87 ގޮނޑީގެ ތެރެއިން ހަ ގޮނޑިވެސް އެބޭފުޅުންނަށް ނުނެގޭނެ. – ނަޝީދު

Advertisement

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅިގެން މަޖިލީހުގެ ހަ ގޮނޑިވެސް ކާމިޔާބު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި ކެންޑިޑޭޓު އަލީ ނިޔާޒުގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި އިރު ވައުދުތަކެއްވެ އެއްބަސްވުންތަކެއް ވެފައިވާނެ ކަމަށެވެ.

އެގޮތުން މަޖިލިސް އިންތިހާބުގައިވެސް އަދި މަޖިލީހުގެ ތެރެއިން ވެސް ކަންކަން ކުރުމަށް އެއްބަސްވި ނަމަވެސް އެކަން އިންތިހާބަށްފަހު މަޖިލީހުގެ ތެރެއިން ނުފެނުނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކޮރަޕްޝަނާއި ވައްކަން ހުއްޓުވަން ވީ ވައުދުވެސް ހަނދާން ނައްތާލައިފި ކަމަށާއި އަދި އެކަންކަން ބަލަން އުފެއްދި ކޮމިޝަންތަކަށް ބާރުތައް ދިނުމަށް މަޖިލީހަށް ހުށަހެޅުމުން އެކަމަށްވެސް މަޖިލިސް ތެރެއިން އެއްބާރުލުން ނުދިންކަމަށް ނަޝީދު ވިދާޅުވިއެވެ.

”ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެވަޑައިގަންނަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކުގައި އިއްތިހާދުވެ ވަޑައިގަންނަވައިގެން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން މަސައްކަތް ކުރަމުން. އަޅުގަނޑުމެންނަށް އެނގޭ ނުހޮވޭނެކަން. އެކަމާ މެދު އަޅުގަނޑުގެ ހިތުގައި ޝައްކެއް ނުއުފެދޭ. އެއްވެސް ހާލެއްގައި ޝައްކެއް ނުއުފެދޭ. އަޅުގަނޑު މި ދަންނަވަނީ ޕީޕީއެމާ އެކުގައި އިއްތިހާދުވެގެން 87 ގޮނޑީގެ ތެރެއިން ހަ ގޮނޑިވެސް އެބޭފުޅުންނަށް ނުނެގޭނެ. ” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ވައުދެއްވެއްޖެނަމަ އޭގެ އަނެއްކޮޅުވެސް އޮންނަންޖެހޭނެ ކަމަށާއި ދެބަޔަކު އެއްބަސްވުމަކަށް އަންނަނީ ހާއްސަ ކަންތައްތަކެއް އެކުގާ ކުރުމަށް ކަމަށެވެ. އެކަންތައްތައް ކުރުމަށް ފުރަގަސްދޭ ހިސާބުން އެހެން ކަންތައްތަކާ ގުޅޭ ގޮތުންވެސް ޝައްކު އުފެދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސާވިސް ޗާޖުދޭން މަޖުބޫރުވާ އިސްލާހެއް ހުށައަޅައިފި

ސާވިސް ޗާޖުދޭން މަޖުބޫރުވާނެ އިސްލާހެއް ވަޒީފާއާ ބެހޭ ގާނޫނަށް އިއްޔެ ހުށައަޅައިފި އެވެ. އިއްޔެ މަޖިލީހުގައި ފުރަތަމަ ކިޔުން ...

އައްޑޫދެކެ ލޯބިވާ ރައީސެއް ލިބުމަކީ ލިބުނު ނިޢުމަތެއް: ނިހާދު

އައްޑޫ ދެކެ ލޯބިވާ ހެޔޮ ރައީސެއް ލިބުމަކީ ލިބުނު ނިއުމަތެއް ކަމަށާ އައްޑޫއަށްޓަކައި ރައީސް ސާލިހާއެކު ތިބުން ލާޒިމުކަމަށް ...

މަސައްކަތް ކުރާނީ ލޮކްޑައުންއަށް ނުގޮސް ބަލި ކޮންޓްރޯލް ކުރަން: ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އިތުރު ލޮކްޑައުނަކަށް ނުގޮސް ކޮވިޑް-19 ކޮންޓްރޯލް ކުރެވޭތޯކަމަށް  ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ...