ހުޅުދޫ ސްކޫލް ބަލިކޮށް 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހިތަދޫ ސްކޫލް ހޯދައިފި

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަން ކަން ހިތަދޫ ސްކޫލް ހޯދައިފިއެވެ.
ހިތަދޫ ސްކޫލްގެ 12 އަހަރުން ދަށުގެ ޓީމް ޗެމްޕިއަންކަން ހޯދީ މިމަހުގެ 28 ވަނަ ދުވަހު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައި ކުޅެވުނު ފައިނަލު މެޗުގައި ހުޅުދޫ ސްކޫލްގެ ޓީމާއި ބައްދަލުކޮށް 2 ލަނޑު 1 ލަނޑުން މޮޅުވެގެންނެވެ.

ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވުނު މިމެޗުގައި ހިތަދޫ ސްކޫލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 7 ވަނަ މިނިޓްގައި ކާމިޔާބޮށްދިނީ އަހުމަދު މައިމޫނު ރޫހުލް އަމީނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގެ ކުޅުން 1 ލަނޑު 0 ލަނޑުގެ ލީޑަކުން ހިތަދޫސްކޫލް ކުރިހޯދައިގެން ނިމުނުކަމުގައި ވިޔަސް ފުރަތަމަ ހާފްގެ ކުޅުމުގައި ހުޅުދޫ ސްކޫލްގެ ކުޅުންތެރީންނަށްވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭނުން ނުކުރެވިދިޔަތަން ފެނިގެންގޮސްފައިވެއެވެ.

ދެވަނަ ހާފުގެ ކުޅުންފަށައިގެން 28 ވަނަ މިނިޓްގައި ހުޅުދޫ ސްކޫލްގެ ލަޔާން އަސްލަމުވަނީ ލަނޑެއް ކާމިޔާބުކޮށް  މެޗްގެ ނަތީޖާ 1-1 ން އެއްވަރުކޮށްދީފައެވެ.

އެހެންނަމަވެސް މެޗްގެ 33 ވަނަ މިނިޓްގައި ހިތަދޫ ސްކޫލްގެ އަހުމަދު އަލްވިން ހަސަން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާވަނީ 2-1 އަށް ބަދަލުކޮށްފައެވެ.

މިމެޗްގެ ފުރިހަމަ ވަގުތުހަމަވެގެންދިއުމުގެ ކުރީން ހުޅުދޫ ސްކޫލްގެ ކުޅުންތެރީން އިތުރު ލަނޑެއް ކާމިޔާބުކުރެވޭތޯ ވަރަށްބޮޑަށް މަސައްކަތްކޮށް ލަނޑު ޖަހާނެ ފުރުސަތުތައްވެސް ހޯދާފައިވެއެވެ، އެހެންނަމަވެސް މެޗްގެ ފުރިހަމަ ވަގުތު ހަމަވެގެންދިޔައީ އެޓީމަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ން ހިތަދޫ ސްކޫލް މޮޅުވެގެންނެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި ހިތަދޫ ސްކޫލްގެ ޓީމާއި މެޑަލްއާއި ޓްރޮފީ ހަވާލްކޮށްދެއްވީ އައްޑޫސިޓީގެ ޑިޕިއުޓީ މޭޔަރެވެ.

މިމެޗްގެ މޭން އޮފްދަމެޗަކަށް ހޮވިފައިވަނީ ހިތަދޫ ސްކޫލްގެ އަހުމަދު މައިމޫނު ރޫހުލް އަމީނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 : ހުޅުދޫ ޒުވާން ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ

މީދޫގައި މިހާރު ހިގަމުންދާ 20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ފުޓްބޯޅަ މުބާރާތުގައި ހުޅުދޫ ...

އެމްބޯލޯގެ ލަނޑުން ކެމަރޫންގެ މައްޗަށް ސްވިޒަލޭންޑުން ކާމިޔާބު ހޯދިއިރު އުރުގުއޭއާއި ދެކުނު ކޮރެއާ އެއްވަރު

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ބުރާސްފަތި  ދުވަހު ކުޅެވުނު މެޗުތަކުގައި ސްވިޒަލޭންޑުން ކެމަރޫން ބަލިކުރިއިރު އޭޝިއާގެ ގަދަބާރެއް ކަމުގައިވާ ދެކުނު ...

ވޮލީބޯޅަ ކަލަންޑަރު އެކުލަވާލައިފި

އިންޓަރނޭޝަނަލް ނުވަ މުބާރާތާއެކު މިއަހަރުގެ ވޮލީބޯޅަ ކަލަންޑަރު އެކުލަވާލައިފިއެވެ. އިންޓަރނޭޝަނަލް މުބާރާތްތަކުގެ ތެރޭގައި މާރޗްމަހު ރާއްޖޭގައި ބާއްވާ 19 ...