• Categories
  • Archives

ޓީމް ޓަފްސިކްސް ބަލިކޮށް ޓީމް ޗެލެންޖާސް ފައިނަލަށް

Advertisement

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ  ކުޅުނު ފުރަތަމަ ސެމީ ފައިނަލު މެޗުގައި ޓީމް ޓަފްސިކްސް ބަލިކޮށް ޓީމް ޗެލެންޖާސް  ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުން ފޯރިނަގަމުން ދިޔަ ރޭ ކުޅެވުނު ސެމީފައިނަލް މެޗު ޗެލެންޖާސް ކާމިޔާބުކޮށްފައިވަނީ ސީދާ ތިންސެޓުންނެވެ.

ޓީމް ޗެލެންޖާސް މިމުބާރާތުގެ ފައިނަލުން ޖާގަ ހޯދިއިރު މިމުބާރާތުގައި އެޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ މިމުބާރާތް ފެށުމުގެ ގޮތުން ކުޅެވުނުމެޗްގައި ޓީމް ލިޓަސްއާއި ބައްދަލުކޮށް 3 ސެޓް 2 ސެޓުންނެވެ. ޗެލެންޖާސް އަތުން މިމުބާރާތުގައި މޮޅުވި ޓީމް ލިޓަސް މިމުބާރާތުގެ ސެމީފައިނަލަށްވެސް ނުހޮވި މުބާރާތުންވަނީ ކަޓާފައެވެ.

ފެނަކަ ކޯޕަރޭޝަން މަރަދޫފޭދޫ ބްރާންޗްގެ އެޗްއާރު ސްޕަވައިޒަރު އަލީ ނަސީރާއި ޔޫތު މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު މަރަދޫފޭދޫ އަބްދުލް މަސީހު އަދި ސައުތު އިންވެސްޓްމެންޓްގެ މެނޭޖަރ އަހުމަދު ޒިޔާދު ޝަރަފްވެރިކޮށްދެއްވި މިމެޗްގެ  މޭންއޮފްދަ މެޗަކަށް ޗެލެންޖާސްގެ މަނޯޖް  ހޮވުނުއިރު   މިމެޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ޓީމް ޗެލެންޖާސްގެ ފާތުމަތު ރިޒްނާއެވެ.

ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ފޭދޫ ވޮލީ ކޯޓްގައި ކުރިއަށް ގެންދާ މިމުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި ވޮލީބޯޅައިގެ ރޫހު އާލާ ކުރުމުގެ އިތުރަށް  އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.

ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފަސްހާސް ރުފިޔާ، ރަނައަޕްޓީމަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ ސެމީފައިނަލްގެ ދެވަނަމެޗް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު މިމެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޓީމް އަލްފައިންއާއި ޓީމް ގަރާޖެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ޓޫ ބްރަދާސްއާއި އެއްވަރުވެ އެފްސީ ސަބޯޝަނަށް އިތުރު ހާސްކަމެއް

ސިޔާކަޕް ފުޓުބޯޅަ މުބާރާތުގައި ކެނެރީފުން މިމުބާރާތުގައި ބައިވެރިކުރި  އެފްސީ ސަބޯޝަން  ކުޅުނު ދެވަނަ މެޗުގައި ޓޫ ބްރަދާސްއާއި ވާދަކޮށް ...

ބެސްޓް ފުޓްސަލް މުބާރާތް 2018 މިރޭ ފަށަނީ

” ބެސްޓް ފުޓްސަލް މުބާރާތް 2018 ”  ގެ ނަމުގައި ބޭއްވޭ  ފުޓްސަލް މުބާރާތް މިރޭ ފެށުމަށްވަނީ ހަމަޖަހިފައެވެ. ...

“އޭޝިއަން ރޯވިންގް ފޯ އޯލް” ކޮމިޓީގެ ގޮނޑިއެއް ރާއްޖެއަށް ލިބިއްޖެ

“އޭޝިއަން ޜޯވިންގް ފޯ އޯލް” ކޮމިޓީގެ ގޮނޑިއެއް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ. މި މަހުގެ ކުރީކޮޅުގައި ޗައިނާގެ ބެއިޖިންގް ގައި ...

ނޭޕާލާ ބައްދަލުކޮށް ސީދާ ތިންސެޓް ރާއްޖޭގެ ގައުމީ ވޮލީޓީމް ބަލިވެއްޖެ

ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު އިއްޔެ ...

އަތޮޅުމަދަރުސާ ބަލިކޮށް ޝަރަފުއްދީން ޗެމްޕިއަންކަން ހޯދައިފި

އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަރަފުއްދީން ސްކޫލް ހޯދައިފިއެވެ. ޝަރަފުއްދީން ...

އެއިލެންޑް އެފްސީއަތުން ބޮޑުތަފާތަކުން ގައުމު އެފްސީ މޮޅުވެއްޖެ

އިއްޔެ ހަވީރު ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މިނިވަންކަޕް ފުޓްސަލް މުބާރާތުގެ މެޗު ބޮޑުތަފާތަކުން ގައުމު އެފްސި ކާމިޔާބު ...