• Categories
  • Archives

ފަތުރުވެރިކަމުގެ ދާއިރާ: ދިވެހީންނަށް ލިބޭ އިނާޔަތްތައް ބޮޑުކުރުމަށް މަޖިލިހުގެ ގިނަމެމްބަރުން ގޮވާލައްވައިފި

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހީންނަށް ލިބޭ އިނާޔަތްތައް ބޮޑުކުރުމަށް މަޖިލިހުގެ ގިނަމެމްބަރުން ގޮވާލައްވައިފިއެވެ. މެމްބަރުން މިގޮތައް ގޮވާލެއްވީ ޓުއަރިޒަމް ގާނޫނަށް ރަށްޔިތުންގެ މަޖިލިހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އިސްލާހަށް މަޖިލިހުގައި ބަހުސް ކުރައްވަމުންނެވެ.

މިއިސްލާހަށް ވާހަކަ ދެއްކެވި ގިނަމެމްބަރުންވަނީ ފަތުރުވެރިކަމުގެ ސިނާއަތުން އާމްދަނީ ހޯދުމަށް ވިސްނާ އިސްލާހު ގެންނައިރު އެސިނާއަތުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށްވެސް އާމްދަނީ އިތުރުވާނޭގޮތައް  ގާނޫން އިސްލާހު ކުރުމަށް ގޮވާލާފައެވެ. އަދި މީގެ އިތުރަށް މެމްބަރުންވަނީ ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ސިނާއަތްކަމުގައި ވީނަމަވެސް އެސިނާއަތުގައި މަސައްކަތްކުރާ ދިވެހީންނަށް އެކަށީގެންވާ އިނާޔަތާ މުސާރަ ނުލިބޭކަން ފާހަގަކުރައްވާފައެވެ. އަދި ޓުއަރިޒަމްގެ ސިނާއަތުގައި ބިދޭސީ މުވައްޒަފުންނާއި ދިވެހި މުވައްޒަފުންގެ ތަފާތުކުރުން އިންތިހާއަށްއޮތްކަމުގެ ކަންބޮޑުވުން މެމްބަރުން ފާޅުކުރެވިއެވެ.

މިބލަށް ވާހަކަ ދެއްކެވި ގިނަމެމްބަރުންވަނީ ޓުއަރިޒަމް ގާނޫނަށް ގެނައި އިސްލާހުތަކަކީ ހަމައެކަނި ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ކުރާކަމެއްގެ ގޮތުގައި ހެދުމުގެ ބަދަލުގައި ތައުލީމީ ޒުވާނުން މިސިނާއަތަށް ނެރެވޭނެގޮތައް އަދި އާމްދަނީ ދިވެހީނަށް ބޮޑުވާނެގޮތައް ގާނޫނު އިސްލާހު ކުރުމަށް ވާހަކަދައްކަވާފައެވެ.

” އަބަދު އިވޭ ޝަކުވާއަކީ ޓުއަރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހީންނަ ލިބޭ އިނާޔަތާ ދިވެހީންނަށް ލިބޭ މުސާރަ ކުޑަވެގެން ލިބެމުން އަންނަ ޝަކުވާ . އެއަށް އެބަޖެހޭ އަޅުގަޑުމެން ކޮންމެވެސް ބަދަލެއް ގެންނަން . ގާނޫންތަކުގެ ތެރެއިން އެބަޖެހޭ އެކަން ކުރަން . ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ  ނިޒާރު ވިދާޅުވިއެވެ. .

ޓޫރިޒަމްގެ ގާނޫނަށް 2016 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު ގެނައި އިސްލާހުގައި ވަނީ ބިޑްކުރުމަކާ ނުލާ ފަތުރުވެރިކަމުގެ ބޭނުމަށް ރަށްރަށުގައި ނުވަތަ ބިމުގައި ނުވަތަ ފަޅުތަކުގައި ހިންގުމަށް ބޭނުންވާ މަޝްރޫއެއްގެ ތަފްސީލާއެކު ހުށަހެޅުމުން  އެތަނެއް ދޫކުރެވޭނެކަމަށެވެ.

ޕީޕީއެމްގެ މެމްބަރުންގެ ތާއިދާއެކު ފާސްކޮށްފައިވާ މިއިސްލާހު ބާޠިލްކުރުމަށް ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވީ އެއިސްލާހުގެ ސަބަބުން ފަތުރުވެރިކަމަށް ގެއްލުންވާނެކަމަށް ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ލ.އަތޮޅު ކައުންސިލްގެ މެންބަރުން އައްޑޫގައި

އައްޑޫސިޓީ ކައުންސިލާއި ލ. އަތޮޅުކައުންސިލާއި ދެމެދު ގުޅުން ބަދަހި ކުރުމުގެގޮތުން ލ. އަތޮޅު ކައުންސިލްގެޓީމެއް  އިއްޔެ އައްޑޫ ސިޓީއަށް ...

ރިޟްވާން ހޯދުމަށް ފުލުހުންނަށް އެންމެ ބޮޑަށް ބާރުއެޅުއްވީ ރައީސް އަބްދުﷲ ޔާމީން – ހުސެއިން ވަހީދު

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ހޯދުމަށް ފުލުހުންނަށް އެންމެ ބޮޑަށް ބާރުއެޅުއްވީ ރައީސް އަބްދުﷲ ...

އައްޑޫ ސިޓީގެ ތަރައްޤީއަށް 200 މިލިއަން ޑޮލަރުގެ އެހީ އިންޑިއާއިން ދެނީ

އިންޑިއާ އިން ދިވެހިރާއްޖެއަށް ދޭ ކްރެޑިޓު ލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އައްޑޫގެ ...

ވެރިކަމުގެ ދައުރާ މެދު ސާފު ޖަވާބެއް އިބޫ ނުދެއްވި

ވެރިކަމަށް ވަޑައިގަންނަވާނީ ފަސް އަހަރަށްތޯ ނުވަތަ ދެއަހަރާއި ބައިގެ މުއްދަތަށްތޯ ކުރެވޭ ސުވާލަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ...

އައްޑޫ މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި 10 މީހުން ދޫކޮށްލައިފި

އައްޑޫގައި ދާދި ފަހުން ނުރައްކާތެރި މާރާމާރީއެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 10 މީހަކު ދޫކޮށްލައިފި އެވެ. ...

ރިޔާސީ އިންތިޚާބާއި ދިމާކޮށް 100އަށްވުރެ ގިނަ މީހުންނަަށް ފެނަކައިން ވަޒީފާ ދިން

ނިމިދިޔަ ރިޔާސީ އިންތިޚާބާއި ގާތްވެފައި ވަނިކޮށް ފެނަކަ ކޯޕަރޭޝަނަށް ސަތޭކައަށްވުރެ ގިނަ މުވައްޒަފުން ވައްދާފައިވާ ކަމަށް އެ ކުންފުނިން ...