ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީދޫގައި ރުއްއިންދުމުގެ ޕްރޮގްރާމެއް ބާއްވައިފި

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ” އައްޑޫނަލަފެހި ” ޕްރޮގްރާމްގެ ދަށުން މީދޫގެ ކައުންސިލް އިދާރާއިން އިސްނަގައިގެން މިއަހަރުގެ ތިމާވެށީގެ ދުވަސް ކުލަގަދަކޮށް  ފާހަގަކުރުމުގެ ގޮތުން  ބޭއްވިފައިވަނީ ރުއްއިންދުމުގެ ހަރަކާތެކެވެ. މިގޮތުން އިއްޔެ ހަވީރު މީދޫގައި ކުރިއަށް ގެންދެވުނު ރުއްއިންދުމުގެ ޕްރޮގްރާމްގުގައި ޝަމްސުއްދީން ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުން އަދި އަތޮޅުމަދަރުސާގެ ޓީޗަރުންނާއި ދަރިވަރުންގެ އިތުރަށް ބޭންކްއޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗްގެ މުވައްޒަފުންނާއި ހުޅުމީދޫ ޕޮލިސްޓޭޝަނުގެ މުވައްޒަފުން އަދި މިފްކޯއާއި ފެނަކަ ކޯޕަރޭޝަން މުވައްޒަފުންގެ ބައިވެރިވެފައިވާއިރު  ނަލަފެހި ޖަމްއިއްޔާގެ މެމްބަރުންނާއި ޝަންގްރިއްލާ ރިސޯޓުގެ ފަރާތުންވެސް އިއްޔެ މީދޫގައި ބޭއްވުނު ރުއްއިންރުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީގެކުރިންވެސް މީދޫގައި ތަފާތު ގިނަގުނަ ހަރަކާތްތަކެއް ކާމިޔާބުކަމާއި އެކު ހިންގިފައިވެއެވެ. މިގޮތުން ގަސްއިންދުމުގެ ޕްރޮގްރާމްތަކާއި ރަށުގެ ގޮޑުތަކާއި ގޮޑުދޮށްތައް ސާފްކުރުމުގެ އިތުރުން އާއްމުރައްޔިތުން ހޭލުންތެރި ކުރުވުމުގެ ތަފާތު ޕްރޮގްރާމްތައްވެސް ހިންގިފައެވެ.

ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގައި އިއްޔެ ބޭއްވުނު ރުއްއިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި  ނަލަފެހި ޖަމްއިއްޔާގެ އެހީތެރިކަން ކައުންސިލްގެ އިދާރާ ވަރަށްބޮޑަށް  ލިބިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އާޝާން ދޯނިން މީދޫއާއި ހުޅުދޫގެ މީހުން އުޅޭ ހުރިހާ ގެއަކަށް  މަސް ހަދިޔާކޮށްފި

ހުޅުދޫ ” އާޝާން ” ދޯނިން  މީދޫއާއި ހުޅުދޫގެ މީހުން ދިރިއުޅޭ ހުރިހާ ގޭބީސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި ...

ހުޅުދޫޓީމް ފައިބައިގެން ހުއްޓާލި ހުޅުދޫ ، މީދޫ މެޗުން މޮޅުވީ މީދޫޓީމްކަމަށް ކަނޑައަޅައިފި

އައްޑޫސިޓީގެ ޒުވާނުންގެ މެދުގައި މިހާރު ބާއްވަމުން އަންނަ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް 2020 ...

ފިލިޕީންސް ނަރުސްގެ މަރާ ގުޅިގެން ދިވެހި އަންހެނަކު ހައްޔަރުކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސް އަށް ނިސްބަތްވާ ނަރުސް މޭރީ ގްރޭސް ޕިނޭޑާގެ މަރާއި ...