ޓީމް އަލްފައިން ޕޮއިންޓް ޓޭބަލްގެ އެއްވަނައަށް ޖެހިލައިފި

Advertisement

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ ކުޅެވުނުމެޗް ކާމިޔާބުކޮށް ޕޮއިންޓް ޓޭބަލްގެ އެއްވަނަ ޓީމް އަލްފައިން ޖެހިލައިފިއެވެ.

ފޭދޫ ވޮލީ ކޯޓްގައި ކުރިއަށްދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ ކުޅެވުނު މެޗް ޓީމް އަލްފައިން ކާމިޔާބުކޮށްފައިވަނީ ޓީމް ގަރާޖާއި ބައްދަލުކޮށް ސީދާ 3 ސެޓުންނެވެ.   މިމެޗުން ޓީމް އަލްފައިން މޮޅުވުމުން 4 މެޗު ކުޅެގެން އެޓީމަށް 8 ޕޮއިންޓް ލިބިގެން މިވަތު އެޓީމު އޮތީ ޕޮއިންޓް ޓޭބަލްގެ އެއްވަނާގައެވެ.

އެފްއޭއެމްއިން މިދިޔައަހަރު ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކޯޗްގެ މަގާމަށް ހޮވުނު ޓީސީގެ ކޯޗް މުހައްމަދު ނިޒާމާއި ފުޓްބޯޅައިގެ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ސިޓީ ފިއުލް ސަޕްލައިގެ އެމްޑީ ލުޠުޕީ  ޝަރަފްވެރިކޮށްދެއްވި މިމެޗްގެ މޭންއޮފްދަ މެޗަކަށް ޓީމް އަލްފައިންގެ އިބްރާހިމް މޫނިސް ހޮވުނުއިރު   މިމެޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ޓީމް އަލްފައިންގެ މަލްދާ މަސްސޫދެވެ.

ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި ވޮލީބޯޅައިގެ ރޫހު އާލާ ކުރުމުގެ އިތުރަށް  އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.

ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފަސްހާސް ރުފިޔާ، ރަނައަޕްޓީމަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލައިން ޖަޖެއްގައި ބޯޅައިން ޖެހުމުން ޖޮކޮވިޗް މުބާރާތުން ވަކިކޮށްފި

ޔޫއެސް އޯޕަން ޓެނުސް މުބާރާތުގެ  ހަތަރު ވަނަ ބުރުގައި މަޝްހޫރު ޓެނިސް ތަރި ނޮވަކް ޖޮކޮވިޗް ގަސްދު ލައިން ...

ސަޢޫދީ ރަސްގެފާނުގެ ޚަރަދުގައި ރާއްޖެއިން ޙައްޖަށްދާ 10 މީހުންތެރޭގައި އަޝްފާޤް

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ޚަރަދުގައި ރާއްޖެއިން ޙައްޖަށްދާ 10 މީހުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ...

ރަސްރަނި ނެޓްބޯޅަ ޗެލެންޖް – ހުޅުދޫ ޔޫތު ޗެމްޕިއަންކަން ހޯދައިފި

އައްޑޫ ރަސްރަނި  ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަންކަން ހުޅުދޫ ޔޫތު ހޯދައިފިއެވެ. ހުޅުދޫ ޔޫތު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ...