ހުއްދަ ނުހޯދައި ހަދާފައިވާ ބިނާތައް ނެގުމަށް ސިޓީ ކައުންސިލުން އަންގައިފި

ކައުންސިލްގެ ހުއްދަ ހޯދުމެއްނެތި ދާއިމީ ބިނާތައް އައްޑޫސިޓީގެ ބައެއް ރަށްރަށުގެ އެކިތަންތަނުގައި  ހަދާފައިވާކަމަށާ  އެކަމުގެސަބަބުން ޢާންމު ރައްޔިތުންނަށް ނުހަނު ބޮޑެތި ދަތިތަކާއި ކުރިމަތިވެ އެކަމުގެ ޝަކުވާ އައްޑޫސިޓީ ކައުންސިލަށް ލިބެމުންދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުން މިގޮތައް ހާމަކޮށްފައިވަނީ މިމަހުގެ ދެވަނަދުވަހު އެކައުންސިލުން އާއްމުކޮށްފައިވާ އިއުލާނެއްގައެވެ.

ކައުންސިލުގެ އިއުލާނުގައި ހާމަކޮށްފައިވާތުން ކައުންސިލްގެ ހުއްދަ ހޯދުމަކާއި ނުލައި ގިނަ ދުވަސްތަކެއްވަންދެން ޢާންމު ތަންތަނަށާއި ބަނދަރުތަކަށާއި މަގުމައްޗަށް ދޫކޮށްލެވިފައިވާ އެއްގަމު އުޅަނދުތަކާއި ކަނޑުގެ އުޅަނދުތަކާއި ބާ ފްރިޖްތަކާއި އަދިވެސް މި ނޫންވެސް އެހެނިހެން ތަކެއްޗާއި ބަނދަރު މަތީގައި ޖާހާފައިވާ ވެލިފުނިތަކާއި ވެލި ބަސްތާތަކާއި ޤަވާޢިދާއި ޚިލާފަށް އެކި ތަންތަނުގައި ޕާކްކޮށް ގިނަދުވަސްވެ  ހަލާކުވެ ދޫކޮށްލެވިފައިވާ އެއްގަމު އުޅަނދުތަކާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ކަނޑުގެ އުޅަނދުތަކާއި މިބާވަތުގެ އެންމެހާތަކެތެއްޗާއި އެކި ފަރާތްތަކުން އެކި ރަށްރަށުގެ އެކި ސަރަހައްދުތަކުގައި ހުއްދަ ހޯދުމަކާ ނުލައި  ހަދާފައިވާ ދާއިމީ ބިނާތައް 30 (ތިރީސް) ދުވަހުގެ ތެރޭގައި ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގާފައިވެއެވެ.

އަދި އެ މުއްދަތުގެފަހުން މިފަދަ ތަކެތި ނުނަގައިފިނަމަ އެފަދަ ތަންތަނުގައި ބެއްޓިފައިވާ ތަކެތި ނަގާ ރޫޅާލައި އެ ތަކެތި ނައްތާލެވޭނެކަމަށްވެސް ސިޓީ ކައުންސިލުގެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.  އަދި އެފަދަ ތަކެތި ނައްތާލުމުގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމަކަށް ސިޓީ ކައުންސިލުން ޒިންމާ ނުވާނެ ކަމުގައިވެސް އެއިލާނުގައި ހާމަކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ހިތަދޫ މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ ...

އަތޮޅުތެރޭގެ  ގާއިމުކުރާ އިސްރަށްވެހިންގެ ފުރަތަމަ މަރުކަޒު އައްޑޫސިޓީގައި އިމާރާތްކުރަނީ  

އަތޮޅުތެރޭގެ  ގާއިމުކުރާ އިސްރަށްވެހިންގެ ފުރަތަމަ މަރުކަޒު އައްޑޫގައި  އިމާރާތްކުރުމަށް  ނިންމައިފިއެވެ އަތޮޅުތެރޭގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ  އިސްރަށްވެހިންގެ ފުރަތަމަ މަރުކަޒު ...

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 153 މީހުން – އޭގެ ތެރޭގައި ދިވެހީންގެ 116 މީހުން ހިމެނޭ

ރާއްޖެއިން އިތުރު 153 މީހަކު މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 148 ...