މީދޫގައި އަންހެނެއްގެއަތުން ވޮލެޓް ފޭރިގަތް މީހާ ހައްޔަރުކޮށްފި

Advertisemen
Advertisement

މީދޫ އަންހެނެއްގެ އަތުން ވޮލެޓް ފޭރިގަތް މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް ބަންދަށް 07 ދުވަސް މީދޫ ކޯޓުން ޖަހައިދީފި އެވެ.

މިދިޔަ ބުރާސްފަތިދުވަހުގެރޭ  މޫނު ނިވާކޮށްގެން ހުރި މީހަކު  މީދޫ ނޫރާނީވާދީ ކައިރިން ހިގާފައިދިޔަ އަންހެނެއްގެ އަތުން ވޮލެޓް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އޭނާއާ ބެހޭ އިތުރު މައުލޫމާތު ނުދިނަސް، ފުލުހުންގެ ތަރުޖަމާނަކު ވަނީ އެ މީހާގެ ބަންދަށް 07 ދުވަސް ޖަހާފައިވާކަން ރޭ ކަށަވަރުކޮށް ދެއްވާފަ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި  އަންހެންމީހާގެ އަތުން ފޭރުނު  ވޮލެޓް މީދޫގެ ގެއެއްގެ ގޯތިތެރެއިން ފުލުހުންވަނީ ހޯދާފައެވެ.

އެކަމަކު، ފޭރުނު ވޮލެޓް ފެނުނުއިރު އޭގައިހުރި ތަކެތީގެ ތަފްސީލެއް  ލިބިފައެއްނުވެއެވެ.

Advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫން ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި

އައްޑޫސިޓީ ހުޅުދޫން ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު މިއަދު އާންމުކޮށްފިއެވެ. ސަރުކާރުގެ ”ގެދޮރުވެރިކުރުން“ ޕްރޮގްރާމްގެ ދަށުން އައްޑޫ ...

ރާއްޖެއިން އިތުރު 56 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 56 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ މީގެ ތެރޭގައި ހިމެނެނީ 18 ދިވެހީން ...

އައްޑޫގައި ކޮވިޑަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީގެ ކޮވިޑް މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ. އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން މިއަދު ހެނދުނު ...