• Categories
  • Archives

ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ވޯޓެއް ނަގަން ޖެހޭ

Advertisement

ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި ގޮތެއް ނިންމާނީ ރައްޔިތުންގެ ވޯޓުން ކަމަށާއި ރައްޔިތުން ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް، އެގޮތަކަށް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައު މައްޗަންގޮޅި މެދުދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން މެދުގައި ބޭއްވި ބަހުސްގައި އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ވިދާޅުވީ މިހާރު އަމަލުކުރަމުން ގެންދާ ގާނޫނު އަސާސީއަކީ ވަރަށް ޒަމާންވީ ހުދުމުހުތާރު ރިޔާސީ ނިޒާމަކާ އިދިކޮޅަށް ހިނގި ހަރަކާތެއްގެ ތެރެއިން ލިބުނު އެއްޗެއް ކަމަށެވެ.

ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތްއިރު، ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގައި ބާރުވެރިކަން ވަރަށް ބޮޑު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެ ކަމަށް އެމްޑީޕީއާ އިދިކޮޅު ބައެއް ޕާޓީތަކުން ބުނަމުންދާއިރު، ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ގެންނަ ބަދަލެއް ކަނޑައަޅާނީ ރައްޔިތުންގެ ވޯޓުން ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ ވޯޓުން ވެރިކަމުގެ ނިޒާމުގެ ގޮތުގައި ރިޔާސީ ނިޒާމު ކަނޑައެޅިގެން ދިޔަ ކަމަށާއި، ނަމަވެސް މިއަދު ރައްޔިތުން ބޭނުންވާ ގޮތް ދެނެގަތުމަށް ރައްޔިތުންގެ ވޯޓަކަށް ދާން ޖެހޭ ކަމަށެވެ.

“[ވެރިކަމުގެ ނިޒާމުގެ] ވޯޓަށްފަހު ރިޔާސީ ނިޒާމެއްގެ ގޮތުގައި ވެރިކަމުގެ ނިޒާމް ކަނޑައެޅިގެން ދިޔައީ، އަޅުގަނޑުމެން މިއަދުވެސް އަމަލުކުރަންޖެހޭ ގޮތްތައް އަލުން އަނބުރާ ދެނެގަތުމަށް ޖެހޭނީ ރައްޔިތުންގެ ވޯޓަށް އަޅުގަނޑުމެންދާން، ރާއްޖޭގެ ރައްޔިތުން މިރާއްޖޭގައި އޮތުމަށް ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ކަނޑައަޅައިފިނަމަ އެގޮތަށް އަމަލު ކުރަން އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ތައްޔާރަށް، ރާއްޖޭގެ ރައްޔިތުން އެހެން ގޮތަކަށް އަމަލު ކުރިނަމަވެސް މިހުރީ ތައްޔާރަށް،” އެމަނިކުފާނު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މުޅި ސިޔާސީ ހަޔާތް ހޭދަކުރައްވަމުން ގެންދެވީ ދިވެހިރާއްޖޭގައި ސުލުހަވެރި ސިޔާސީ ހަރަކާތް ހިންގުމާއި އެ ހަރަކާތަކީ ރައްޔިތުންގެ ބައިވެރިވެގެން ހިންގޭ ނިޒާމަކަށް ހެދުމަށް ކަމަށެވެ. ދިވެހިރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް އެކަށައެޅިފައިވާ ކަމަށާއި ދިވެހިރާއްޖޭގެ އާމްދަނީ 7 ބިލިއަނުން 30 ބިލިއަން ރުފިޔާއަށް އެމްޑީޕީއަށް ގެނެވިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެމްޑީޕީން އިންތިޚާބަށް ނުކުތީ އެޖެންޑާ 19 އާއެކުގައި ކަމަށާއި އެމްޑީޕީން ނުކުތީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަން ފުއްދައި ދިނުމަށް ކަމަށާއި، ވަޒީފާ ހޯދައި ދިނުމަށާއި ރައްޔިތުންގެ މައްސަލަތައް ހައްލުކުރެއްވުމަށެވެ.  

އެމަނިކުފާނުގެ ވެރިކަން ބަދަލުކޮށްފައިވާއިރު، ނަޝީދު ވިދާޅުވީ އިތުރު ބަޣާވާތަކަށް އަދި ދީނުގެ ނަން ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ޚިލާފު އުފައްދާކަން ޖާގައެއް ނުދެއްވާނެ ކަމަށެވެ. 

އެއްވެސް ހާލެއްގައި އަޅުގަނޑަކީ ވޯޓު ލުމަކީ ދީނާ ގުޅޭ ކަމެއް ނޫން ކަމަށް މީގެ ކުރިން ވާހަކަ ދައްކާފައިވާ މީހެއް ނޫން. އަދި އެ ވާހަކަތައް ދެއްކުމަށް ފަހުގައި ދެން މިތަނަށް ވަޑައިގެން ވޯޓެއް ދެއްވުމަށް އެދި ވާހަކަ ދެއްކެވުމުގެ ހުތުރު އަމަލު ވެސް އިރާދަކުރެއްވިޔާ އަޅުގަނޑެއް ނުކުރާނަން،” އެ މަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓަކަށް ބަހުގެ ހަމަލާ ދެއްވުމުގެ ގޮތުން ވިދާޅުވި އެވެ. 

އެގޮތަށް ވާހަކަ ދައްކަވާފައިވާ ބޭފުޅުން މިހާރު އިންތިޚާބަށް ނުކުމެ ވަޑައިގެން ރައްޔިތުންގެ ގާތު ވޯޓު ހޯއްދަވަން އެއްގޮތަކަށް ވެސް އައްސަވައިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ފަނޑިޔާރުން އުމުރަށް މަގާމުގައި ތިބެންޖެހޭ ގޮތަށް ހަދައި، ރަނގަޅު މުސާރައެއް ކަނޑައެޅުނު ކަމަށާއި، ނަމަވެސް އެ ބަދަލުތަކުން ވެސް ރައްޔިތުން ބޭނުންވާ އިންސާފު ނުލިބޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ، ޖޭއެސްސީ ބަދަލުވާން ޖެހޭ ކަމަށާއި  ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޖުޑީޝަރީން ވަކިކޮށް ވަކިން ހިންގާ ތަނެއްގެ ގޮތަށް ބަދަލުވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެމްޑީޕީން މަސައްކަތްކުރަނީ އިންސާފު ހޯދައި ދިނުމަށްކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ، ގެއްލުވާލާފައިވާ މީހުންނާއި މަރުގެ މައްސަލަތަކުގެ ހަގީގަތް ހޯދުމަށް އެޖެންޑާ 19 ގައި ކަނޑައަޅާފައިވާނެ ކަމަށެވެ. ގޭންގުތަކުގެ ހަރަކާތްތައް އެއްގޮތަކަށް ވެސް ބަލައި ނުގަނެވޭ ކަމަށާއި ނަމަވެސް، ގޭންގުތައް އުފެދެން މެދުވެރިވާ ސަބަބުތައް ދެނެގަންނަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

އޭޕްރީލް 6 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިފި ނަމަ ރާއްޖެއަކީ ސުލުހަވެރި ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މަސްދަރު: ރާއްޖެ އެމްވީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު ދިވެހި ޕައިލެޓަކާއެކު މިމަހު 18 ގައި އާ ރަންވޭއަށް ޖައްސާނެ

ދުނިޔޭގެ އެންމެ ބޮޑު އެއް މަތިންދާ ބޯޓު އިއްތިހާދު އެއާވޭސްގެ އޭ380-800 ގެ ފްލައިޓް މި މަހުގެ 18 ...

އަޅުގަނޑާ އެކީ އުއްމީދު ކުރައްވާނަމަ، އެއުއްމީދުގައި ކުލަ ޖެހޭނެ – ރައީސް ޔާމީން

އަޅުގަނޑާ އެކީ އުއްމީދު ކުރައްވާނަމަ، އެއުއްމީދުގައި ކުލަ ޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ...

ސައިކަލް އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެ، އެކަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލައިފި

މީދޫގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން ތިބި ދެ މީހުންނަށް އަނިޔާވެއްޖެ އެވެ. އިއްޔެ ...

މަރަދޫ ބޮޑުމަގުގައި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ މަރަދޫ ބޮޑު މަގުގައި ސައިކަލަކާ ކާރެއްޖެހި އެކްސިޑެންޓެއް ހިގައިފިއެވެ. ރޭ 10:00 ހާއިރު މަރަދޫ ގްލެޑްކެފޭ ...

ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރާނެކަމަށް ނަޝީދު ވިދާޅުވެއްޖެ

ދިވެހިރާއްޖޭގައި އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރައްވާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަޢުދުވެވަޑައިގެންފިއެވެ. “ޖަޒީރާ ރައީސް” ...

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމުގެ ފަތްކޮޅު ޝަރީފަށް ރައީސް އަރުވައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އަހުމަދު ޝަރީފު ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފިއެވެ. ޝަރީފު މެންބަރު ...