ކޮންގްރެސް ނުބޭއްވޭނެކަމަށް ފީފާއިން ބުނެފި

މިމަހުގެ 15ވަނަ ދުވަހު ވިކްޓްރީ ސްޕޯޓްސް ކުލަބްއިން އިސްވެ އޮވެ ބާއްވަން މަސައްކަތް ކުރި ކޮންގްރެސް ނުބޭއްވޭނެކަމަށް ފީފާއިން ބުނެފިއެވެ. 15 ކްލަބެއްގެ ސޮޔާ އެކު، އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން ވިކްޓްރީ ސްޕޯޓްސް ކުލަބްއިން އެފްއޭއެމްގައި އެދުމުން، އެކަމަށް ޖާގައެއް ނެތްކަމަށް ބުނެ އެފްއޭއެމްއިންވަނީ އެކޮންގްރެސް ނުބޭއްވޭނެކަމަށް ބުނެފައެވެ. އެފްއޭއެމްއިން ކޮންގްރެސް ނުބޭއްވޭނެކަމަށް ބުނެފައިވަނިކޮށް ވިކްޓްރީ ސްޕޯޓްސް ކުލަބްއިންވަނީ މިމަހުގެ 15ވަނަ ދުވަހު ކޮންގްރެސްއަށް ގޮވާލާފައިއެވެ. ފީފާގެ ޓީމްއެއް ރާއްޖެއައިސްވަނީ  އެފްއޭއެމްގެ މެންބަރު ކުލަބްތަކާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. މިޓީމްގައި ހިމެނެނީ ފީފާ އަދި އޭއެފްސީގެ މެންބަރުންނެވެ.  މިޓީމްއިންވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންއާއި ދެވަނަ ޑިވިޝަން އަދި ތިންވަނަ ޑިވިޝަންގެ މެންބަރު ކުލަބްތަކާއި ބައްދަލުކޮށްފައެވެ.

މިބައްދަލުވުންތަކާއި ބެހޭ ގޮތުން މަޢުލުމާތު ދިނުމަށް އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ފީފާގެ މެންބަރު އެސޯސިއޭޝަންގެ ގަވަނަސް ޑިޕާޓްމަންޓްގެ ސީނިއަރ މޭނޭޖަރ އެރިކްސަން ގޯ ވިދާޅުވީ ކޮންގްރެސްއެއް ބޭއްވުމަށް އެދި ޕެޓިޝަންގައި ސޮއިކުރި ކުލަބްތަކާއި ޕެޓީޝަންގައި ސޮއިނުކުރާ ކުލަބް ތަކުގެ އިތުރުން ޕެޓިޝަންގައި ސޮއިކޮށް، ފަހުން ސޮއި ނަގާފައިވާ ކުލަބްތަކާއި ބައްދަލުކޮށްފައިވާކަމަށެއެވެ. ބައްދަވުންތަކަށްފަހު ފީފާ އަދި އޭއެފްސީއިން ނިންމާފައިވަނީ އެކްސްޓްރާ އޯޑަނަރި ކޮންގްރެސްއެއް ބޭއްވުމަށް ބޭނުންވާ ސޮއި ވިކްޓްރީއަށް ހަމަކުރެވިފައިނުވާކަމަށެވެ. ވޯޓްލެވޭ މެންބަރު ކުލަބްތަކުގެ ތެރެއިން 50 ޕަސެޓްއަސް ވުރެއް ގިނަ ކުލަބްތަކުގެ ސޮއި ހަމަނުވާތީ ވިކްޓްރީ ސްޕޯޓްސް ކުލަބްއިން އެދިފައިގޮތަށް ކޮންގްރެސްއެއް ބޭއްވުމުގެ ފުރުސަތު ނެތްކަމަށް ފީފާއިން ބުނެފިއެވެ. އަދި ކޮންގްރެސް ބޭއްވުމުގެ ޖާގައެއް ނެތުމުން މާދަމާގެ ވަގުތެއްގައި ފީފާއާއި އޭއެފްސީގެ ޓީމް ފުރުމަށްވެސް ހަމަޖެހިފައިވާކަމަށް ފީފާގެ މެންބަރު އެސޯސިއޭޝަންގެ ގަވަނަސް ޑިޕާޓްމަންޓްގެ ސީނިއަރ މޭނޭޖަރ އެރިކްސަން ގޯ ވިދާޅުވިއެވެ. ޕެޓިޝަންގައި ސޮއިކޮށްފައިވާ ކުލަބްތަކުގެ ތެރެއިން 4 ކުލަބްއަކުން ސޮއިނަގާފައިވާކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ. ސީނިއަރ މޭނޭޖަރ އެރިކްސަން ގޯ ވިދާޅުވީ އެ 4 ކުލަބްތަކުގެ ނަމަކީ ސިއްރުކުރެވިފައިވާ ނަމެއްކަމަށާއި އެކަން އެކުލަބްތަކަށްވެސް ޔަގީންކޮށްދީފައިވާކަމަށް، އެހެންކަމުން އެކުލަބްތަކުގެ ނަން ހާމަކުރެވެން ނެތްކަމަށްވެސް ސީނިއަރ މޭނޭޖަރ އެރިކްސަން ގޯ ވިދާޅުވިއެވެ.

ސީނިއަރ މޭނޭޖަރ އެރިކްސަން ގޯގެ ވާހަކައަށްފަހު ބައްސާމް ވިދާޅުވީ ފީފާއާއި އޭއެފްސީގެ ވަފްދުގެ ބޭފުޅުން ވަޑައިގެން ބޭއްވި މަޝްވަރާތަކުން ގިނަ ބައެއްގެ ކަންބޮޑުވުންތަކަށް ނިމުމެއް އައިސްފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުލަބްތަކަށް ހިތްހަމަޖެހުމެއް ލިބި، ކުރިއަށް އޮތް ސީޒަންއަށް ތައްޔާރުވުމަށް ފުރުސަތު ލިބިގެންދާނެކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި މިއަދަށްފަހު ފުޓްބޯޅަ ކުރިއެރުވަށާއި ފުޓްބޯޅަ ތަރައްގީ ކުރުމަށް ކުލަބްތަކާއި މީޑިޔާތަކުން މަސައްކަތް ކުރުމަށްވެސް ބައްސާމް ގޮވާލެއްވިއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު 29 އަރައިފި

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުނގެ ތެރެއިން އިތުރު 9 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ...

ކޮވިޑް 19: މާސްކް އަޅާ – ރައްކާވެ ތިބިއްޔާ ދަތުރު!

ރައްކާވެ ތިބިއްޔާ ދަތުރެވެ. މިއީ ޒަމާނުއްސުރެ އަހަރެމެން އަޑުއަހާ، އެއަށް އަމަލު ކުރަމުންދާ ހަރުބަހެއްކަމީ ދެބަސްވެވެންނެތް ހަގީގަތެކެވެ. މާނައަކީ ...

ސްޕްރިންކޯޓުން ނެރުނު ހުކުމަކީ ހިމޭން ބަޣާވާތެއް- އިމްތިޔާޒް ފަހުމީ

ޕްރައިމަރީގައި ބަލިވިޔަސް އިންތިޚާބުގައި ވާދަކުރެވޭގޮތައް ސްޕްރިންކޯޓުން ނެރުނު ހުކުމަކީ ހިމޭން ބަޣާވާތެއްކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތި ...