އެމްޓީޑީގެ ރައީސަކަށް އަދީބު އައްޔަންކުރައްވައިފި

މޯލްޑިވްސް ތާރޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސަކަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އައްޔަންކުރައްވައިފިއެވެ.

އެމްޓީޑީގެ ރައީސް ކަމަށް އަދީބު އައްޔަންކުރައްވާފައިވަނީ ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ދެވަނަ ބައްދަލުވުމުގައެވެ.

އެމްޓީޑީގެ ރައީސްކަމަށް ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު އައްޔަންކުރެއްވި އިރު، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލުގެ ގާނޫނުގައި ބުނާގޮތުން ސިޔާސީ ޕާޓީއާއި ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވެއެވެ.

އެމްޓީޑީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ ސީނިއާ ނައިބު ރައީސް އަދި ޕާޓީގެ މުއައްސިސް އިސްމާއިލް އާސިފް ވިދާޅުވީ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ސިޔާސީ ޕާޓީއެއްގެ އިންތިގާލީ މަރުހަލާގައި ރައީސަކަށް އައްޔަން ނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިނުވާ ކަމަށެވެ.

“އަޅުގަނޑުމެން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އަޅުގަނޑުމެން މިވަނީ އަޅުގަނޑުމެންގެ ޕާޓީގެ އިންތިގާލީ މަރުހަލާގެ ރައީސަކަށް އަހްމަދު އަދީބު އައްޔަންކޮށްފައި. އަޅުގަނޑުމެން ކައުންސިލުން އަދީބު އައްޔަންކުރީ މެޖޯރިޓީ ވޯޓަކުން. އަޅުގަނޑުމެން އަދީބު އައްޔަންކުރުމުގެ ކުރިން ގާނޫނީ ލަފައެއް ހޯދާލިން ގާނޫނީ ގޮތުން އަޅުގަނޑުމެންނަށް މިކަން ކުރެވޭނެތޯ. ގާނޫނުގައެއް ނޯވޭ އިންތިގާލީ މަރުހަލާއެއްގައި އަޅުގަނޑުމެންނަށް އެޕޮއިންޓް ނުކުރެވޭނެ ކަމަކަށް. އެހެންވީމާ އަޅުގަނޑުމެންނަށް ލިބިފައިވާ ގާނޫނީ ލަފާގެ މަތިން އަޅުގަނޑުމެން އެޕޮއިންޓްކުރީ އަޅުގަނޑުމެންގެ ރައީސަކަށް އަހްމަދު އަދީބު،” އޭނާ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19 އަށް ހުޅުދޫ މީދުން މިއަދު ޕޮޒިޓިވްވީ ދެމީހުން

މިއަދު ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް ދެމީހަކު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ...

އެފްސީ އަފިރިން ޓީމްގެ ކޯޗް ސަސްޕެންޑްކޮށްފި

އެފްސީ އަފިރިން ޓީމްގެ ކޯޗް ސަސްޕެންޑްކޮށްފައިވާކަން ލޮތާރި ސްޓްރީޓް 3 ދަރިވޭމްޕް ސްޓްރީޓް ފުޓްބޯޅަ މުބާރާތް އިންތިޒާމްކުރާ ކްލަބް ...

ޓުއަރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ފައްޔާޒުއާ ހަވާލުކޮށްފި

ޓުއަރިޒަމް މިނިސްޓްރީ ހިންގަން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާމް އާ ހަވާލުކޮށްފިއެވެ. ފައްޔާޒުއާ ޓޫރިޒަމް މިނިސްޓްރީ ...