މެސީގެ ހެޓްރިކާއެކު 4-1 ގެ ނަތީޖާއަކުން ބާސެލޯނާ އިން ރެއާލްބެޓިކްސް ގެ މައްޗަށް ކުރިހޯދައިފި

ސްޕެނިޝް ލީގުގައި ރެއާލްބެޓިކްސްއާއި ބާސެލޯނާ ވާދަކުރިމެޗު މެސީގެ ހެޓްރިކާއެކު 4-1 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފިއެވެ.

ރެއާލްބެޓިކްސްގެ ދަނޑުގައި ރޭ ކުޅެވުނު މިމެޗް ބާސެލޯނާ ކާމިޔާބުކުރި އިރު، މިމެޗުގައި މެސީ ވަނީ އޭނާ ކެރިއަރުގައި ހެދި 51 ވަނަ ހެޓްރިކް ހަދާފައެވެ.

މިމެޗުން މޮޅުވެ ބާސާ އޮތީ 10 ޕޮއިންޓްގެ ލީޑެއްގައެވެ. އެއީ 28 މެޗުން 66 ޕޮއިންޓް ލިބިގެންނެވެ. ޕޮއިންޓް ޓޭބަލްގެ ދެވާނާގައިއޮތް އެތުލެޓިކޯ މެޑްރިޑް އަށް 28 މެޗުން ލިބިފައިވަނީ  58 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ރެއާލް މެޑްރިޑު 28 މެޗު ކުޅުނު އިރު،  އެޓީމަށް ލިބިފައިވަނީ  54 ޕޮއިންޓެވެ.

ރޭގެ މެޗުގައި ބާސެލޯނާ ފުރަތަމަ ލީޑު ނެގީ މެޗްގެ 18 ވަނި މިނިޓްގައި މެސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި މެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމެމުންދަނިކޮށް  45 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީވެސް މެސީއެވެ.

ދެ ދަނޑުގެ ލީޑަކާއެކު ބާސެލޯނާ އިން ފުރަތަމަ ހާފް ނިންމާލި މިމެޗްގެ ދެވަނަ ހާފްގެ ކުޅުން ފަށައިގެން 63 ވަނަ މިނިޓްގައި ސުވަރޭޒްވަނީ ބާސެލޯނާގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިމެޗްގައި ރެއާލްބެޓިކްސްއިން ކާމިޔާބުކުރި ހަމަ އެކަނި ލަނޑު 82 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މޮރޯންއެވެ.

ރެއާލްބެޓިކްސްއިން މި ލަނޑު ކާމިޔާބުކުރިތާ 2 މިނިޓްފަހުން ރޭގެ މެޗްގައި ތަފާތު މޮޅުކުޅުމެއްދެއްކި މެސީ މިމެޗްގައި ކާމިޔާބުކުރި ތިންވަނަ ލަނޑު 85 ވަނަ މިނިޓްގައި ކާމިޔާބުކޮށް މިމެޗްގައި ހެޓްރިކްހަދާ މެޗްގެ ނަތީޖާ 4-1 ބަދަލުކޮށްދީފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިޓީގެ ސާނޭ ގަތުމަށް ކުރަންޖެހޭ މަސައްކަތް ބަޔާނުން ފަށައިފި

މެންޗެސްޓަރ ސިޓީގެ ސާނޭ ގަތުމަށް ކުރަންޖެހޭ މަޝްވަރާތައް ބަޔާން މިއުނިކުގެ އިސްވެރީން ފަށައިފިއެވެ. ޖަރުމަނުގެ ސާނޭއަކީ މިދިޔަ ޖަނަވަރީގެ ...

ޖަޕާނުން ޖަރުމަނު ބަލިކޮށް ހައިރާންކަން ގެނުވައިފި، ވޯލްޑްކަޕުގައި ގަދަބާރުތަކަށް ދަށް ފެށުމެއް!

ގަތަރު ވޯލްޑްކަޕް 2022 ގައި މިއަދު އޭޝިއާގެ ގަދަބާރު ޖަޕާނުން ފަހަތުން އަރާ 4 ފަހަރުގެ ޗެމްޕިއަން ޖަރުމަނު ...

ސްޕެނިޝް ކަޕްގެ ސެމީފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

ސްޕެނިޝް ކަޕްގެ ސެމީފައިނަލަށް ބާސެލޯނާ  ދަތުރުކޮށްފިއެވެ.  ބާސެލޯނާ ސެމީފައނަލަށް ދަތުރުކުރީ ރޭ  ކުޅެވުނު ކުއާޓާފައިނަލްގެ ދެވަނަ ލެގުގެ މެޗް ...