• Categories
  • Archives

ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ޝަމާލް އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ސިފައިންގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލު އައްޔަން ކުރައްވައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޝަމާލް އައްޔަން ކުރައްވާފައިވާއިރު، އެ މަގާމުގައި ހުންނެވި މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވަނީ އެމަގާމުން މިއަދުގެ ވަގުތެއްގައި ވަކިކޮށްފައެވެ.

ޝަމާލު އަކީ، 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ބާރާއި އަމުރުވެރިކަން ނަފީކޮށް، ސިފައިންގެ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތްކޮށް، މަސްލަހަތު ނަގާލަން އުޅުނު ކަމަށް ބުނެ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަޒީފާއިން ވަކިކުރެއްވި ބޭކަލެކެވެ.

ނަމަވެސް އޭނާ ސިފައިންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާއަށް އަލުން ވަޒީފާ ދޭން ހައި ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

އި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ޝަމާލު ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކި ކޮބައިކަން ބަޔާން ކުރުމެއް ނެތި ކަމަށާއި ކުރާ ތުހުމަތުތަކާ ގުޅޭގޮތުން އެއްވެސް ވަރަކަށް އޭނާއާ ސުވާލުކޮށްފައިނުވާ ކަމަށެވެ.

އެހެންކަމުން، އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް 15 ދުވަސް ތެރޭގައި އަލުން ދިނުމަށް ހުކުމުގައި ބުނެފައިވެއެވެ. އަދި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ވެސް 30 ދުވަހުގެ ތެރޭގައި ޝަމާލަށް ދިނުމަށް ހުކުމުގައި އަންގާފައިވެއެވެ.

އޭގެ އިތުރުން ހިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ހިދުމަތުގެ މުއްދަތުގެ ގޮތުގައި ގުނުމަށާއި މަގާމުގެ ކުރިއރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް ވެސް ޑިފެންސް މިނިސްޓްރީގެ މައްޗަށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި އަމުރުކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އައިޖީއެމްއެޗުން މިއަހަރު ތެރޭގައި ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ފަށަނީ

ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަންތައް މި އަހަރު ފަހުކޮޅު ރާއްޖޭގައި ފެށުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ...

މަސީހު މަޖިލިހުގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފި

މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު އިސްތިއުފާ ދެއްވައިފި އެވެ. މަސީހު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ މީގެ ...

ހުޅުމީދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު ( އައްދު ) އެމްޓީޑީއަށް ސޮއިކުރައްވައިފި

އަލަށް އުފައްދަން ހުއްދަ ދީފައިވާ ސިޔާސީ ޕާޓީއެއްކަމަށްވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ)އަށް  ހުޅުމީދޫގެ ކުރީގެ ކައުންސިލަރު އަލީ ...

މަސީޙު އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނަން- ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް އެމަނިކުފާނުގެ މައްޗަށް ނަގާނެކަމަށް އިދިކޮޅު ...

ފަނޑިޔާރު އަލީ ހަމީދުގެ ހުކުމް ހައިކޯޓުން ބާތިލުކޮށްފި

ސުޕްރީމްކޯޓްގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރިމިނަލްކޯޓުން އިއްވާފައިވާ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ...

ފަތުރުވެރިކަމުގެ ދާއިރާ: ދިވެހީންނަށް ލިބޭ އިނާޔަތްތައް ބޮޑުކުރުމަށް މަޖިލިހުގެ ގިނަމެމްބަރުން ގޮވާލައްވައިފި

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހީންނަށް ލިބޭ އިނާޔަތްތައް ބޮޑުކުރުމަށް މަޖިލިހުގެ ގިނަމެމްބަރުން ގޮވާލައްވައިފިއެވެ. މެމްބަރުން މިގޮތައް ގޮވާލެއްވީ ޓުއަރިޒަމް ...