ޕޮލިސްކަޕް 2019: ޗެމްޕިއަންކަން ރެފިއުޖީއަށް – އެންމެ މޮޅު ކުޅުންތެރިއަކަށް ލިރު – ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް އިއްމެ

ޕޮލިސްކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ޓީމް ރެފިއުޖީ އުފުލާލައިފި އެވެ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން  އިންތިޒާމްކޮށްގެން ފިތުރު އީދު ދުވަހުގެ ރެއިން ފެށިގެން ކުރިއަށް ގެންދިޔަ މިމުބާރާތަކީ ހުޅުދޫއާއި މީދޫގެ ޓީމްތަކަށް ހުޅުވާލައިގެން ބޭއްވުނު މުބާރާތެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ރެފިއުޖީ ހޯދާފައިވަނީ ހޯމަދުވަހުގެރޭ ކުޅެވުނު ފައިނަލް މެޗުގައި ކެނެރީފާއި  ބައްދަލުކޮށް މޮޅުވެގެންނެވެ.     ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗު 4–1 ގެ ތަފާތަކުން ކުރި ހޯދައި، ރެފިއުޖީން މުބާރާތް ކާމިޔާބުކުރިއިރު އެޓީމަށް ކުޅުނު ދެބެއިންކަމުގައިވާ ލިރުއާއި އިއްމެގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

މޮޅު 5 ކުޅުންތެރީންގެ ގޮތުގައި ހޮވާފައިވާ 5 ކުޅުންތެރީން

މިމެޗުގައި ރެފިއުޖީން ޖެހި 4 ގޯލްގެ ތެރެއިން 2 ގޯލް ފުރަތަމަ ހާފްގައި ކާމިޔާބުކޮށްފައިވާއިރު މިދެ ގޯލްވެސް ކާމިޔާބުކޮށްދިނީ   މިމުބާރާތުގައި  ތަފާތު މޮޅު ކުޅުމެއް ދެއްކި ލިރުއެވެ.

ރެފިއުޖީން މިމެޗްގައި ކާމިޔާބުކުރި އަނެއް ދެގޯލް މެޗްގެ ފަހުހާފްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ދެގޯލް ކާމިޔާބުކޮށްދިން ލިރުގެ ބޭބެ އިއްމެއެވެ.

މިމެޗްގައި ކެނެރީފުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފަހުހާފްގައި  ކާމިޔާބުކޮށްދިނީ މުންޗީއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ

ފައިނަލްމެޗްގެ ކުޅުން ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ. މިރަސްމިއްޔާތުގައި މުބާރާތް ބޭއްވުމުގައި އެހީތެރިވެދެއްވި ފަރާތްތަކަަށާ މުބާރާތުގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތްކޮށްދެއްވި ފަރާތްތަކަށްވެސް ހަނދާނީ ލިއުން ދެވުނެވެ.

ޗެމްޕިއަން ޓީމަށް ތައްޓާ 5000ރ ޗެކް އަދި ޓްރޮފީ އާއި މެޑަލް ހަވާލުކޮށްދެއްވީ މިމެޗުގެ ހާއްސަ ޝަރަފްވެރި މެހެމާން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ރިޝްވާން (ޑީސީ ) އެވެ.  އަދި ރަނަރަޕް ޓީމަށް 1500 ގެ ޗެކާއި މެޑެލް އަދި ޓްރޮފީ ހަވާލުކޮށްދެއްވީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ވަލީދު ސައީދުއެވެ.

ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަކަށް ރެފިއުޖީގެ ލިރު ހޮވިފައިވާއިރު މިމުބާރާތުގެ  އެންމެ މޮޅު ފަސްކުޅުންތެރީންގެ ގޮތުގައި ހޮވާފައިވަނީ އަހުމަދު މުންސިފް ، މުހައްމަދު އިމްރާން ، އަލީ ލިރުޣާމް ، މުހައްމަދު ޖައުޝަން އަދި މުހައްމަދު ރަޔަންއެވެ.

ފައިނަލްމެޗްގެ މޮޅު ކުޅުންތެރިޔާ

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވާފައިވަނީ މިމުބާރާތުގައި ތަފާތު މޮޅު ކުޅުމެއްދެއްކި ރިފިއުޖީގެ އަލީ ލިރުޣާމްއެވެ. އަދި މިމުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ރިފިއުޖީގެ މުހައްމަދު އިމްރާނެވެ.

މިމުބާރާތުގެ ފެއާޕްލޭޓީމަކަށް ބްރަދާސްޔުނައިޓެޑް ހޮވާފައިވާއިރު ފެއަރޕްލޭ ކުޅުންތެރިޔަކަށް ހޮވާފައިވަނީ ބްރަދާސްގެ މުހައްމަދު ރަޔަންއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ އީދު ފެސްޓިވަލް 2022: ޕާކް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ފައްކަމަނާޓީމް ހޯދައިފި  

އައްޑޫ އީދު ފެސްޓިވަލް 2022 ގައި ހިމެނިގެން މީދޫގައި ކުރިއަށް ގެންދިޔަ ޕާކް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ” ...

މައިލޯ ސިޓީ ބަލިކޮށް މިނިވަން ކަޕްގެ  ޗެމްޕިއަންކަން ކްލަބް ލޮތާރިއަށް – މޮޅު ކުޅުންތެރިޔާއަށް ހާޒިމް ފަހުމީ

“މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ފުޓްސަލް މުބާރާތުގެގެ ޗެމްޕިއަންކަން ޕެނަލްޓީގައި ހިތަދޫ މައިލޯ ސިޓީ ބަލިކޮށް  މީދޫ ...

އިގިރޭސި ޕްރިމިއާލީގު : އާސެނަލްއާއި ސީޓި ވެސް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ލޫޓަން ޓައުން އާއި އާސެނަލް ބައްދަލުކުރިމެޗު އާސެނަލް ކާމިޔާބުކޮށްފިއެވެ.  އާސެނަލް މިމެޗް ކާމިޔާބުކުރީ 2 ...