މީދޫ ގެއަކަށް ވަދެ، ދެ އަންހެނަކަށް އަނިޔާ ކުރިމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Advertisement

ސީނު މީދޫ ސަންބީމުއަށް ރޭ ދަންވަރު މީހަކު ވަދެ، އެގޭ ރަމީޒާއާއި ރަމީޒާގެ މަންމަ ފާތުމަތުދީދީ އަނިޔާކޮށްފިއެވެ.

މީދޫ ސަންބީމް އަށް ވަދެފައިވާ ކަމަށް މައުލޫމާތު ލިބިފައި ވަނީ ރ. އަލިފުށީ ވަފާ، އަލީ ނަސީމެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި  ނަސީމަކީ ރަމީޒާ ކުރީގެ  ފިރިމީހާއެވެ،

ނަންހާމަކުރަން ނޭދޭ މީދޫ މީހަކު ބުނެފައި ވަނީ ނަސީމް ރަމީޒާ ބިންމައްޗަށް ވައްޓާލުމަށް ފަހު އަނިޔާކުރަމުން ދަނިކޮށް، ރަމީޒާގެ މަންމަ ފާތުމަތުދީދީއަށް ފެނުމުން އެކަން ހުއްޓުވުމަށް ފާތުމަތުދީދީ  މަސައްކަތް ކުރުމުން ފާތުމަތުދީދީއަށްވެސް ނަސީމު  އަނީޔާކޮށްފައިވާކަމަށެވެ.

“ނަސީމް ރަމީޒާ ބިންމައްޗަށް ވައްޓާލުމަށް ފަހު އަނިޔާކުރަމުން ދަނިކޮށް، ފާތުމަތުދީދީއަށް ފެނުނީ. ފާތުމަތުދީދީ އެކަން ހުއްޓުވަން މަސައްކަތް ކުރުމުން ފާތުމަތުދީދީ އަށްވެސް ނަސީމު އަނިޔާކުރީ،” މީދުން މައުލޫމާތު  ދެއްވި މީހާ ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި ނަސީމުގެ ކުރީގެ އަނބިމީހާއި ރަމީޒާއާއި  އޭނާގެ މަންމަ ފާތުމަތުދީދީއަށް  ނަސީމް ކޮށްފައިވާ އަނިޔާތަކަށް ރޭ ސިއްހީމަރުކަޒުގައި ފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ.

މިމައްސަލަ ރޭ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމުން ޕޮލިސް ސްޓޭޝަނުންވަނީ ރޭ ނަސީމް ހޯދާ ޕޮލިހުންގެ ބެލުމުގެ ދަށަށް ނަސީމު ގެންގޮސްފައެވެ،

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫގެ 11 މަގެއްގައި ތާރުއަޅަން ހަމަޖައްސައިފި

އައްޑުއަތޮޅު ހިތަދޫގެ 11 މަގެއްގައި ތާރު އަޅައިގެން އެމަގުތައް ހަދަން ނިންމާ އެމަގުތަކުގެ ތެރެއިން ބައެއް މަގުތަކުގެ މަސައްކަތް ...

ހަސަން ކުރުސީގެ އެކައުންޓް ސަސްޕެންޑްކޮށްފި

“ހަސަން ކުރުސީ” ގެ ނަމުގައި “އެކްސް” ގައި ރާއްޖޭގެ ކަންކަން ވިސިލްބްލޯ ކުރުމާއި ފާޑުކިޔުންތައް ކުރިޔަށް ގެންދިޔަ އެކައުންޓް ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 11 ޑިސެމަބަރ 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...