• Categories
  • Archives

މީދޫދާއިރާއާއި މަރަދޫފޭދޫ ދާއިރާ ވަކިކޮށްދިނުމަށްއެދި ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

Advertisement
Advertisement

މީދޫދާއިރާއާއި މަރަދޫފޭދޫ ދާއިރާ ދެދާއިރާއެއްގެ ގޮތުގައި ވަކިކޮށްދެއްވުމަށްއެދި ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ނުބެލޭނެކަމަށް ކަނޑައަޅާ މައްސަލަ ބޭރުކޮށްލައިފިއެވެ.

އަންނަ އެޕްރީލްމަހުގެ 4 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި މަރަދޫ ފޭދޫ ދާއިރާއާއި މީދޫ ދާއިރާ އެއްކޮށްލަން އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުން ބާޠިލްކޮށްދެއްވުމަށް ހައިކޯޓަށް ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނާއިބު ހުސްނުއްސޫދުއާއި މަރަދޫފޭދޫ ފައިވްރޯސް މުމްތާޒު އަލީގެ ފަރާތުންނެވެ.

އެ މައްސަލާގައި އެދިފައިވަނީ މަރަދޫފޭދޫ ދާއިރާ ވަކިކޮށްދެއްވުމަށެވެ. މިމައްސަލާގައި ހައިކޯޓުން ނިންމި ނިންމުގައި ބުނެފައިވަނީ ކޯޓްތަކުގެ ގާނޫންގެ 37 ވަނަ މާއްދާއާއި ހައިކޯޓްގެ ގަވާއިދުގެ 25 ވަނަ މާއްދާއަށް ރިޔާޔަތްކުރާއިރު އެމައްސަލަ ބެލުމުގެ އިހުތިސާސް ހައިކޯޓަށް ލިބިގެންވާކަމަށް ނުފެންނަކަމަށެވެ.

މިގޮތައް ނިންމާފައިވަނީ މިމައްސަލަ ބެއްލެވި 3 ފަޑިޔާރުންގެ އިއްތިފާގުންނެވެ.

ކޯޓްތަކުގެ ގާނޫންގެ 37 ވަނަ މާއްދާގައިވާގޮތުން ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ބެލޭނީ ދެބާވަތެއްގެ ދުސްތޫރީ މައްސަލައެވެ. އޭއީ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫންއަސާސީއާއި ތައާރަޒްވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތަކާއި ގާނޫންތަކުން ބާރުލިބިގެންހަދާފައިވާ ގަވާއިދެއް ނުވަތަ އެގަވާއިދެއްގެ ބައެއް ގާނޫން އަސާސީތަކާއި ނުވަތަ ގާނޫންތަކާއި ތައާރަޒްވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތަކެވެ.

މިމައްސަލަ ނުބެލޭނެކަމަށް ހައިކޯޓުން ކަނޑައެޅިއިރު މީގެކުރީން ހައިކޯޓްގައި މިމައްސަލައާއި ގުޅިގެން ތާވަލްކުރެވުނު އަޑުއެހުމަށް ދައުވާކުރާ ފަރާތުން ހާޒިރު ނުވުމުން އެމައްސަލާގެ ދައުވާގެ ފޯމް ބާޠިލްކޮށް ހައިކޯޓުންވަނީ މައްސަލަ ބޭރުކޮށްލާފައެވެ.

އެމައްސަލަ ކޯޓުން ބޭރުކޮށްލިއިރު އެމައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށްބުނެ އީސީންވަނީ އިޖުރާއީ ނުކުތާތަކެއް ނަގާފައެވެ. އިޖުރާއީ ނުކުތާތަކާއި ގުޅިގެން ހައިކޯޓުގެ ފަޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ ކޯޓްތަކުގެ ގާނޫނާއި ހައިކޯޓްގެ ގަވާއިދުތަކުގެ ތެރޭގައި ހިމެނޭ ދުސްތޫރީ މައްސަލައަކަށް ނުވާތީ މައުޟޫއީގޮތުން ގޮތެއް ކަނޑައަޅަން ޖެހޭކަމަށް ފަޑިޔާރުންނަށް ނުފެންނަކަމަށެވެ.

ހައިކޯޓުން މައްސަލަ ބޭރުކޮށްލާފައިވީނަމަވެސް އެމައްސަލައަކީ ގާނޫން އަސާސީގެ 172 ވަނަ މާއްދާގެ “ހ ” ގެ ދަށުން އެކޯޓަށް ބެލޭނެ މައްސަލައެއްކަމަށް ގަބޫލްކުރައްވާކަމަށް ދައުވާހުށަހެޅި ފަރާތުގެ ވަކީލު މަރިޔަމް ޝުނާނާވަނީ ވިދާޅުވެފައެވެ.

އެމާއްދާގައި ބުނެފައިވަނީ ކޮންމެ އިންތިޚާބަކަށް ނުވަތަ ރަށްޔިތުންގެ ޚިޔާލް ހޯދުމަށް ކޮންމެ އާއްމު ވޯޓަކާ ގުޅޭގޮތުން އީސީގެ ނިންމުމަކާމެދު ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާމެދު ނުވަތަ އިންތިޚާބާބެހޭކަމެއްގައި ގާނޫނާ ގަވާއިދާއި ޚިލާފަށް ހިގާފައިވާކަމަށް އެފަރާތަކުން ގަބޫލްކުރާކަމަކާމެދު ޝައްކެތް އޮތްނަމަ އެޝައްކުވާކަމަކާމެދު  ގޮތެއް ނިންމައި ދިނުމަށް އެދި އެފަރާތަކުން ހައިކޯޓަށް ހުށަހެޅިދާނެކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

މުލަ ރޯދަަ ދުވަހަކީ ހޯމަ ދުވަސްކަމަށް ކަނޑައަޅައިފި

މިއަހަރުގެ ރަމަޟާންމަހުގެ މުލަ ރޯދަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމުގައި ރަސްމީކޮށް ކަނޑައަޅައިފި އިއުލާންކޮށްފި އެވެ. އިސްލާމިކް ...

ނައިބު ރައީސް ފައިސަލް ނަސީމް ހުޅުމީދުއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމުހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ހުޅުމީދުއަށް ޒިޔާރަތްކުރައްވައިފިއެވެ. ނައިބު ރައީސް  ފައިސަލް ނަސީމް ހުޅުމީދުއަށް ވަޑައިގަތުމަށްފަހު ވަޑައިގެންނެވީ ހުޅުމީދޫ ...

އައްޑޫމީދޫ ދާއިރާގެ ރަށްޔިތުންނަށް ރޮޒެއިނާ ޝުކުރު އަދާކުރައްވައިފި

2014 ވަނަ އަހަރު އޮޕޮޒިޝަން މެމްބަރެއްގެ ގޮތައް މަޖިލިހަށް ކުރިމަތިލައިގެން އައްޑޫމީދޫ ދާއިރާގެ މެމްބަރުން ރޮޒެއިނާއަށް އިތުބާރުކޮށް މީދޫ ...

ވެރިންގެ ތެރެއިން ޤައުމުގެ ޙައްޤުގައި ބަސްބުނީ ރައީސް ޔާމީން އެކަނި – މިނިސްޓަރ ސައީދު

ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި ވެރިންގެ ތެރެއިން ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ބަސް ބުނަން ކެރުނު ހަމައެކަނި ވެރިއަކީ ...

މަސީޙު އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނަން- ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް އެމަނިކުފާނުގެ މައްޗަށް ނަގާނެކަމަށް އިދިކޮޅު ...

ރޮބަޓެއް ބޭނުންކޮށްގެން ގެއްލުނު ކުދީން ހޯދުމުގެ މަސައްކަތްކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި މިދިޔަ ހޮނިހިރުދުވަހު މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ދެ ކުދިން ހޯދުމަށް ޑައިވިން ...