• Categories
  • Archives

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފި

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް އާ އަގުތައް އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފިއެވެ. އެތެރޭގެ އުދުހުންތަކުން ކުރިން ނަގަމުން އައި އަގުތަކުން 25 އިންސައްތަ އާއި 30 އިންސައްތަ ދެމެދުގެ މިންވަރަކަށް ވަނީ ކުޑަކޮށްފައެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ ދަތުރުތަކުގެ ޓިކެޓްގެ އަގު 25 އިންސައްތަ އާއި 30 އިންސައްތަ އާއި ދެމެދުގެ މިންވަރަކަށް ހެޔޮކޮށްފައި ވާނެ ކަމަށެވެ. ރިޒްވީ ވިދާޅުވީ ކުރިން އައްޑޫ ސިޓީ ދެކޮޅު ޓިކެޓް ލިބެން ހުންނާނީ 3500 ރުފިޔާ އަށް ކަމަށާއި މިހާރު އެ އަގުތައް 2600 ރުފިޔާއަށް ވުރެ ބޮޑެއް ނުވާނެކަމަށެވެ.

މާލެ – ހަނިމާދޫ – މާލެ 1610 ރުފިޔާއާއި 2226 ރުފިޔާއާއި ދެމެދު (ކުރިން ދެކޮޅު ޓިކެޓް 2446 ރުފިޔާއަށް)
މާލެ – އިފުރު – މާލެ 1500 ރުފިޔާއާއި 2056 ރުފިޔާއާއި ދެމެދު (ކުރިން ދެކޮޅު ޓިކެޓް 2432 ރުފިޔާއަށް)
މާލެ – ދަރަވަންދޫ – މާލެ 1098 ރުފިޔާއާއި 1562 ރުފިޔާއާއި ދެމެދު (ކުރިން ދެކޮޅު ޓިކެޓް 1198 ރުފިޔާއަށް)
މާލެ – ކުޑަހުވަދޫ – މާލެ 1500 ރުފިޔާއާއި 2056 ރުފިޔާއާއި ދެމެދު (ކުރިން ދެކޮޅު ޓިކެޓް 2665 ރުފިޔާއަށް)
މާލެ – ތިމަރަފުށި – މާލެ 1610 ރުފިޔާއާއި 2226 ރުފިޔާއާއި ދެމެދު (ކުރިން ދެކޮޅު ޓިކެޓް 2446 ރުފިޔާއަށް)
މާލެ – ކައްދޫ – މާލެ 1610 ރުފިޔާއާއި 2226 ރުފިޔާއާއި ދެމެދު (ކުރިން ދެކޮޅު ޓިކެޓް 2777 ރުފިޔާއަށް)
މާލެ – ކޫއްޑޫ – މާލެ 1652 ރުފިޔާއާއި 2442 ރުފިޔާއާއި ދެމެދު (ކުރިން ދެކޮޅު ޓިކެޓް 3088 ރުފިޔާއަށް)
މާލެ – ކާޑެއްދޫ – މާލެ 1652 ރުފިޔާއާއި 2442 ރުފިޔާއާއި ދެމެދު (ކުރިން ދެކޮޅު ޓިކެޓް 2998 ރުފިޔާއަށް)
މާލެ – ފުވައްމުލައް – މާލެ 1698 ރުފިޔާއާއި 2598 ރުފިޔާއާއި ދެމެދު (ކުރިން ދެކޮޅު ޓިކެޓް 2618 ރުފިޔާއަށް)
މާލެ – ގަން – މާލެ 1698 ރުފިޔާއާއި 2666 ރުފިޔާއާއި ދެމެދު (ކުރިން ދެކޮޅު ޓިކެޓް 3520 ރުފިޔާއަށް)

އައިލެންޑް އޭވިއޭޝަނުން ބުނީ މި އަގުތަކަށް އަމަލުކުރަންފަށާނީ މިމަހުގެ 10 ފެށިގެންކަމަށެވެ. އަދި އަގުތައް ކަނޑައެޅުމުގައި ސަރުކާރާއެކު މަޝްވަރާކޮށްފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ކާޑެއްދޫ އެއަރޕޯޓު ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރާނަން- ރައީސް

ގދ.ކާޑެއްދޫ އެއަރޕޯޓު ބައިނަލް އަޤްވާމީ ފެންވަރަކަށް ތަރައްޤީކުރައްވާ ގއ އަދި ގދ އަތޮޅުގައި ފަތުރުވެރިކަމުގެ 10000 އެނދު ކުރިއަށް ...

އިލެކްޝަން ކޮމިޝަން ގެ ރައީސް ކަަމަށް ޝަރީފު

އިލެކްޝަން ކޮމިޝަންގެ ރައިސް ކަމަށް، އެ ކޮމިޝަނަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި އަހުމަދު ޝަރީފު ހޮވިއްޖެއެވެ. ޝަރީފު ...

ބޮޑު ބަދަލަކާއިއެކު-އިސްލާމިކް ބޭންކްގެ ރޯދަ ޕްރޮމޯޝަން ފެސިލިޓީ

މޯލްޑިވްސް އިސްލާމިކް ބޭންކް(އެމް.އައި.ބީ) ގެ ފަރާތުން ރޯދަމަހަށް ޙާއްޞަކޮށް “ރޯދަ ޕްރޮމޯޝަން” ބޮޑެތި ބަދަލުތަކާއިއެކު ފަށައިފިއެވެ.މި ޕްރޮމޯޝަންގެ ދަށުން ...

ދެކުނުގެ ކުނި މެނޭޖުކުރުމުގެ މަޝްރޫއަށް އަބޫދާބީ ފަންޑުން އެހީދީފި

އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީއާއި ހުވަދު އަތޮޅު ހިމެނޭ ދެކުނު ސަރަޙައްދުގައި ޤާއިމްކުރާ ރީޖިނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ...

ފަނޑިޔާރު އަލީ ހަމީދުގެ ހުކުމް ހައިކޯޓުން ބާތިލުކޮށްފި

ސުޕްރީމްކޯޓްގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރިމިނަލްކޯޓުން އިއްވާފައިވާ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ...

“ސައުފު އައްޑޫ އަފިރިންގެ އައްޑޫ” ގެ ނަމުގައި ސާފްކުރުމުގެ ޕްރޮގްރާމެއް އައްޑޫގައި ފަށައިފި

“ސައުފު އައްޑޫ އަފިރިންގެ އައްޑޫ” ގެ ނަމުގައި ސާފުކުރުމުގެ ޕްރޮގްރާމެއް އައްޑޫސިޓީގައި އިއްޔެ ފަށައިފިއެވެ. މިއީ އައްޑޫސިޓީގައި މަސައްކަތްކުރާ ...