ގެއްލިގެން ހޯދަމުންދާ ޝިމާ- އޭނާގެ އާއިލާއާއި މުޅި މާމެންދޫ އިންތިޒާރު ކުރަމުންދަނީ ޝިމާ ފެންނާނެ ވަގުތަކަށް

Advertisement
Advertisement

ޑިންގީއެއް ބަންޑުން ޖަހާލުމާގުޅިގެން ގެއްލިގެން ހޯދަމުންދާ ޝިމާ ފާއިޒް ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި އަދިވެސް ކުރަމުންދާއިރު އޭނާގެ ޚަބަރެއް އަދިވެސް ނުވެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ޝިމާ ގެއްލުނު ހާދިސާއާއި ގުޅިގެން ޑިންގީ ބަންޑުންޖަހާލިކަމަށްބުނާ ސަރަހައްދާއި އެސަރަހައްދާއި ކައިރި ހިސާބުތަކާއި އެދުވަހުގެ އޮޔާއި ވައިހުރިގޮތުން ޝިމާއާއި އޭނާ ދަތުރުކުރި ޑިންގީ ބެހިގެން ގޮސްދާނެކަމަށް ލަފާކުރެވޭ ހުރިހާ ސަރަހައްދެއްވެސް މިހާރު ބަލާ ފާސްކުރެވިއްޖެކަމަށެވެ. ނަމަވެސް ޝިމާގެވެސް އަދި ޑިންގީގެވެސް އެއްވެސް ނިޝާނެއް އަދި ފެނިފައި ނުވާކަމަށެވެ.

ޝިމާ ހޯދާތާ ހަފްތާއެއް ވާން ގާތްވެފައިވާއިރު އޭނާގެ އާއިލާއާއި މުޅި މާމެންދޫ އިންތިޒާރު ކުރަމުންދަނީ ޝިމާ ފެންނާނެ ވަގުތަކަށެވެ.

ގދ. ފިޔޯރީ އުމުރުން 19 އަހަރުގެ ޝިމާ ގެއްލިފައިވަނީ މިމަހުގެ 22 ވީ ހުކުރު ދުވަހުގެ ރޭ އޭނާއާއި އިތުރު މީހަކު ލ. ކައްދޫއިން ފުރައިގެން އެއަތޮޅު މާމެންދޫއަށް ދަތުރު ކުރަމުންދިޔަ ޑިންގީ ގާދޫ ކަނޑުއޮޅިއަށް ބަންޑުން ޖަހާލުމާ ގުޅިގެންނެވެ. ލ.ކައްދޫއިން ފުރައިގެން އެއަތޮޅު މާމެންދޫއަށް ދަތުރުކުރަމުންދިޔަ ޑިންގީ ބަންޑުން ޖަހާލީ ހުކުރު ދުވަހު އިރުއޮއްސި 6:30 ހާއިރު އެވެ. މިހާދިސާ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވަނީ އެރޭ 9:30 ހާއިރުއެވެ. ޝިމާ ހޯދުމުގެ މަސައްކަތް ވަޔާއި ކަނޑުގެ މަގުން ސިފައިން އަންނަނީ ކުރަމުންނެވެ. އަދި މި މަސައްކަތުގައި މިވަގުތު ރާއްޖޭގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ކުރަމުންދާ ކަމަށްވެސް ސިފައިން ބުނެއެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުވަދު އަތޮޅާއި އައްޑުއާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފި

ހުވަދު އަތޮޅާއި އައްޑުއާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ...

ރައީސް ޔާމީން ވައުދެއްވެއްޖެނަމަ އެވަޢުދެއް ފުއްދަވާނެ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންނަށް ރައްޔިތުން ތާޢީދުކުރަނީ ރައްޔިތުންނަށްޓަކާ ކަންތައްތައް ކޮށްދެއްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ...

މިނިވަންކަޕް 2022 ޔޫތު ޗެލެންޖް- ފުރަތަމަ މެޗް ތަފާތު ބޮޑު ނަތީޖާއަކުން ކްލަބު ލޮތާރިން ކާމިޔާބުކޮށްފި

ކްލަބް ލޮތާރިން ފާހި ސްޕޯޓްސް ކްލަބު ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފި އެވެ. ” މިނިވަންކަޕް 2022 ޔޫތު ...