އިއްތިހާދުގައި ނުހިމެނޭ ޕާޓީތަކުގެ މެމްބަރުންނަށް މަޖިލިހުގެ ގޮޑިއެއް ކާމިޔާބު ނުވާނެ- ރައީސް ނަޝީދު

 

Advertisement

މިހާރު ރާއްޖޭގައި އޮތީ އިއްތިހާދެއްގެ ސަރުކާރެއްކަމަށާ އިއްތިހާދުގައި ނުހިމެނޭ ޕާޓީތަކުގެ މެމްބަރުންނަށް މަޖިލިހުގެ ގޮޑިއެއް ކާމިޔާބު ނުވާނެކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެވެ.

ވިލިމާލެ ދާއިރާގެ ޕްރައިމަރީގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ހުސެން ރަޝީދުގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބްގައިވަނީ ރަށްޔިތުން ބޭނުންވާގޮތް ވަރަށް ސާފްކޮށް ހާމަކޮށްފައިކަމަށެވެ. އެހެންކަމުން އިންތިޚާބެއްގައި ޕާޓީތަކަށް ނޫން ބަޔަކަށް މިއަހަރުގެ މަޖިލިހުގެ އިންތިޚާބުގެ ގޮޑިތައް ކާމިޔާބު ނުވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޟީދު ވިދާޅުވީ ރިޔާސީ އިންތިޚާގެ ނަތީޖާއަށް ބަލާއިރު ރަށްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ގޮޑިއެއް ކާމިޔާބުވާނޭ އެއްވެސް ދާއިރާއެއްނެތްކަމަށެވެ. އަދި ރައީސް ޔާމީނު އަރިހުގައި އެއްވެސް ކެނޑިޑޭޓަކު ނެތްއިރު މަޖިލިހުގެ އިންތިޚާބުގެ ގޮޑިއެއް ކާމިޔާބު ކުރާނެގޮތާއިމެދު ރައީސް ނަޝީދު ސުވާލު އުފެއްދެވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވަން ޕްރައިމަރީއަކާ ނުލާ ބައެއް މެމްބަރުންނަށް މަޖިލިހުގެ ޓިކެޓް ދިނުމަށްފަހު ރައީސް ޔާމީން ސިޔާސީ އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށެވެ.   ރައީސް ނަޝީދު ވިދާޅުވީ ގާނޫން އޮތް ގޮތުން ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރަން ކަނޑައެޅުމަށްފަހު އެހެން ދިމާލަކުން ވާދަނުކުރެވޭނެކަމަށާ އެހެންކަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުވަނީ އެމަނިކުފާނުގެ ހުރިހާ ކެނޑިޑޭޓުންނަށް ގަނޑުކޮށް ލަނޑެއް ދެއްވާފައިކަމަށެވެ.

ވިލިމާލެ ދާއިރާގެ ޕްރައިމަރީގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ހުސެން ރަޝީދުގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުވަނީ ވަރަށް ބޮޑަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވެފައެވެ.

ޔާމީނަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް މައުމޫނު ޑީއާރުޕީ ހައްދަވައިގެން އުޅުއްވަނިކޮށް އެޕާޓީއަށް ރައީސް ޔާމީން ވަންނަވާ އެޕާޓީ ފަނިކުރައްވާ ޕީއޭގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން ސިޔާސީ މައިދާނަށް ނިކުމެ ވަޑައިގެންނެވިކަމަށެވެ. އަދި އޭގެ ފަހުން ރައީސް މައުމޫނު ޕީޕީއެމް އުފެއްދުމުން އަލުން ޕީއޭ އުވާލައްވާ ޕީޕީއެމްއާއި ގުޅިވަޑައިގެން ޕީޕީއެމްއިން ރައީސް މައުމޫނު ބޭރުކުރައްވާ މުޅި ޕީޕީއެމް ހަލާކުކޮށްލީވެސް ރައީސް ޔާމީންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިހާރު އަނެއްކާވެސް ރައީސް ޔާމީން އެއުޅުއަވަނީ ސިޔާސީ އާޕާޓީއެއް އުފެއްދުމަށްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.  ނަމަވެސް ރައީސް ޔާމީނަށް އެއްވެސް ކާމިޔާބީއެއް ލިބިވަޑައި ނުގަންނަވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 24  ޖުލައި 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...

އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީގެ ދަރިވަރުން މީދުއަށް ޒިޔާރަތްކޮށްފި

އޮސްޓްރޭލިޔާގެ ” ލެޓްރޯބް ޔުނިވަރސިޓީ ” ގެ  ދަރިވަރުން ތަކެއް މީދުއަށް ޒިޔާރަތް ކޮށްފިއެވެ. ” ލެޓްރޯބް ޔުނިވަރސިޓީ ...

ކޮވިޑް-19: ތުލުސްދޫން އިތުރު ދެމީހަކު ފައްސިވެއްޖެ

ކ. ތުލުސްދޫ އިން ކޮވިޑް-19 އަށް އިތުުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ތުލުސްދޫ ކައުންސިލުން ހާމަކޮށްފައިވާގޮތުން އިއްޔެ ...