ސައްހަ ޝަރީއަތެއް ހިގާނަމަ އެއްވެސް ދައުވާއެއް އަހުމަދު އަދީބުގެ މައްޗަށް ސާބިތު ނުވާނެ

ސައްހަ ޝަރީއަތެއް ހިގާނަމަ އެއްވެސް ދައުވާއެއް އަހުމަދު އަދީބުގެ މައްޗަށް ސާބިތު ނުވާނެކަމަށް ރަށްޔިތުންގެ މަޖިލިހުގެ ވެލިދޫދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވެއްޖެވެ.

ޔާމީން ރަޝީދު މިހެން ވިދާޅުވީ ” އެމްޓީޑީން ” ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ  ކުޑަގޮޅީގައި ޝަރީއަތް ހިންގުން އެއީ ގަބޫލް ފުޅު ކުރެވޭނެކަމެއްނޫންކަމަށާ ރައީސް ޔާމީންގެ ސަރުކާރުގައި ގެނެވުނު ތަރައްގީގެ ފަހަތުގައި އަހުމަދު އަދީބު ހުންނެވިކަން އެއީ އެންމެންވެސް މިއަދު ގަބޫލް ކުރާނެ ހަގީގަތެއްކަމަށެވެ.  އަދި އެމްޓީޑީގެ އެންމެހާ މެމްބަރުންވެސް ބޭނުންވަނީ އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަލުން މުރާޖާކޮށް މިނިވަން އިންސާފްވެރި ޝަރީއަތެއް ބޭއްވުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

” މާޒީގެ ވަރަށްގިނަ ހުކުމްތަކެއް ރިވިއު ވެގެން ހިގައްޖެ  . ސިޔާސީ ގޮތުން އެކިއެކި ބޭފުޅުންނަށް އިއްވިފައިވާ އެކިއެކި ސިޔާސީ ހުރިހާ ހުކުމްތަކެއްގެ ކަހަލަ ގޮތަކަށް ރިވިއު ވެގެން ގޮސްފައިވަނީ  . ހަމަ އޭގެ ޕާޓެއް އަދީބުގެ މައްސަލަ އަކީވެސް . އެހެންވީމާ އަޅުގަޑުމެންގެ ރައީސް އަދީބުގެ މައްސަލަ ހަމަ އެބަޖެހޭ ރިވިއުވެގެން ދާން . ސްޕްރިންކޯޓްގެ  1 ފެބްރުއަރީގެ ހުކުމަށް ބަލާއިރުވެސް އެހުކުމްގައި ވަރަށް ސަރީހަކޮށް ހަމަ ނަންފުޅު ޖައްސަވާފައި އޮތް ނަމެއްގެ ގޮތުގައި މިފާހަގަކޮށްލެވެނީ އަދީބުގެ ނަން  . އެހެންވީމާ އެކަމަށް ބަލައިގެންވެސް މިހުކުމްތައް ރިވިއުކުރަން އެބަޖެހޭ . ގަދަބަސް ބުނެފައި މިރެއިން މިރެއަށް ނޫނީ މިއަދުން މިއަދަށް އަދީބު މިނިވަންކުރާށޭ  ނޫން މިބުނަނީ . އަޅުގަޑުމެން މިދަންނަވަނީ އެހުކުމްތައް ރިވިއުކޮށްފައި އެމައްސަލަތަކުގެ ތަހުގީގުތައް އަލުން ހިންގާ އެއީ އިންސާފްވެރި ޝަރީއަތްތަކެއް އިންއަދި ސާފްވެރި ތަހުގީގުތަކެއްކަމަށް ހަދަން ހިގާށޭ . ” ޔާމީން ރަޝީދު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކްރޯނާ ވައިރަސްގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ޤައުމުތަކުން ފެންނަމުންދާތީ ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މުޅިދުނިޔެއަށް ސިއްޙީ ކުއްލި ...

މަރަދޫ އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރައްވައިފި

ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން އައްޑޫ ސިޓީ މަރަދޫ އައުޓްޑޯ ވޮލީބޯޅަ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ...

12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ. ސުޕްރީމް ...