މިގޮޑީގައި އަޅުގަޑު ބައިންދައިފިނަމަ މިގޮޑި ނީލަމުގައި އިންނަދުވަހެއް ތިޔަބޭފުޅުންނަށް ނުފެންނާނެ- ރޮޒެއިނާ

މީދޫއާއި ވަރަށްބޮޑު އާއިލީގުޅުމެއް އޮންނަކަމަށާ މަރަދޫފޭދޫއަށް ބަލާއިރު މަރަދޫފޭދޫގެ ރަށްޔިތުންނާއި ހިތާހިތުގެ ގުޅުމަކުން ގުޅިފައިވާކަމަށް ރޮޒެއިނާ އާދާމް ވިދާޅުވެއްޖެވެ .

ރޮޒެއިނާ މިހެން ވިދާޅުވީ މިމަހުގެ 25 ވަނަދުވަހު ޕީއެސްއެމްއިން ކުރިއަށް ގެންދެވި ރަށްޔިތުންގެ މަޖިލިހުގެ އައްޑޫމީދޫދާއިރާގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އައްޑޫގެ ރަށްޔިތުންނަކީ އަބަދުވެސް ވަޠަނީބައެއް ، އަދި  އައްޑޫގެ އާއިލާތަކަކީ ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް އޮތްކަމުގައިވިޔަސް އަބަދުވެސް ގާތްގުޅުމެއް ބާއްވަމުންދާ ބައެއްކަމަށްކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ  އެކަން  އެކަމަނާ ތަޖުރިބާކޮށްފައިވާކަމަށެވެ.

” އަޅުގަޑު އުފަލާއެކީގައި އަޅުގަޑުގެ ދާއިރާގެ މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ އައްޑޫ މީދޫދާއިރާގެ ގޮޑީގައި އަޅުގަޑު ދެންވެސް ބައިންދައިފިކަމަށް ވަންޏާ ތިޔަބޭފުޅުންގެ ތިގޮޑި ނީލަމުގައި އިންނަދުވަހެއް ކުރިއަށްއޮތް މުސްތަގުބަލުގައި ނާންނާނޭ .” ރޮޒެއިނާ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމް.ޓީ.ސީ.ސީގެ އުނޅަދު ފަހަރުގައި މުދާ އުފުލުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފި

ހުޅުމީދޫގައި އޮފަރޭޓްކުރާ އެމް.ޓީ.ސީ.ސީގެ އުނޅަދު ފަހަރުގައި މުދާ އުފުލުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފިއެވެ. ކުރިއާއި ހިލާފަށް މިހާރު ...

އީސީގެ ކުރީގެ ނާއިބު ރައީސް ފަޔާޒު މަޖިލިހަށް ކުރިމަތިލައްވަނީ

Advertisement އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ނާއިބު ރައީސް އަޙުމަދު ފަޔާޒު މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ...

ލޮކްޑައުންގެ މުއްދަތަށް އިތުރު 14 ދުވަސް!

މާލޭގައި ކޮމިއުނިޓީ ސްޕްރެޑްއަކަށް ބަދަލުވެފައިވާ ކޮރޯނާ ވައިރަސް، ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ފިޔަވަޅުތަކުގެ ދަށުން މާލެ ...