• Categories
  • Archives

އަތޮޅުމަދަރުސާ ބަލިކޮށް 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަރަފުއްދީން ހޯދައިފި

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ފައިނަލްމެޗްގެ  ފަހުހާފްގައި  މުހައްމަދު މާހީ އަބްދުﷲ ކާމިޔާބުކޮށްދިން  ލަނޑުން ޝަރަފުއްދީން ސްކޫލް ޗެމްޕިއަންކަން ހޯދައިފި އެވެ.

އެޕްރީލް 28 ވަނަ ދުވަހު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައި ސ. އަތޮޅުމަދަރުސާގެޓީމާއި ޝަރަފުއްދީން  ބައްދަލުކޮށް ކުރިއަށްދިޔަ ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-2 އިން ޝަރަފުއްދީން ސްކޫލް ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފްގައި ޝަރަފުއްދީން ސްކޫލުން ކާމިޔާބުކުރި ދެލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު 6 ވަނަ މިނިޓްގައި އަހުމަދު އުސްމާނު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ ދެވަނަ ލަނޑު 18 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޒާދު މުހައްމަދު ޚާލިދެވެ.

އަތޮޅުމަދަރުސާޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 21 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހާޒިމް އަލީއެވެ.

ދެވަނަ ހާފްގެ ކުޅުން ފަށައިގެން 37 ވަނަ މިނިޓްގައި އަތޮޅުމަދަރުސާޓީމަށް ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ހާޒިމް އަލީ އަތޮޅުމަދަރުސާއަށް ދެވަނަ  ލަނޑު ކާމިޔާބުކޮށްދީ  މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނެވެ.

އެހެންނަމަވެސް މެޗްގެ ފަހު 15 މިނިޓްގެ ކުޅުމުގައި އަތޮޅު މަދަރުސާގެ ޓީމްގެ ޑިފެންސަށް ކުޅެމުންދިޔަ ކުޅުންތެރީންނަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައިގެން ޝަރަފުއްދީން ސްކޫލްގެ މުހައްމަދު މާހީ އަބްދުﷲ ވަނީ އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދީ މުބާރާތުގެ ޗެމްޕިއަންކަން ޝަރަފުއްދީނަށް ހޯދާ ދީފައެވެ.

ފައިނަލްމެޗްގެ ކުޅުން ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ. މިރަސްމިއްޔާތުގައި ތައްޓާއި މެޑަލް ހަވާލްކޮށްދެއްވީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިހުސާނު އަބްދުލްޣަނީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އެކުވެރިކަމުގެ ފުޓްބޯޅަމެޗް: މޮޅުވީ އަތޮޅުމަދަރުސާ ޓީމް

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ތައްޔާރުވަމުންދާ ސ. އަތޮޅުމަދަރުސާގެ 16 ...

ވޮލީމުބާރާތް އައިއެސްއޭ 2018

މީދޫގައި މިވަގުތު ތިބި ވޮލީ ކުޅޭ ބައެއް ކުޅުންތެރީން އިސްނަގައިގެން ” ވޮލީމުބާރާތް އައިއެސްއޭ 2018 ” ގެ ...

އައްޑޫ އިންޓަރ ސްކޫލް މަދަހަ މުބާރާތް 1440 : 7 އަހަރުން ދަށުގެ 1 ވަނަ ޝަމްސުއްދީންސްކޫލްގެ މަރިޔަމް މާހީއަށް

އައްޑޫ އިންޓަރ ސްކޫލް މަދަހަ މުބާރާތުގެ 7 އަހަރުން ދަށުގެ  އެއްވަނަ  ޝަމްސުއްދީން ސްކޫލްގެ މަރިޔަމް މާހީ މުހައްދު ...

ދިރާސީ އައު އަހަރާއެކު 25 ސްކޫލެއްގެ ދަރިވަރުންނަށް އެ ސްކޫލުތަކުން ހެނދުނުގެ ނަސްތާ ލިބޭނެ

ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުމުގެ ޕައިލެޓު ޕްރޮގްރާމްގެ ދަށުން ދިރާސީ އާއަހަރު ފެށޭއިރު 25 ސްކޫލްގައި މި ...

ސިޔާކަޕްގެ ޗެމްޕިއަންކަން ގައުމު އެފްސީ ހޯދައިފި

މީދޫ ފުޓްބޯޅަ ދަނޑުގައި ބޭއްވި “ސިޔާކަޕް” ގެ ޗެމްޕިއަންކަން ގައުމު އެފްސީ ހޯދައިފިއެވެ.  މިމަހުގެ 22 ވަނަ ދުވަހު ...

ޕެނަލްޓީ ޖަހައިގެން ފޭދޫ ބަލިކޮށް އައްޑުއަތޮޅުގެ ޗެމްޕިއަންކަން ހިތަދޫޓީމް ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އައްޑޫސިޓީގެ މުބާރާތުގައި މިއަދު ކުޅެވުނު ފައިނަލްމެޗްގެ 90 މިނިޓްގެ ކުޅުން ހަމަވިއިރު  އެއްލަނޑު ...