އައްޑޫ ތަރައްގީގެ ބޮޑު ވަސީލަތަކަށް ހެދުމަކީ އެމްޑީޕީ އަމާޒެއް- ރައީސް ނަޝީދު

Advertisement

އައްޑޫ ތަރައްގީގެ ބޮޑު ވަސީލަތަކަށް ހެދުމަކީ އެމްޑީޕީ އަމާޒެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ފޭދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ނިހާދުގެ ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ބިމުގެ މިލްކުވެރި ފަރާތަކީ އައްޑޫ ސިޓީ ކައުންސިލް ކަމުގައި ކޮންމެހެން ވެސް ވާން އެބަޖެހޭ ކަމަށާއި ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އައްޑޫ ސިޓީއަށް އަމާޒުވެ، ކުރިއަށް ގެންދެވޭ އިރުގައި ބިމުގެ މިލްކުވެރި ފަރާތަކީ އައްޑޫ ސިޓީ ކައުންސިލްގެ ގޮތުގައި ހަމަކަށަވަރުން ވެސް ވާންޖެހޭނެ ކަމަށެވެ.

“އައްޑޫ ސިޓީގައިވާ މަގުތަކާއި ނަރުދަމައާއި ފެނާއި އެހެންވެސް އާންމު ހިދުމަތްތަކުގެ ވަސީލަތްތައް، އެއީ ސިޓީ ކައުންސިލްގެ މިލްކަކަށް ވާންޖެހޭ. އިންޖީނުގެތައް ވެސް، އަޑީގައި ވަޅުލެވިފައިވާހާ ނަރެއް ވެސް، ހޮޅިއެއް ވެސް، މަގުތަކުގައި އަޅާފައިވާ ތާރު ވެސް، މަގުތައް ވެސް، އަދި އިންޖީނުގެތަކާއި ފެން ޕްލާންޓުތައްވެސް އަދި  އެހެނިހެން އަސާސީ ހައްގުތަކުގެ އެންމެހާ ވަސީލަތްތައްވެސް ސިޓީ ކައުންސިލްތަކުގެ މިލްކުގެ ގޮތުގައި ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގައި ހިމެނިގެންދާން ޖެހޭނެ،” ނަޝީދު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ  ސިޓީ ކައުންސިލަކީ ދަރަންޏަށް ޒިންމާވެވޭ އަދި އަމިއްލައަށް ދަރަނި ހޯދޭ އިދާރާއެއްގެ ގޮތުގައި ގާނޫނަކުން ކަނޑައެޅެން ޖެހޭކަމަށާ އަދި ސިޓީ ކައުންސިލަށް ދަރަނިވެރިވެވޭ މިންވަރަކީ ދިވެހި ދައުލަތުގެ ދަރަނީގެ ކޮން މިންވަރެއްތޯ ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގައި ކަނޑައެޅިފައި އޮންނަން ޖެހޭކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ފިކުރެއްގެ ދިރުން”ގޮފީގެ ފަރާތުންވެސް ގާސިމާއި ބައްދަލު ކޮށްފި

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އެތެރޭގައި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކި ސިޔާސީ ...

އެންޓި-ޑިފެކްޝަންގެ ބިލާއި ފަނޑިޔާރުންގެ ޤާނޫނަށް ހުށެހެޅި އިސްލާޙު، ރައީސް ތަސްދީޤު ކުރައްވައިފި

ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީ ...

 ޝަންގްރިއްލާ ވިލިގިލީގެ ހިއްސާ ސަރުކާރުން ވައުދުވީގޮތައް  ދޫކޮށްލައިފި

އައްޑޫ ސިޓީގައި އޮންނަ ޝަންގްރިއްލާ ރިސޯޓު ހިންގުމަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން އެތަނުގައި އޮތް ސަރުކާރުގެ 30 ...