ރައީސް ސޯލިހު ހިތަދޫގެ ފެނަކައިގެ އޮފީހަށް ވަޑައިގެން ކަރަންޓުގެ މައްސަލަ ހައްލުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި

Advertisement

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް، ފެނަކައިގެ އިސްވެރިންނާއި މިއަދު މަޝްވަރާ ކުރައްވައިިފިއެވެ.

މި މަޝްވަރާތަށް ރައީސް ސޯލިހު ކުރައްވާފައިވަނީ މިއަދު އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ހުންނަ ފެނަކައިގެ އޮފީހަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސްގެ ފެނަކައަށް ކުރެއްވި  މި ޒިޔާރަތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުއާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހިތަދޫ ފެނަކައިގެ އޮފީހަށް ރައީސް ކުރެއްވި މި ޒިޔާރަތުގައި އައްޑޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައިގެ މައުލޫމާތު އޮޅުންފިއްލުވާ އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވަނީ މަޝްވަރާ ކުރައްވާފައެވެ.

ރައީސް އައްޑޫގެ ފެނަކައިގެ އޮފީހަށް ވަޑައިގެންނެވިއިރު، މި ދުވަސްވަރަކީ އައްޑޫގެ ކަރަންޓުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ދުވަސްވަރެކެވެ. މިގޮތުން ކޮންމެ ދުވަހަކު އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ  އެކި ހިސާބުތަކުން އެކިވަގުތު ކަރަންޓު ކެނޑޭއިރު އާއްމުންނަށް މިކަމުގެ ސަބަބުން ގިނަ ދަތިތަކަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން މިހާރު ވަނީ އައްޑޫސިޓީއަށް 1.2 މެގަވޯޓު ޖަނަރޭޓަރަކާއި 800 ކިލޯވޯޓްގެ ދެ ޖަނަރޭޓަރުގެ އިތުރަށް 2000 ކިލޯވޯޓު ޖަނަރޭޓަރަކާއި 1500 ކިލޯވޯޓުގެ ދެ ޓްރާންސްފޯމަރ ފޮނުވުމަށް ނިންމާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައްޔިތުން ނިންމާ ނިންމުމަކަށް، އިޚުތިރާމްކޮށް ޤައުމާއިގެން ކުރިއަށް ދާންޖެހޭ: ނައިބް ރައީސް

މިއަދުގެ ވޯޓުލުން ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް ރައްޔިތުން ނިންމާ ކޮންމެ ނިންމުމަށް އިޚުތުރާމުކޮށް ޤައުމާއިގެން ކުރިއަށް ގެންދަން ...

އައްޑޫގެ މަގުހެދުން ދަނީ ޕްލޭނާއި އެއްގޮތަށް- އަކްރަމް

އައްޑޫ ސިޓީގެ މަގުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވަމުންގެންދަވާކަމަށާއި އެމަސައްކަތާއި މެދު ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ...

އައްޑޫ ޕޮލިސް އެކެޑަމީއަށް އެއް އަހަރުފުރުން ފާހަގަކޮށްފި

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސިޕޯލް) އަށް އެއް އަހަރު ...