• Categories
  • Archives

ޖޯލިއަންސް މިކްސް ވޮލީ މުބާރާތް: ޓީމް ޗެލެންޖާސް އަތުން ޓީމް ގަރާޖް ބަލިވެއްޖެ

އައްޑޫސިޓީ  ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ފޭދޫގައި މިހާރު ކުރިއަށްދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ޓީމް ޗެލެންޖާސް ކުޅުނު ފުރަތަމަ މެޗުން ބަލިވިކަމުގައިޔަސް ރޭ އެޓީމު މިމުބާރާތުގައި ކުޅުނު ދެވަނަމެޗު ކާމިޔާބުކޮށްފިއެވެ.

ފޭދޫ ވޮލީ ކޯޓްގައި ރޭ ކުޅެވުނު މިމެޗު ޗެލެންޖާސް ކާމިޔާބުކޮށްފައިވަނީ ޓީމް ގަރާޖާއި ބައްދަލުކޮށް 3 ސެޓް 1 ސެޓުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ސެޓް ޗެލެންޖާސް ހޯދީ 25 – 23 އިންނެވެ. ދެވަނަ ސެޓް ޗެލެންޖާސް ގެންގޮސްފައިވަނީ 25 – 20 ންނެވެ.  ތިންވަނަ ސެޓް ޓީމް ގަރާޖް ހޯދީ 25 – 21 އިންނެވެ. 4 ވަނަ ސެޓް 25- 21 ހޯދީ ޗެލެންޖާސްއެވެ.

ރޭގެ މެޗުން ބަލިވި ޓީމް ގަރާޖްވަނީ އެޓީމު މިމުބާރާތުގައި ކުޅުނު ފުރަތަމަމެޗްގައި އެވަގްރީންއާއި ބައްދަލުކޮށް ސީދާ ތިންސެޓުން މޮޅުވެފައެވެ.

ރޭ ކުޅެވުނުމި މެޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވުނު ފާތުމަތު ރިޒްނާއަށް ކްއީން އޮފްދަމެޗްގެ އިނާމް ހަވާލްކޮށްދެއްވީ ރޭގެ މެޗްގެ ޝަރަފްވެރިކޮށް ދެއްވި ދެބޭފުޅުންގެ ތެރެއިން އައްޑޫސިޓީގެ އަންހެނުންގެ ތަރައްގީއަށްޓަކައި މަސައްކަތްކުރާ ކޮމިޓީގެ ރައީސާ އާމިނަތު ޝިހާބެވެ.

މިމެޗްގެ މޭން އޮފްދަމެޗަކަށް ހޮވުނު މަނޯޖަށް މޭން އޮފްދަމެޗްގެ އިނާމު ހަވާލްކޮށްދެއްވީ ރޭގެ މެޗް ޝަރަފްވެރިކޮށްދެއްވި ދެބޭފުޚުންގެތެރެއިން ހިޒް ކްލަބްގެ ފައުންޑަރ މެމްބަރު ހުސެން ރިޔާޒެވެ.

ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ފޭދޫގައި  ބާއްވާ މިވޮލީ  މުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި އައްޑޫސިޓީގައި ވޮލީބޯޅައިގެ ރޫހު އާލާ ކުރުމުގެ އިތުރަށް  އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.

ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފަސްހާސް ރުފިޔާ، ރަނައަޕްޓީމަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

މިއަދުވެސް ޝަމްސުއްދީން ސްކޫލްގެ ޓީމު ބޮޑުތަފާތަކުން ބަލިވެއްޖެ

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު މެންދުރު  ކުޅެވުނު 14 އަހަރުން ...

ގަންބުރި ޗެލެންޖް 2018 – ފަރުހާދުގެ ލަނޑުން ޕޮލިސްގެ މައްޗަށް ޓޫ ބްރަދާސް ކުރި ހޯދައިފި

ގަންބުރި ޗެލެންޖް 2018 ގެ ނަމުގައި މިހާރު މީދޫގައި ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނުމެޗް ...

މިނިވަންކަޕް 2019 ގުރުއަތުލުމުގެ ރަސްމިއްޔާތު

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ” މިނިވަންކަޕް 2019 ” ގުރުއަތުލުމަށް 31 ޖުލައި 2019 ވަނަ ...

ފޯރިގަދަ ކުޅުމަކަށްފަހު މީދޫޓީމު އަތުން ޕޮލިސް މޮޅުވެއްޖެ

ދިވެހި ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ހުޅުމީދޫ ...

ޖޯލިއަންސް މިކްސް ވޮލީބޯޅަ މުބާރާތް: ރޭ ކުޅެވުނު ކާމިޔާބުކުރީ ޗެލެންޖާސް

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ ކުޅެވުނުމެޗް  ޓީމް ޗެލެންޖާސް ކާމިޔާބުކޮށްފިއެވެ. ފޭދޫ އަވަށުއޮފީހުގެ ޑިރެކްޓަރ  އަހުމަދު ރަޝީދާއި ...

ސިޔާކަޕް 2018 – ކެނެރީފުގެ ސަބްއޯޝަނިކު މުބާރާތުން ވިކިވެއްޖެ

ސިޔާކަޕް ފުޓްބޯޅަ މުބާރާތުގައި މުބާރާތް އިންތިޒާމްކުރި ފަރާތުން ދެއްވި ޚާއްސަ ދައުވަތަކަށް    މުބާރާތުގައި ބައިވެރި ސަބްއޯޝަނިކުން މުބާރާތުން ވަކިވެއްޖެވެ. ...