• Categories
  • Archives

އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކޮށް، ދެ ދުވަސްތެރޭ އަގުތައް އިޢުލާންކުރަނީ

Advertisement

ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ސިޔާސަތުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ހެޔޮކޮށް، ކުރިއަށްއޮތް ދެދުވަހުގެ ތެރޭގައި އަގުތައް އިއުލާންކުރައްވާނޭކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ނަހުލާ ވިދާޅުވީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކޮށް ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށެވެ. އެހެންކަމުން މި މައްސަލަ ހައްލުކުރުމަށްޓަކައި ސިވިލް އޭވިއޭޝަން އޮތޯރިޓީއާއެކު މަސައްކަތްކޮށް، އެތެރޭގެ އުދުހުންތަކުގެ އަގުތައް ކަނޑައަޅައި، ކުރިއަށްއޮތް ދެދުވަހެއްގެ ތެރޭގައި އަގުތައް އިއުލާންކުރައްވާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އުދުހުންތަކުގެ އަގުތައް އިއުލާންކުރެވިގެން ދިޔަނަމަވެސް މިކަންކަން ނިންމުމަށް ދުވަސްތަކެއް ނަގާނެކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތާނގައި އާންމުންނަށް ފަސޭހަކަމާއިއެކު، ހެޔޮ އަގުގައި ދަތުރުކުރެވޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަށްޓަކައި “އޯޕެން ސްކައި ޕޮލިސީ” އެއްގެ ދަށުން އެތެރޭގެ އުދުހުންތައް ވާދަވެރިކުރުމުގެ މަސައްކަތްކުރައްވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޚިދުމަތް މިވަގުތު ފޯރުކޮށްދެމުންދަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އިތުރުން ފްލައިމީއެވެ. އަދި އަލަށް ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ މަންތާ އެއާރއަށް ވަނީ އެތެރޭގެ އުދުހުންތައް ފެށުމުގެ ހުއްދަ ދީފައެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ދެބެއިން ސީ ލައިސަންސް ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފި

މީދޫގެ ދެފަރާތަކުން ފުރަތަމަ ފަހަރަށް ފުޓްބޯޅަ ކޯޗިންގެ ސީލައިސަން ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފިއެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ...

އެމްއެމްޕީއާރްސީއަށް ދީފައިވާ 100 މިލިއަން ރުފިޔާގެ ތެރެއިން 70 މިލިއަން ރުފިޔާ ލިބިފައިނުވޭ – ޝާހިދު

އެމްއެމްޕީއާރްސީއަށް ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލްއިން  100 މިލިއަނަށް ވުރެ ގިނަރުފިޔާ ދީފައިވާ ކަމަށާއި، އެފައިސާ އެމްޕީއެލްއަށް ލިބިފައި ...

އިންތިޚާބަށް ހޭލުންތެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ހުޅުމީދޫގައި ބާއްވައިފި

ރިޔާސީ އިންތިޚާބަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން، ...

ސިޔާސީ ދާއިރާގައި އުޅުމަކީ ހުރިހާ ދިވެހީންނަށްވެސް ލިބިފައިވާ ހައްގެއް- އިސްމާއީލް އާސިފް

Advertisementއެންމެންނަށްވެސް އިންސާފްވެރި ޝަރީއަތްތަކެއް ކުރިއަށް ގެންދިއުމަށް ގޮވާލާނޭކަމަށް މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް ( އެމްޓީޑީ ) އިން ބުނެފިއެވެ. ...

މީދޫގައި އަންހެނެއްގެއަތުން ވޮލެޓް ފޭރިގަތް މީހާ ހައްޔަރުކޮށްފި

މީދޫ އަންހެނެއްގެ އަތުން ވޮލެޓް ފޭރިގަތް މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް ބަންދަށް 07 ދުވަސް މީދޫ ކޯޓުން ...

ނޮވެމްބަރު 3 ގައި އިންޑިޔާއިން އެހީވިއިރު އޮތްފަދަ ޙާލަތެއް ރާއްޖެއަކު ނެތް – މެނޮން

ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކު ސްރީ ލަންކާގެ ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިންނާ އެކު ރާއްޖެއަށް އަރައި ...