• Categories
  • Archives

ސަރުކާރުން އެއްވެސް އަމިއްލަ އެޖެންޑާއެއް ނުގެންގުޅޭ- އެކްޓިންގ ޔޫތު މިސްޓަރ އަލީވަހީދު

Advertisement

ފުޓްބޯޅައަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގައި ސަރުކާރުން އެއްވެސް އަމިއްލަ އެޖެންޑާއެއް ނުގެންގުޅޭކަމަށް އެކްޓިންގ ޔޫތު މިސްޓަރ އަލީވަހީދު ވިދާޅުވެއްޖެވެ.

ޔޫތު މިނިސްޓްރީގައި ބުދަދުވަހު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި  ވާހަކަފުޅު ދައްކަވަމުން އަލީވަހީދު ވިދާޅުވީ ފީފާއިން މިނިސްޓްރީއާއި ބައްދަލުކުރީ ފެކްޓްފައިންޑިންގ ފަރާތެއްގެ ހައިސިއްޔަތުންކަމަށާ އެހެންކަމުން އެފްއޭއެމްއާއި ދޭތެރޭގައިހުރި ހުރިހާ ކަންބޮޑުވުންތަކެއް ހުށަހެޅިކަމަށެވެ. އަދި މިނިސްޓްރީއަށް މިކަން ހައްލުވާނީ ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލެވިގެންކަމަށްވެސް ފާހަގަކުރިކަމަށާ ނަމަވެސް މިނިސްޓްރީން އެކޮމިޓީއަށް ވަކިބަޔަކު ވައްދަން މަސައްކަތް ނުކުރާނެކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި ފީފާއާއި އޭއެފްސީ ގަބޫލް ކުރާފެންވަރުގެ މެޗް ކޮމިޝަނަރުންނާއި ނަޒާހަތްތެރި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ ބޭފުޅުން އެބަތިއްބެވިކަމަށާ ވަކިބަޔަކު ކޮމިޓީއަށްލުމަށް މިނިސްޓްރީން އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށެވެ.

މިނިސްޓަރ އަލީވަހީދު ވިދާޅުވީ އެފްއޭއެމްގެ ރައީސް ބައްސާމް ހިމެނިވަޑައިގަންނަވާ ގޮތައްނަމަވެސް ކޮމިޓީއެއް އެކުލަވާލައިގެން މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރަން ފީފާގައި އެދުނުކަމަށާ ސަރުކާރުން ނުވަތަ މިނިސްޓްރީން މިކަމުގައި މިހާތަނަށް އެއްވެސް ވަރަކަށް ތިންވަނަ ފަރާތެއްގެ ނުފޫޒެއް ފޯރުކޮށްފައިވާކަން ފީފާއިން ހާމަކޮށްފައިނުވާކަމަށެވެ.

” ދިވެހިސަރުކާރުން ނެތޭ އެއްވެސް އެޖެންޑާއެއް . ނޯމަލައިޒިންގ ކޮމިޓީއަށްވެސް ވަކިމީހަކު ލާކަށްނެތިން . މިތާ އެބަތިއްބެވި ފީފާއާއި އޭއެފްސީ ގަބޫލްކުރާ މޮޅެތި މެޗް ކޮމިޝަނަރުން . އައްޑޯއާއި ޝާހިރުއާއި ކުރީގެ ލައިންސްމަނަކަށް އުޅުއްވި ސައީދުއާއި އިންޓަގްރިޓީހައި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ އަދި އެނޫންވެސް ބޭފުޅުން އެބަތިއްބެވި . އަދި ބައްސާމް ހިމެނޭގޮތައްވިޔަސް ޖަވާލައިގެންވިޔަސް އެންމެ ބައިންޑްކޮށްދެއްވާށޭ . އެމަސައްކަތްކޮށްދެއްވާށޭ ފީފާއިން . ސަރުކާރުން 100 ޕަސެންޓް ޔަގީންކަން ދިނިން އިންޓަފިޔަ ނުކުރާނެކަމަށް . އަމިއްލައަށް އެބޭފުޅުން ވިދާޅުމުވުމުގެކުރީން އެބޭފުޅާ ކަންބޮޑުވުމެއް ފާޅެއްނުކުރޭ މިހާތަނަށް . އެއްވެސްވަރަކަށް ވިދާޅެއްނުވޭ ދިވެހިސަރުކާރުން ތާޑްޕާޓީ އިންޓަރފެއާ ކުރިކަމަށް . އެކަމާ ވަރަށް އުފާކުރަން . ” އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިމައްސަލާގައި މިނިސްޓްރީން މިހާތަނަށް ކުރި ކޮންމެ ކަމެއްވެސްކޮށްފައިވަނީ މައްސަލަތަކަށް ހައްލެއްގެނެސް ފުޓްބޯޅައިގެ ހާލަތު ރަގަޅުކުރުމަށްކަމަށާ ނަމަވެސް ފީފާގެ ވަފުދު އައިސްގެންވެސް މައްސަލަތަކަށް ހައްލެއް ނުލިބޭތީ އެކަމާ ކަންބޮޑުވާކަމަށެވެ.

ޚަބަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ޝަމްސުއްދީން ސްކޫލާއި ފޭދޫ ސްކޫލްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ޝަމްސުއްދީން ސްކޫލްގެ 14 އަހަރުން ދަށުގެޓީމް ކުޅުނުމެޗް އެއްވަރުވެގެން ނިމިއްޖެވެ. ...

ފޭދޫ ސްކޫލްގެ ޓީމާ ބައްދަލުކުރިމެޗް ހިތަދޫ ސްކޫލްގެ ޓީމު ކާމިޔާބުކޮށްފި

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނު 16 އަހަރުން ...

މިނިވަންކަޕް 2018 : އެއްވެސްމެޗަކުން ބަލިނުވެ ތައްލިހި ޗެމްޕިއަންކަން ހޯދައިފި

ސ. ހުޅުދޫގައި ބާއްވާ  އަގުބޮޑު ފުޓްސަލް މުބާރާތުގެ ތަށި މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތައްލިހި އުފުލާލައިފި ...

ބެސްޓް ފުޓްސަލް މުބާރާތް 2018- ފައިނަލަށް ޔުނައިޓެޑް ބްރަދާސްއާއި ބްރަދާސް ޔުނައިޓެޑް

މިހާރު ހުޅުމީދޫ ޕޮލިސް ދަނޑުގައި ކުރިއަށްދާ ” ބެސްޓް ފުޓްސަލް މުބާރާތް 2018 ” ގެ ފައިނަލަށް ޔުނައިޓެޑް ...

ބެސްޓް ފުޓްސަލް މުބާރާތް 2018 މިރޭ ފަށަނީ

” ބެސްޓް ފުޓްސަލް މުބާރާތް 2018 ”  ގެ ނަމުގައި ބޭއްވޭ  ފުޓްސަލް މުބާރާތް މިރޭ ފެށުމަށްވަނީ ހަމަޖަހިފައެވެ. ...

އިރުޝާދިއްޔާ ބަލިކޮށް ޝަރަފުއްދީން ފައިނަލަށް

އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރު ފުރާގެ ފައިނަލަށް  ޝަރަފުއްދީން ސްކޫލް ...