އަންނަ ހަފްތާގައި ސިޓީ ކައުންސިލްތަކަށް އިތުރު ބާރުތަކެއް ދިނުމަށް ހުށަހަޅާނަން – ރައީސް ސޯލިހު

Advertisement

ސިޓީ ކައުންސިލްތަކަށް ބާރުތައް ދީގެން ނޫން ގޮތަކަށް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ނުދެވޭނެކަމަށާ  މިގޮތުން އަންނަ ހަފްތާގައި އޮންނަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ސިޓީ ކައުންސިލްތަކަށް އިތުރު ބާރުތަކެއް ދިނުމަށް ހުށަހަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިގޮތައް ވިދާޅުވީ އއ. އުކުޅަހަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

“އެހެން ބާރުތައް ސިޓީ ކައުންސިލްތަކަށް ދޫކޮށްލުމަށް މިހަފްތާގައި ބޭއްވޭ ވަޒީރުންގެ މަޖިލީހުގެ އަޅުގަނޑު އަނެއްކާވެސް ހުށަހަޅާނަން. މި ނިންމުތައް ތަންފީޒުވެގެން ދާއިރުގައި”  ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާ ވާހަކަވެސް ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަން،” ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ ބާރުތައް މައި ސަރުކާރަށް ޖަމާކޮށްގެން ވެރިކަން ކުރުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރެވޭނީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވިގެން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކުގެ ބާރުތައް ސަރުކާރުން ދޫކުރަމުންދާއިރު ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކައުންސިލްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

މިގޮތުން  ޤާނޫނުތަކާއި އެއްގޮތަށް ބިން ދޫކުރުމާއި ބިމާއި އިމާރާތްތައް ރަޖިސްޓްރީ ކުރުމާއި އިމާރާތް ކުރުމުގެ ހުރިހާ ކަންތައްތަކެއްވެސް މިހާރު ކުރިއަށް ގެންދަނީ ސިޓީ ކައުންސިލްތަކުންނެވެ. އަދި ހަމައެއާއެކު ވިޔަފާރިތަކާއި ސިޓީތަކުގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު ހޯދާ ބެލެހެއްޓުމާއި މަގުތަކާއި ބަނދަރުތަކާއި ފާލަމާއި ފެރީ ޓަރމިނަލް ހެދުމާއި މަރާމާތުކޮށް ބެލެހެއްޓުމަކީވެސް މިހާރު ސިޓީ ކައުންސިލްތަކުން ކުރަންޖެހޭ ކަންތައްތަކެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގެ މަޝްރޫއުތައް އަވަސްކުރަން، ދުވަސްކޮޅަކަށް އަސްލަމް އައްޑޫ ސިޓީގައި މަޑުކުރައްވަނީ

އައްޑޫ ސިޓީގައި މި ސަރުކާރުން ހިންގާ މަޝްރޫއުތައް އަވަސްކުރަން ދުވަސްކޮޅަކަށް އައްޑޫ ސިޓީގައި މަޑުކުރަން ނިންމާފައިވާ ކަމަށް ހައުސިން ...

އަލްހާން ފަހްމީ ޕީޕީއެމުން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްޙާން ފަހުމީ ސަރުކާރު ހިންގާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ ...

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި 4 ދުވަހުގެ ރަސްމީ ...