• Categories
  • Archives

އައްޑޫސިޓީ ރޫޅާނުލައި އައްޑޫސިޓީ ބިނާކުރާ މަޖިލިހަކަށް މަޖިލިސް ހަދައިދޭން ބޭނުން- ރައީސް ނަޝީދު

Advertisement

އައްޑޫސިޓީ ރޫޅާނުލައި އައްޑޫސިޓީ ބިނާކުރާ މަޖިލީހަކަށް ހަދައިދޭނެން ބޭނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ

ރައީސް ނަޝީދު މިހެން ވިދާޅުވީ ރަށްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައި އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ އިލްޔާސް ލަބީބުގެ ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

” ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުން ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި ބިނާއެއް ހެދި. އެކަމަކު ދެން ޖެހިގެން އައި ސަރުކާރުން އެތަން ރޫޅާލި. އެތަން ރޫޅާލުމަށް އެތަން ހެދި ވަރަށް ވުރެ ބޮޑު ހަރަދެއް ހޭދަވި . އެހެންނަމަވެސް އެވެރިން އެކަންވެސް ކޮށްފި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން  މަޖިލިސް 19 ހަދައިދޭނަން އައްޑޫ ނުރޫޅާ މަޖިލިހަކަށް. އަދި  އަޅުގަނޑުމެން މަޖިލިސް 19 ހަދައިދޭނަން އައްޑޫ ބިނާކުރާ މަޖިލިހަކަށް، މިކަން މިގޮތައް ކުރެވޭނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް މަޖިލިސްގެ މެޖޯރިޓީ ލިބިގެން ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިން އިނގިރޭސީންނާއި މާލޭ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގައި އައްޑޫ ސަރުކާރާއި މާލޭ ސަރުކާރު އެއްކުރުމުގައި އެއްބަސްވެފައިވީ ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ އައްޑޫގައި ހުރި ހުރިހާ މުދަލެއް މާލެއަށްނަގާފައިވާ ކަމަށެވެ.

“އެތަނުގައި އިމާރާތްކޮށްފައި އޮތްހާ ހޮސްޕިޓަލަކާއި އަދި އެހެންވެސް ކިތަންމެ ކިތަންމެ ވަސީލަތްތަކެއް ރޫޅާލެވުނު . އައްޑު އަތޮޅަކީ ތަނަވަސްކަމާއެކީގައި މި ރާއްޖޭގައި ތަރައްގީވަމުން އައި އެންމެ ބޮޑު އަތޮޅު. އައްޑު އަތޮޅަކީ މާލޭ މީހުން ބޭސްފަރުވާއަށް އާންމުކޮށް ގޮސް އުޅުނު ތަނެއް،” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް  ތަރައްގީ ހޯދަން އެދެނީ ނަމަ، އަލުން އަނބުރާ އެ ހަގީގަތް އައްޑޫ ސިޓީއަށް ގެނެސްދޭން ޖެހޭނެ ކަމަށާއި މަޖިލިސް 19 އަކީ އެ ހަގީގަތް އައްޑޫ ސިޓީއަށް ގެނެސްދޭނެ މަޖިލިހަކަށް ވާނެކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ވެމްކޯގެ ބިލްތަކަށް ހައިއެނާޖީ އަދި ފިނި މޯބައިލަށް ފައިސާ ދެއްކޭނެ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ހިދުމަތް ހޯދަމުންދާ ފަރާތްތަކަށް ފަސޭހައިން ބިލަށް ފައިސާ ދެއްކެނޭ އިންތިޒާމް ހަމަޖެއްސުމައްޓަކައި ...

ސައުދީއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

ސައުދީ އަރަބިއްޔާއަށް، ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 17 ވާ ބުރާސްފަތި ދުވަސްކަމަށް އެޤައުމުން ކަނޑައަޅައިފިއެވެ. މިކަން ...

ފެނަކައިގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރަކަށް ލައްމާން

ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރަކަށް މިއަދު ބޭފުޅަކު ހަމަޖައްސަވައިފިއެވެ. ރައީސް އަބްދުﷲ ޔާމީން މި މަގާމަށް މިއަދު ...

ކުޑަކާއްޓޭ، ބަޓިޝް، ޝާއިން ނުލާ ޤައުމީ ވޮލީ ސްކޮޑް 19 އަށް މަދުކޮށްފި

ރާއްޖޭގެ އެއްވަނަ ވޮލީ ކުޅުންތެރިންޔާ އިސްމާޢީލް ސާޖިދު (ކުޑަ ކާއްޓޭ) ނުލާ ޤައުމީ ވޮލީ ސްކޮޑް އިޢުލާންކޮށްފިއެވެ. އިސްމާޢީލް ...

މިއަދުގެ ހުޅުމީދޫގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފި

ހުޅުމީދޫގައި މިއަހަރަގެ އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފިއެވެ. ހުޅުމީދޫގައި ބޮޑުޖަމާއަތުގައި މިއަދު އީދު ނަމާދު ކޮށްފައިވަނީ ...