ހުޅުދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު އެމްޑީޕީއަށް ސޮއިކުރައްވައިފި

Advertisement

ހުޅުދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

އަލީ މުހައްމަދު އެމްޑީޕީއަށް ރޭ ސޮއިކުރައްވާފައިމިވަނީ ރަށްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ކެމްޕެއިން ހުޅުދޫގައި ވަރަށްބޮޑަށް ވާދަވެރިކަމާއެކުރިއަށް ކުރިއަށް ދާ ދުވަސްކޮޅެއްގައެވެ. އަދި ހުޅުދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް މެމްބަރު ޝާހިދުގެ ކެމްޕެއިންޓީމުގައި ވަރަށް އިސްދައުރެއް އަދާކުރައްވަމުން އައުމަށްފަހުގައެވެ.

އަލީ މުހައްމަދަކީ މީގެ ކުރީންވެސް އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އަލީ މުހައްމަދު ހުޅުދޫއާއި މީދޫގެ ކައުންސިލަރެއްގެ މަގާމަށް އިންތިޚާބުވެފައިވަނީވެސް އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުރެގެންނެވެ. އެމަގާމުގައި ހުންނަވައިގެން ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވެ ޕީޕީއެމްއަށް ވެރިކަން ލިބުމުން އަލީ މުހައްމަދު އެމްޑީޕީން ވަކިވެ ޕީޕީއެމްއާއި ގުޅިފައިވަނީ 28 އެޕްރީލް 2015 ވަނަ ދުވަހުއެވެ.

ސިޓީކައުންސިލްގެ ހުޅުމީދޫ ދާއިރާގެ މެމްބަރުކަމުގެ ދައުރު ހަމަވެ 2017 ވަނަ އަހަރު ބޭއްވުނު ކައުންސިލް އިންތިޚާބްގައި ހުޅުދޫ ދާއިރާއަށް އަލީ މުހައްމަދު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވައިގެން ނާކާމިޔާބުވެފައިވަނީ އިބްރާހިމް ޝުކުރީއާއި ވާދަކޮށްގެންނެވެ. އެ އިންތިޚާބުގައި އަލީ މުހައްމަދަށް 666 ވޯޓް ލިބިފައިވާއިރު އިބްރާހިމް ޝުކުރީއަށް ލިބިފައިވަނީ 906 ވޯޓެވެ.

2017 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބުން އަލީ މުހައްމަދަށް ނާކާމިޔާބު ލިބުނު ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ހުޅުދޫގައި އަލަށް އުފެއްދި ހައުސިންގ މިނިސްޓްރީގެ ހުޅުދޫއާއި މީދޫގެ ކަންތައްތައް ބަލަހައްޓާ އޮފީހުގެ އިސްވެރިޔާގެ މަގާމް ޔާމީންގެ ސަރުކާރުން އަލީ މުހައްމަދަށް ވަނީ ދެއްވާފައެވެ.

Advertisement

މިދިޔަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުން ޕީޕީއެމް ބަލިވުމާއެކު އަލީ މުހައްމަދު  ހައުސިންގ މިނިސްޓްރީގެ އޮފީހުގައި އަދާކުރައްވަމުން ގެންދެވި ވަޒީފާއިން އިސްތިއުފާ ދެއްވުމަށްފަހު ވަޒީފާ އަދާ ކުރައްވަމުން ގެންދަވަނީ އިސްމެހެލާ ރިސޯޓްގައެވެ.

އަދި ރިޔާސީ އިންތިޚާބުން ޕީޕީއެމް ބަލިވުމާއެކު  ޕީޕީއެމްއިން ވަކިވެ ކުރީގެ ނާއިބް ރައީސް އަދީބުގެ ޕާޓީ އެމްޓީޑީއާއި  އަލީ މުހައްމަދުވަނީ ގުޅިފައެވެ. އެމްޓީޑީއާއި ގުޅިގެން މިވީ މަދުދުވަސް ކޮޅުގެ ތެރޭގައިވެސް އަލީ މުހައްމަދު މަސައްކަތް ކުރައްވަމުން ގެންގޮސްފައިވަނީ ހުޅުދޫދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝާހިދުގެ ޓީމާއެކުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19: ކެފޭ ރެސްޓޯރަންޓް ތަކުގައި ޝީޝާ ބުއިން މަނާކޮށްފި

ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރެންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުން ...

ކޯވިޑް-19 : އިތުރު 8 މީހަކު ޕޮޒިޓިވް ވެއްޖެ

އިތުރު 8 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 137 އަށް އަރައިފިއެވެ. ...

ދަމަނަވެށީގެ އޮފީސް ފަޅާލައިގެން ވައްކަންކޮށްފި

އައްޑޫސިޓީ މަރަދޫފޭދޫ ދަމަނަވެށީގެ އޮފީސް ފަޅާލާ އެތަނުން ވައްކަން ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ހުކުރު ދުވަހުގެރޭ އެތަން ފަޅާލައިގެން ...