• Categories
  • Archives

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން 160 އާއިލާއަކުން އެހީތެރިކަމަށް އެދިފައިވޭ – ރައީސް

މާލޭ ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 160 އާއިލާއަކުން އެހީތެރިކަމަށް އެދި ރިޕޯޓުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަލާފާނު ސްކޫލުގައި ޤާއިމުކޮށްފައިވާ ސެންޓަރަށް ވަޑައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި ރައީސް ޞާލިޙު ވިދާޅުވީ، މިއަދަކީ ފަހުގެ ތާރީޚެއްގައި މާލެއަށް އެންމެ ގިނައިން ވާރޭވެހުނުކަމަށް ރިކޯޑު ކުރެވިފައިވާ ދުވަސްކަމަށެވެ. އެގޮތުން 149 މިލި މީޓަރުގެ ވާރޭ މާލެއަށް ވެހިފައިވާއިރު، ބައެއް ސަރަޙައްދުތަކުގައި 6 އިންޗިއަށް ފެންބޮޑުވެފައިވާކަމަށެވެ. އަދި މާލޭ ސިޓީއަށް ބޯކޮށްވާރޭވެހި، ހިނގި ފެންބޮޑުވުމުގެ ޙާދިސާގައި މިހާތަނަށް 160 އާއިލާއަކަށް އަސަރުކޮށްގެން އެހީއަށް އެދިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

( ފޮޓޯ: މިހާރު ( މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލްންތަކެއްވަނީ ލިބިފައި

ފެން ހިންދުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، މި މަސައްކަތް ކުރުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގައި ފެން ހިއްކުމަށް ޤާއިމުކޮށްފައިވާ މެކޭނިކަލް ޕަމްޕުތައް ހަލާކުވެފައި ހުރުމުން ކަމަށެވެ. އަދި އެކަމަށް ކަމާބެހޭ ފަރާތްތަކުން ވަގުތުން އެޓެންޑްވެ، މާލޭގެ 14 ސަރަޙައްދެއްގައި ފެން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާނަމަ، ކުރިއަށް އޮތް 2 ގަޑިއިރުގެ ތެރޭގައި މާލެއަށް ވާރޭ ނުވެހޭނަމަ، މަގުތަކުން ފެން ހިއްދުމުގެ މަސައްކަތް ނިންމާލެވޭނެކަމަށެވެ.

ރައީސް ވިދާޅުވީ، މިރެއާއި ދަންވަރުގެ ވަގުތުތަކުގައިވެސް މާލޭ ސަރަޙައްދަށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާއިރު، މިކަމަށް ދުރާލާ ތައްޔާރުވެ ތިބުން މުހިއްމުކަމަށާއި، މި ޙަދިސާއިން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކާ ދަޢުލަތުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވަނީ ފެން ހިއްކުމުގެ އޮޕަރޭޝަން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ކަޅުތުއްކަލާ ކޮށްޓަށް ޒިޔާރަތްކުރައްވާފައެވެ. އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ކޯރޑިނޭޝަން ސެންޓަރަށާއި، ހާލުގައިޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދޭ މަރުކަޒު ޤާއިމްކޮށްފައިވާ ކަލާފާނު ސްކޫލަށްވެސް ރައީސް ޞާލިހު ޒިޔާރަތްކުރައްވާފައިވެއެވެ. ރައީސްގެ އަރިހުގައި ހޯމް މިނިސްޓަރ، ޑިފެންސް މިނިސްޓަރ، ހެލްތު މިނިސްޓަރ އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ސަރުކާރުގެ 3 ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރައްވައިފި

ރުކާރުގެ 3 ވިޔަފާރި ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރ އައްޔަންކުރައްވައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރު ...

ޑރ. މަޖީދުގެ ޖަނާޒާއަށްފަހު ހަށިކޮޅު ފަސްދާނުލައިފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ކަށުނަމާދަށްފަހު އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލައިފި އެވެ. ޑރ. ...

ރައީސް ސޯލިހު ކެބިނެޓް އިއުލާން ކުރައްވައިފި

ރަޢީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓް އެކުލަވާލައި، ވަޒީރުން ހުވާ ކުރައްވައިފިއެވެ. ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވި ރައީސް ...

ދަރަނީގެ މައްސަލައެއްގައި ޓްރިވެންޑްރަމްގައި ތާށިވެފައިވެފައި ތިބި ދިވެހި އާއިލާއަކަށް ސަރުކާރުން އެހީވެދެއްވައިފި

ދަރަނީގެ މައްސަލައެއްގައި ޓްރިވެންޑްރަމްގައި ތާށިވެފައިވެފައި ތިބި ދިވެހި އާއިލާއަކަށް ސަރުކާރުން އެހީވެދެއްވައިފިއެވެ. އިންޑިއާގެ ކޯޓަކުން ނެރުނު އަމުރަކާ ގުޅިގެން ...

ސިޓީ ކައުންސިލުތަކަށް ބާރު ދިނީ މޮހަނަށް އޮޑި ދޭ އުސޫލުން – ފުވައްމުލަކު މޭޔަރ

ސިޓީ ކައުންސިލުތަކަށް ބާރު ސަރުކާރުން ދިނީ މޮހަނަށް އޮޑި ދޭ އުސޫލުން ކަމަށް ފުވައްމުލަކު މޭޔަރ ފަލާހު ޝަރީފް ...

ހުވަދު އަތޮޅާއި އައްޑުއާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފި

ހުވަދު އަތޮޅާއި އައްޑުއާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ...