އެންމެ މޮޅު ދެކުޅުންތެރިއަކަށް ސްރީލަންކާގެ ދެކޮޅު ޓިކެޓް ދިނުމަށް އެއިމްސް ކްލިނިކުން ނިންމައިފި

Advertisement

ފޭދޫ ވޮލީ ކޯޓްގައި ކުރިއަށް ގެންދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް އަދި އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ފޭދޫގައި ހިންގާ އެއިމްސް ކްލިނިކުން ސްރީލަންކާގެ ދެކޮޅު ޓީކެޓް ދިނުމަށް ނިންމައިފިއެވެ.

އާސަންދައިގެ ޚިދުމަތް ލިބޭ ފޭދޫ އެއިމްސް ކްލިނިކްގައި އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާއި އާއްމު ބަލީގެ ޑޮކްޓަރެއްގެ އިތުރަށް އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެއް މިހާރުވެސް ބަލަމުންދާއިރު އެކްލިނިކުގައި ވިޒިޓިންގ ޑޮކްޓަރުންގެ ގޮތުގައި  ހިތުގެ ބަލީގެ ޚާއްސަ ޑޮކްޓަރެއްކަމުގައިވާ މޫސާމަނިކާއި ކަށީގެ ބަލިތަކަށް ޚާއްސަ އިންޑިއާގެ ޑޮކްޓަރެއްކަމުގައިވާ ސުދީރުވެސް ބަލަމުން ދެއެވެ. އަދި ލެބޯޓްރީގެ ޚިދުމަތްވެސް އެކްލިކުން ލިބެމުންދެއެވެ.

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް އަދި އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ފޭދޫގައި ހިންގާ އެއިމްސް ކްލިނިކުން ސްރީލަންކާގެ ދެކޮޅު ޓީކެޓް ދިނުމަށް ނިންމާފައިވާއިރު މިމުބާރާތުގެ ފައިނަލްމެޗްގެ ކުޚުން މިރޭ ބޭއްވުމަށް ހަމަޖެހިފައެވެ. ފައިނަލްމެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޓީމް ޗެލެންޖާސްއާއި ޓީމް އަލްފައިންއެވެ.

ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ފޭދޫ ވޮލީ ކޯޓްގައި ކުރިއަށް ގެންދާ މިމުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި ވޮލީބޯޅައިގެ ރޫހު އާލާ ކުރުމުގެ އިތުރަށް  އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.

ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފަސްހާސް ރުފިޔާ، ރަނައަޕްޓީމަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗެލްސީގެ ޕުލިސިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ޔޫރަޕުގެ ޗެމްޕިއަން ޗެލްސީ އަށް ކުޅެމުން އަންނަ އެމެރިކާގެ މިޑްފީލްޑަރު ކްރިސްޓިއަން ޕުލިސިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިކަން ...

ސްޕެއިނާއި ޖަރުމަނު ޕޮއިންޓަކުން ފުއްދާލިއިރު ކްރޮއޭޝިއާއިން ކެނެޑާ ބަލިކޮށްފި

ވޯލްޑް ކަޕް 2022 ގައި ތަރިންގެ ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗު އެއްވަރުވެ ޕޮއިންޓަކުން ފުއްދާލިއިރު ފަހަތުން އަރާ ...

ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ފްރާންސަށް

ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ސްޕެއިން ބަލިކޮށް ފްރާންސް ހޯދައިފިއެވެ. އިޓަލީގެ މަޝްހޫރު ސަން ސީރޯ ސްޓޭޑިއަމުގައި ކުޅުނު ...