ރައީސް ޔާމީން ހައްޔަރު ކުރުމުގެ އަމުރަކަށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދިއްޖެ

Advertisement
Advertisement

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި  ޕީޖީގެ މި ހުށަހެޅުމާމެދު ގޮތެއް ކަނޑައެޅުމަށް ރައީސް ޔާމީން މިއަދު  1:30އަށް ކޯޓަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ ޗިޓް ފޮނުވައިފަ އެވެ.

ރައީސް ޔާމީން މިއަދު ކޯޓަށް ހާޒިރުކުރެވޭ ބޭނުން ކަމަށް ޗިޓުގައި ބަޔާންކޮށްފައި ވަނީ، ދައުލަތުން އެމަނިކުފާނުގެ މައްޗަށް ދައުވާކުރާ މަނީ ލޯންޑަރިން ކުރުމުގެ ކުށުގެ މައްސަލައިގައި ބަންދާއި މެދު ގޮތެއް ކަނޑައެޅުމުގެ މަޖިލީހެއް ބޭއްވުމަށެވެ.

ރައީސް ޔާމީން ހައްޔަރުކުމުގެ އަމުރަކަށް ޕީޖީން އެދިފައި މި ވަނީ އެ މަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގެ ދައުވާ ވެސް އުފުލާފައި ވަނިކޮށެވެ.

ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ފ. ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ޔާމީން ހައްޔަރުކުރުމުގެ އަމުރެއް އުޅޭ ވާހަކަ އަޑު އެބަ އިވޭ ކަމަށާއި އަދި އެކަން ކަށަވަރު ނުވާ ކަމަށެވެ.

Advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕީއެންސީ ރަޖިސްޓްރީކޮށްފިނަމަ އެޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރުމަށް ހުރަހެއް ނޯންނާނެ – އަހުމަދު ޝަރީފް

Advertisement ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ އުފައްދާ “ޕީޕަލްސް ނޭޝަނަލް ކޮންގްރެސް” ރަޖިސްޓްރީކޮށްފިނަމަ އެޕާޓީގެ ފަރާތުން ރައްޔިތުންގެ ...

ޔޫތުޗެލެންޖެ 2020- ގުސީއާއި ރައްޔުގެ ހެޓްރިކާއެކު ބޮޑު ތަފާތަކުން އެފްސީ އަމީގޯ މޮޅުވެއްޖެ

ގުސީއާއި ރައްޔުގެ ހެޓްރިކާއެކު މީދޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގައި ހޮނިހިރު ދުވަހު ކުޅެވުނު މެޗްގައި ވަރުގަދަ ...

އޮމިކްރޯން ވޭރިއަންޓް ސްރީ ލަންކާއިންވެސް ފެނިއްޖެ

އޮމިކްރޯން ވޭރިއަންޓްގެ ކޭސްއެއް ސްރީލަންކާއިންވެސް ފެނިއްޖެވެ. ސްރީ ލަންކާގެ ހެލްތު ޕްރޮމޯޝަން ބޯޑު (އެޗްޕީބީ) އިން ވަނީ އެކަން ...