• Categories
  • Archives

ސިޔާސީ ޖަގަހައަކަށް ފެނަކަ ނުވާނެ

ސިޔާސީ ޖަގަހައަކަށް ފެނަކަ ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު  ވިދާޅުވެއްޖެއެވެ.

އަހުމަދު ސައީދު  މިހެން ވިދާޅުވީ ރާއްޖެޓީވީގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސައީދު އިތުރަށް ވިދާޅުވީ ސަރުކާޜު ދަމަހައްޓާނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތް ދީގެން ކަމަށާއި  ފެނަކަ އަކީ ރައްޔިތުންނަށް ވަރަށް އަސާސީ ހިދުމަތް ދޭ ކުންފުންޏަކަށް ވާތީ، ސަރުކާރުގެ ސިޔާސަތުތައް ދަމަހައްޓާނެ ކުންފުންޏަކަށް ފެނަކަ ވާނެ ކަމަށެވެ.

އަދި ފެނަކަ އަކީ ސިޔާސީ ޖަގަހައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ކެމްޕެއިން ޖަގަހައަކަށް ނުވިނަމަވެސް ސަރުކާރުގެ ސިޔާސަތުތައް ދެމެހެއްޓި ތަންފީޒު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

”ސަރުކާރު ދަމަހައްޓާނީ ކުންފުނީގެ ސިޔާސަތުތަކުގެ ތެރެއިން. އެއީ ހަރުދަނާ ނިޒާމެއްގެ ތެރެއިން އަސާސީ ހިދުމަތް ދިނުން. ކެމްޕެއިން ޖަގަހައެއްގެ ގޮތުގައެއް ނޫން،“ ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ފެނަކައިގެ ބުރާންޗުތަކުގައި ކުރީގެ ސަރުކާރުގައި އިސްކޮށް އުޅުނު މީހުން ވަކިކުރާނެތޯ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ، އެބޭފުޅުންނަކީ އެއްވެސް އިރެއްގައި މުވައްޒަފުންނަށް އަނިޔާވެރިވާ ބައެއް ނޫން ކަމަށެވެ.

އަދި މުވައްޒަފުންގެ ވިސްނުމާއި ފިކުރަށް ބަލާފައެއް އެބޭފުޅުންގެ ހައްގުތަކަށް އަރައިގަންނާކަށް ނުޖެހޭ ކަމަށާއި ނަމަވެސް ފެނަކައިގެ ހިދުމަތަކީ އަސާސީ ހިދުމަތަކަށްވީތީވެ، އެ ހިދުމަތް ފޯރުކޮށްދިނުމުގައި އިހުމާލުވާ މުވައްޒަފުންނާ ދޭތެރޭގައި އޮންނަ ހަމަތަކުން ފިޔަވަޅު އަޅާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފެނަކަ އަކީ ސާފު ސީދާ ފައިދާއެއް އަދި ނުލިބޭ ކުންފުންޏެއް ނަމަވެސް ކުންފުނިން ކުރާ އިސްރާފާއި ބޭކާރު ކަންތައް ހުއްޓާލައިގެން މިހާރު އޮތް ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ގެންދެވޭނެ ކަމަށެވެ.

”ވަރަށް ކެރި ހުރެގެން ދަންނަވާނަން މި ސަރުކާރުގައި މި ކުންފުނީގައި ކޮރަޕްޝަނަށް މަގުފަހިވާ އަމަލެއް ވައްކަމެއް ނުކުރާނަން. އެފަދަ ކަމެއް މަގުފަހިވާކަމެއް ވެސް އެނގިހުރެ ނުކުރާނަން،“ ސައީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ބްރާންޗް ތައް  ބޭނުންކޮށްގެން ކެމްޕެއިން ހަރަކާތްތަކާއި ކޮރަޕްޝަނަށް މަގުފަހިވާގޮތައް ގިނަކަންތައްތަކެއް ކޮށްފައިވާ   ވާހަކަ ދެކެމުން ގޮސްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އީޔޫގެ ލަފަޔާ ދެކޮޅަށް ދިވެހިން އަޑު އުފުލަން ޖެހޭ -ޝެއިޚް އިލްޔާސް

ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލުކޮށް،ސުންނީ މުސްލިން ނޫން މީހުނަށް ...

ފެނަކައިގެ އެމްޑީ، ޝަރީފު އިލެކްޝަނަށް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ...

ސިޔާސީ ދާއިރާގައި އުޅުމަކީ ހުރިހާ ދިވެހީންނަށްވެސް ލިބިފައިވާ ހައްގެއް- އިސްމާއީލް އާސިފް

Advertisementއެންމެންނަށްވެސް އިންސާފްވެރި ޝަރީއަތްތަކެއް ކުރިއަށް ގެންދިއުމަށް ގޮވާލާނޭކަމަށް މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް ( އެމްޓީޑީ ) އިން ބުނެފިއެވެ. ...

“ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް” މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވައިފި

ރާއްޖޭގައި މިހާތަނަށް ތަރައްޤީކުރާ އެންމެ މަތީ ފަންތީގެ އެޕާޓްމަންޓްތަކާއެކު ޢިމާރާތްކުރާ “ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް” މަޝްރޫޢުގެ ބިންގާ ...

ދީފިކާގެ ދިފާއުގައި ކަންގަނާ ސޮއި ނުކުރީ ކީއްވެ؟

މައްސަލަ ބޮޑުވެފައިވާ ފިލްމު ޕަދްމަވާތީގެ މައްސަލާގައި ދީޕިކާ ޕަދްކޯން އަށް ނުރައްކަލާ ކުރިމަތިވެފައިވާއިރު އޭނާއަށް ސަޕޯޓް އޮތްކަން ހާމަކޮށްދިނުމުގެ ...

އިންތިޚާބު ބާތިލް ނުކުރާ ގޮތަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށް ކަނޑައަޅައި އިންތިޚާބު ބާތިލް ...