ޓީމް ލިޓަސް ޓީމް ގަރާޖު އަތުނެވެސް ބަލިވެއްޖެ

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ޓީމް ލިޓަސްއާއި ޓީމް ގަރާޖް ބައްދަލުކުރިމެޗުންވެސް ޓީމް ލިޓަސް ބަލިވެއްޖެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޓީމް ލިޓަސްއާއި ބައްދަލުކޮށް  ޓީމް ގަރާޖް މެޗް ކާމިޔާބުކޮށްފައިވަނީ މިމެޗްގެ ފުރަތަމަ ދެސެޓް ޓީމް ލިޓަސް ހޯދާފައިވަނިކޮށް ފަހުން ކުޅެވުނު  ތިންސެޓް ހޯދައިގެންނެވެ.

ފާތުމަތު ޖުނައިފާއާއި އަހުމަދު ނަސީރު  ޝަރަފްވެރިކޮށްދެއްވި  މިމެޗް ގެ ފުރަތަމަ ސެޓް 25-21 އިން އަދި  ދެވަނަ ސެޓް  25-12 އިން  ހޯދީ ޓީމް ލިޓަސްއެވެ.

އެހެންނަމަވެސް މި މެޗްގެ 3 ވަނަ ސެޓާއި 4 ވަނަ ސެޓް  ޓީމް ގަރާޖް ހޯދީ 25-21 އިންނެވެ. އަދި މިމެޗްގެ 5 ވަނަ ސެޓް 15-7 ން ހޯދާ މިމެޗް ކާމިޔާބުކުރީ ޓީމް ގަރާޖެވެ .

މިމެޗުން ދެރަވި ލިޓަސް މިމުބާރާތުގައި ފުރަތަމަ ކުޅުނު 2 މެޗުން މޮޅުވެފައިވިޔަސް އެޓީމު ފަހުން ކުޅުނު ދެމެޗުންވެސް ވަނީ ބަލިވެފައެވެ. އަދި އެޓީމު މިމުބާރާތުގައި ކުޅުނު  4 މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ 2 މެޗުން ދެރަވެ   ލިބިފައިވަނީ 6 ޕޮއިންޓެވެ. މިމެޗުން މޮޅުވި ޓީމް ގަރާޖު  މިމުބާރާތުގައި ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ އެއްމެޗުން ދެރަވެ  ލިބިފައިވަނީ 5 ޕޮއިންޓެވެ.

މިމެޗްގެ ކްއީން އޮފްދަ މެޗަކަށް ޓީމް ގަރާޖުގެ އާއިޝަތު ނާޒިމާ ހޮވިފައިވާއިރު  މިމެޗްގެ މޭންއޮފްދަމެޗަކަށް ހޮވިފައިވަނީ  ޓީމް ގަރާޖްގެ އަހުމަދު އަބްދުއް ސައްތާރެވެ.

ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި ވޮލީބޯޅައިގެ ރޫހު އާލާ ކުރުމުގެ އިތުރަށް  އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.

ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފަސްހާސް ރުފިޔާ، ރަނައަޕްޓީމަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސްޕެނިޝް ލަލީގާ- އެތުލެޓިކޯ އަތުން 3 ލަނޑު 1 ލަނޑުން ރެއާލްމެޑްރިޑް ބަލިވެއްޖެ

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުން ރެއާލް ބަލިވެއްޖެއެވެ. އެތުލެޓިކޯގެ ދަނޑުގައި ރޭ ...

ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފި އަތޮޅުމަދަރުސާގެ ޓީމް ބަލިވެއްޖެ

ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތެއްގެ ބޭނުން ނުހިފި ދިއުމުގެ ސަބަބުން ސ. އަތޮޅުމަދަރުސާގެ 16  އަހަރުން ދަށުގެޓީމް ...

ފްރާންސް ބަލިކުރިއަސް ޓިއުނީޝިއާ ކަޓައިފި – ޑެންމާކް އަތުން މޮޅުވެ އޮސްޓްރޭލިއާ ދެ ވަނަ ބުރަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޓިއުނީޝިއާ އާއި ބައްދަލުކޮށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް  1-0 ބަލިވިއިރު  ޑެންމާކް ...