މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު

 

Advertisement

ޒަމާނުއްސުރެން ފަށައިގެން ރާއްޖޭގައި އިންސާފު ގާއިމްކޮށްދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވެފައި ވަނީ އައްޑޫސިޓީ މީދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެވެ.  

 އެމްޑީޕީ ޕްރައިމަރީގައި އައްޑޫ މީދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ރޮޒެއިނާ އާދަމްގެ ކެމްޕެއިންޓީމުގެ ފަރާތުން މާލޭގައި ބޭއްވުނު ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް ކަމަށެވެ.

މިބައްދަލުވުމުގައި އިތުރަށްވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 1300 އަހަރުން ކުރިން، މީދޫ ބޮޑު ފަނޑިޔާރު މަނިކުފާނުއްސުރެ ފަށައިގެން ރާއްޖޭގެ ފަނޑިޔާރުގޭގައި ގިނައިން މަސައްކަތް ކުރައްވާފައިވަނީ މީދުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ ދައުރުގައި އުއްތަމަ ފަނޑިޔާރުކަން ކުރެއްވި އަބްދުﷲ ސައީދު ނަން ފާހަގަކުރައްވާ، އެ މަނިކުފާނު އުޅުއްވާ ހިތްދަތި ހާލާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މަސްދަރު: ރާއްޖެ އެމްވީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ރެހެންދި އެވޯޑު” ލިބުނު ސ.މީދޫ އަހުމީމާ ލުޠުފީ

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މިމަހުގެ 6 ވަނަ ދުވަހުގެރޭ ބޭއްވުނު ރެހެންދި އޯވޯޑް ނައިޓްގައި އެވޯޑް ...

މިއަދު މީދޫގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މީދޫގެ މިސްކިތްތަކުގައި ހުކުރު ނުކުރާތާ 6 ހުކުރު ފާއިތުވެގެން ދިއުމަށްފަހު މިއަދު މީދޫގެ މިސްކިތްތަކުގައި ހުކުރު ކުރުމަށް ވަނީ ...

ރައީސް ޔާމީނު އަލަށް އުފައްދާ ޕާޓީގެ ނަން ފައިނަލްކޮށްފި

ރޭގެ ވަގުތެއްގައި ޕީޕީއެމް ދޫކޮށްލެއްވިކަން އުއުލާނުކުރެއްވި ރައީސް ޔާމީނު އަލަށް އުފެއްދުމަށް ތައްޔާރުވަމުންދާ ސިޔާސީ ޕާޓީއަށް ކިޔާނެ ނަން ...