• Categories
  • Archives

ވީހާވެސް ބޮޑަށް ރޮޒެއިނާއަށް ތާއިދުކޮށް ރޮޒެއިނާއަށް ވޯޓްދެއްވާ- ހިޝާމް

އަޅުގަޑުމެންގެ މުޖުތަމައުގެ ހަމަހަމަކަމާ އަމާންކަން އަދި  އިޖްތިމާއީ ފޭރާން  ގާއިމްކުރުމަށްޓަކައި ސިޔާސީ ފިކުރުން އެއްކިބާވެގެންތިބެ ވީހާވެސް ބޮޑަށް ރޮޒެއިނާއަށް ތާއިދުކޮށް ރޮޒެއިނާއަށް ވޯޓްދެއްވުމަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު ހިޝާމް އަހުމަދު ގޮވާލައްވައިފިއެވެ.

ހިޝާމް މިގޮތައް ގޮވާލެއްވީ ރޮޒެއިނާގެ ކެމްޕެއިންޓީމުގެ ފަރާތުން  މީދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައިބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ސިޔާސީ މަސްރަހު ބަދަލުވެގެންދާއިރު އެއްގޮތަކަށްވެސް ތަޖުރިބާއެއް ނެތްފަރާތަކާ ކަމެއް ހަވާލް ކުރެވިއްޖެނަމަ ހުރިހާކަމެއް ބޮއްސުންލައިގެން ދާތަން ފެނިގެން ދާނެކަމަށާ  މިސަރުކާރުގެ ތެރެއިން އަޅުގަޑުމެންގެ މިދާއިރާއަށް ތަރައްގީ ހޯދަން ބޭނުންކަމުގައިވާނަމަ  އަޅުގަޑުމެންނަށް އޮތީ ރޮޒެއިނާއެކީ މަސައްކަތްކުރުންގައި ހިޝާމު ވިދާޅުވިއެވެ.  ހިޝާމު ވިދާޅުވީ  މީދޫ ދާއިރާގެ ރަށްޔިތުންގެ އުއްމީދު ހާސިލް ކުރުމަށްޓަކައި ރޮޒެއިނާއެކީ މަސައްކަތްކޮށް ވީހާވެސް ގިނައިން ރޮޒެއިނާއަށް ވޯޓް ހޯދުމަށް މަސައްކަތްކޮށް ވޯޓް ފޮށިތައް ފުރާލުމަށެވެ.

” އަޅުގަޑުމެންނަކީ އަޅުގަޑުމެންގެ މުޖުތަމައުގައި ދިރިއުޅޭ ޒުވާނުންނާއިމެދު  ވަރަށްފުންކޮށް ވިސްނާ އެޒުވާނުންނާއިމެދު  ވަރަށްބޮޑެތި އުއްމީދުތަކެއްކުރާ ބައެއް . އެއުއްމީދު ތަކުގައި ކުލަޖެހި އިޖްތިމާއީ ހަމަހަމަކަމާ އިޖްތިމާއީ ފޭރާން ރަގަޅުގޮތުގައި ބެލެހެއްޓޭނީ  ބެލެހެއްޓުންތެރި ލީޑަރ ޝިޕްހުރި ފަރާތެއްގެ ލީޑަރ ޝިޕްގައި މަސައްކަތްކޮށްގެން . މިގޮތުން އަޅުގަޑުގެ ދާއިރާއަށް ކުރިމަތިލާފައިވާ ކެނޑެޑޭޓްގެ ތެރެއިން  ރޮޒޭނާއަށް ބައިއަތު ހިފަން އަޅުގަޑުމެން ޖެހެނީ މީދޫ ދާއިރާއަށް ކުރިމަތި ލައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން  އެފަދަ ލީޑަރަކީ ރޮޒެއިނާކަމަށްވާތީ .  އެހެންކަމުން އަޅުގަޑު ވަރަށްބޮޑަށް އެދެން މިދާއިރާގެ ލޮބުވެތި ރަށްޔިތުން ސިޔާސީ ފިކުރު ތަފާތު ކުރުމެއްނެތި  އަޅުގަޑުމެންގެ މުޖުތަމައުގެ ހަމަހަމަކަމާ އަމާންކަން ގާއިމްކުރުމަށްޓަކައި ވީހާވެސް ބޮޑަށް ރޮޒެއިނާއަށް ތާއިދުކޮށް ރޮޒެއިނާއަށް ވޯޓް ދެއްވުމަށް .” ހިޝާމް އަހުމަދު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ހިޝާމް ވިދާޅުވީ ރޮޒެއިނާ މީގެ ކުރީން މިދާއިރާއަށް އަޅުގަޑުމެން ހޮވީ  ނިމިދިޔަ ސަރުކާރު ޒިންމާދާރުކުރުވުމަށް ، އެކަން ރޮޒެއިނާ ވަރަށް ރަގަޅަށް ކުރައްވާފައިވާކަމަށެވެ.  އެހެންކަމުން މިފަހަރު މިލިބިފައިވާ ފުރުސަތަކީ ރޮޒެއިނާއެކީގައި އަޅުގަޑުމެން ދާއިރާ ތަރައްގީކުރަން ލިބޭ ފުރުސަތުކަމަށާ  މިފުރުސަތުގެ ބޭނުން އަޅުގަޑުމެން ހިފަންޖެހޭނެކަމަށް ހިޝާމް ވިދާޅުވިއެވެ.  ހިޝާމް ވިދާޅުވީ  މީދޫ ދާއިރާގެ ރަށްޔިތުން ރޮޒެނާފަދަ ގާބިލް ކެރޭ ހިތްވަރުގަދަ ހީވާގި އަންހެން ބޭކަބަލާއެކީގައި ދާއިރާ ތަމްސީލް ކުރަން ލިބޭ މިފުރުސަތުގެ  ބޭނުން ނުހިފައިފިކަމުގައިވާނަމަ ދާއިރާގެ ކަންތައްތައް ވެއްޓިގެންދާނޭ އަނދަވަޅެއް ނޭގޭކަމަށެވެ  . އެހެންކަމުން މިފުރުސަތު ނަގާނުލުމަށް މީދޫ ދާއިރާގެ ލޮބުވެތި ރަށްޔިތުންނަށް ހިޝާމް އިއުތިމާސްކުރެއްވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

މީރާ މަސައްކަތް ކުރަނީ ވިޔަފާރިތައް ފުނޑުފުނޑުކޮށްލަން: އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަސައްކަތް ކުރަމުންދަނީ ގާނޫނުތައް އަމިއްލަ ގޮތަކަށް މާނަކޮށްގެން ވިޔަފާރިތައް ފުނޑުފުނޑުކޮށްލުމުގެ ...

ޑރ. މަޖީދު އަވަހާރަވެއްޖެ

ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ އިޚްތިރާމާއި ލޯބި ހޯއްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަންވެސް ...

މިއަދަކީ ބައިނަލަޤްވާމީ ޑައުން ސިންޑްރޯމް ދުވަސް

ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ ބައިނަލަޤްވާމީ ޑައުން ސިންޑްރޯމް ދުވަހަކީ، ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް ލިބެން ޖެހޭ ޙައްޤުތަކާއި ...

އެކެއް ފެބްރުއަރީގެ ބަޣާވާތުގެ ބައިވެރިން ރާވާފައިއޮތީ ރައީސް ހަވަރަށް ދޭން – ޑިފެންސް މިނިސްޓަރ

އެކެއް ފެބްރުއަރީގެ ބަޣާވާތުގައި ބައިވެރިވި މީހުން ރާވާފައިއޮތީ ރައީސް ޢަބްދުﷲ ޔާމީން ހަވަރަށް ދޭންކަމަށް މިނިސްޓަރ އޮފް ޑިފެންސް ...

އީޔޫގެ ލަފަޔާ ދެކޮޅަށް ދިވެހިން އަޑު އުފުލަން ޖެހޭ -ޝެއިޚް އިލްޔާސް

ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލުކޮށް،ސުންނީ މުސްލިން ނޫން މީހުނަށް ...

އެމެރިކާގެ އިލެކްޓްރޯނިކް އުފެއްދުންތައް ތުރުކީން ބޯއިކެޓުކުރަނީ

އެމެރިކާގައި އުފައްދާ އިލެކްޓްރޯނިކް އުފެއްދުންތައް ބޯއިކޮޓް ކުރަން ތުރުކީން ނިންމައިފިއެވެ. ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވި އެމެރިކާއިން އުފައްދާ ...