ޖަލު ހުކުމެއްގައި ހުރި ޒިޔަތު ގޭބަންދަށް ބަދަލުކޮށްފި

Advertisement

 އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން މައުލޫމާތުދޭ ގޮތުގައި، އޭނާ ގޭ ބަންދަށް ބަދަލުކުރީ އިއްޔެގެ ވަގުތެއްގައެވެ.

ޒިޔަތު އިއްޔެ  ގޭބަންދަށް ބަދަލުކުރިއިރު، އޭނާއަށް އިއްވި ޖަލު ހުކުމުގެ މުއްދަތުގެ ތެރެއިން ތަންފީޒު ކުރެވިފައިވަނީ އެންމެ 2 އަހަރާއި އަށް މަހެވެ.

Advertisement

23 ޖޫން 2016  ގައި ޒިޔަތު، 8  އަހަރަށް ޖަލަށްލާފައިވަނީ ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ފީގެ ގޮތުގައި ލިބުނު ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވުމަށް ފަހު އެއަށް ހިޔާނާތްތެރިވި މައްސަލައެއް ސާބިތުވުމުންނެވެ. އެ މައްސަލާގައި އޭނާ ޖަލަށްލިއިރު، އިތުރު 33 ދައުވާއެއް ވެސް ދައުލަތުން އޭނާގެ މައްޗަށް ވަނީ އުފުލައިފައެވެ. އަދި އެ ދައުވާތަށް ސާބިތުވެއްޖެނަމަ އޭނާގެ ޖަލު ހުކުމުގެ މުއްދަތު 90 އަހަރަށް އަރާނެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލާގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ވެސް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ވިޔަފާވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ހުކުމެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19 _ އިތުރު 24 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް އިތުރު  24 މީހަކު މިއަދު ޕޮޒިޓިވްވެ ރާއްޖެއިން މިބަލިޖެހުނު މީހުންގެ އަދަދު 642 ކަށް އަރައިފިއެވެ ...

ޕަބްލިކް ވޯކްސް އުވާލައި، މަސައްކަތްތައް ޕްލޭނިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ޕަބްލިކް ވޯކްސް ސަރވިސްއާއި ޑިޕާރޓްމަންޓް އޮޕް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް އުވާލައި، އެ ދެ އިދާރާއިން ކުރަމުން އައި މަސައްކަތްތައް ...

ޑިއުޓީ ކުޑަކުރުމުން ސަރަހައްދީ ބަނދަރުތަކަށް ލިބޭ އާމްދަނީ ދަނީ އިތުރުވަމުން: ރައީސް

ސަރަހައްދީ ބަނދަރުތަކުން ނަގާ ޑިއުޓީ ކުޑަކުރުމާއިއެކު މިދިޔަ އަހަރު އެތެރެކުރި މުދަލުގެ އަގު 566 މިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާކަމަށް ...