޅުވިއެވެ.

ދިއްފުށީގައި ލޯކަލް ޓުއަރިޒަމް ކުރިއަރަމުން އަންނައިރު، އެރަށުގައި މިހާރުވެސް 11 ގެސްޓް ހައުސްއެއް ހުރެއެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އޭޓީއެމްތަކުން ކޭޝް ކާޑު ބޭނުން ކުރާ ގޮތަށް ބަދަލުތަކެއް ގެނެސްފި

ބޭންކް އޮފް މޯލްޑިވްސް،ބީއެމްއެލްގެ އޭޓީއެމްތަކުން ކޭޝް ކާޑު ބޭނުން ކުރާ ގޮތަށް ބަދަލުތަކެއް ގެނެސްފިއެވެ. އެގޮތުން މީގެ ކުރިން ...

ޓްރިވެންޑްރަމްގައި ދިވެހީން އުޅޭ ސަރަހައްދެއްގައި ކޯރެއް ބަންޑުންވެ ދިވެހި ތިން އާއިލާއެއް ހާލުގައި ޖެހިއްޖެ

ޓްރިވެންޑްރަމްގެ ކޯރެއް ބަންޑުންވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހި ތިން އާއިލާއެއް ހާލުގައި ޖެހިއްޖެ އެވެ މައުލޫމާތު ...

ޢަބްދުﷲ ސަޢީދުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމް ކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ކްރިމިނަލް ...

ވަކިވަކި ފުލުހުންގެ ފަރުދީ މަޢުލޫމާތު އާއްމުކުރި މައްސަލަ ސީރީއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފި

ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޤާނޫނީ ވަކީލުން ނެރެފައިވާ ބަޔާނުގައި ވަކިވަކި ފުލުހުންގެ ފަރުދީ މަޢުލޫމާތު ...

ދީނީ ތަޢުލީމު ދިނުމަކީ އިސްލާމީ ޚިދުމަތެއް ނޫން – ޝައިޚް އިލްޔާސް

ދިނީ ތަޢުލީމު ދިނުމަކީ އެއީ އަދި އިސްލާމް ދީނަށް ކުރެވޭ ޚިދުމަތެއް ނޫން ކަމަށް މަޝްހޫރު ދީނި ޢިލްމުވެރިޔާ ...

ކާޑުގެ އަގުތައް ކުޑަކޮށްފި

މާދަމާއިން ފެށިގެން ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނިންމައިފިއެވެ. ކާޑުގެ އަގު ...