ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް އައްޑުއަތޮޅު ހިތަދޫ އަޙްމަދު ނުޢުމާން އައްޔަން ކުރައްވައިފި

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިސްބޭފުޅެއްކަމުގައިވާ އައްޑުއަތޮޅު ހިތަދޫ ޖަނަވަރީމާގޭ އަޙްމަދު ނުޢުމާން،  ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވައިފިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް އަޙްމަދު ނުޢުމާން އައްޔަންކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އަޙްމަދު ނުޢުމާނަށް އެމަޤާމަށް އައްޔަނު ކުރައްވާފައިވަނީ މިނިސްޓަރ ފެންވަރުގައިކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް އަޙްމަދު ނުޢުމާން ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ‏‏ޢަރީފްގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، އަޙްމަދު ނުޢުމާން ‏ކުރެއްވިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނުއުމާނަކީ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕޭންގައި އަދާލަތު ޕާޓީގެ މެނޭޖަރެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގެ ސްޓިއަރިން ކޮމެޓީގައި އަދާލަތު ޕާޓީ ތަމްސީލުކުރެއްވީ ވެސް ނޫމާނެވެ.

މީގެ އިތުރުން އަދާލަތު ޕާޓީގެ ޖެންޑާ އާއި އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ރައީސް ކަމުގައި ވެސް ހުންނެވި ނުއުމާން އަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ”ގައުމައިގެން ކުރިއަށް“ ކެމްޕޭނުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސްޕެއިންގެ ޗެމްޕިއަން ރެއާލްމެޑްރިޑާއި އިޓަލީގެ ޗެމްޕިއަން ޔުއެންޓާސް ޗެމްޕިއަންސް ލީގުން ކަޓައިފި

ޗެމްޕިއަންސް ލީގުގެ  ގަދަ 16 ގެ ދެވަނަ ލެގްގައި  ރޭ ކުޅުނު މެޗުތަކުން ރިއާލް މެޑްރިޑާއި ޔުވެންޓަސް ބަލިވެ ...

ޔޫރޯ 2020 : ހަންގޭރީއާ އެއްވަރުވެ ޖަރުމަނު ގަދަ 16 އަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ހަންގޭރީއާ އެއްވަރުވެ ގްރޫޕް އެފްގެ ދެވަނަ ޓީމަކަށް ހޮވި ޖަރުމަނު ގަދަ 16 ...

ގައުމު ސްޓްރީޓްކަޕް – ޕެނަލްޓީގައި އުސްގަޑަ ބަލިކޮށް، ރިވެރިން ސެމީއަށް

ގައުމު ސްޓްރީޓް ކަޕްގައި  ޕެނަލްޓީ ޖަހައިގެން ހިތަދޫ އެފްސީ އުސްގަޑަ ބަލިކޮށް، ހިތަދޫ ކްލަބް ރިވެރިން ނެކްސަސް ސެމީފައިނަލުގެ ...