ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތެއް އައްޑޫސިޓީ ހިތަދޫގައި ބާއްވަނީ

ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތެއް ކަމަށްވާ ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް އައްޑޫ ސިޓީ ހިތަދޫގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.

އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫސިޓީ ހިތަދޫގެ ” އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް” ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ރާއްޖޭގެ އިތުރުން ބޫޓާން، ސައުދީ އަރަބިޔާ އަދި ލަޓްވިޔާގެ ފަނަރަ އަހަރުން ދަށުގެ ޤައުމީ ޓީމުން ވާދަކުރާނެއެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތަކީ އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ އަދި ޔޫއޭފާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިމުބާރާތުގައި ބައިވެރިވާ ޓީމުތައް އަންނަ މަހުގެ 18 ވަނަ ދުވަހު އައްޑޫ ސިޓީ އަށް އައުމަށްވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޙަސަދަވެރީންގެ ކިބައިން ސަލާމަތްވާނެ ގޮތް

ޙަސަދައަކީ އަނެކާގެ ކިބައިގައިވާ ނިޢުމަތެއް ނުވަތަ ހެޔޮކަމަކާއިމެދު ނަފްރަތުވެ، އޭނާގެ ކިބައިން އެކަން ފިލައި ދިއުމަށް އެދޭ އެދުމެވެ. ...

އެމްއެންޑީއެފްގެ ޤައުމީ ޚިދުމަތް މިފަހަރު ތަފާތު ގޮތަކަށް

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ނުވަތަ އެމްއެންޑީއެފް އަކީ ރާއްޖޭގެ ސަލާމަތީ ކަންކަމުގައި އެންމެ ކުރީ ސަފަށް ނިކުމެ ...

ކުޅުދުއްފުށީ ސިޓީ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތްތެރި މޫނުތައް

ފެތުރެމުންދާ ކޯވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގައި އުފައްދާފައިވާ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތް މެދުކެނޑުމެއް ނެތި 18 ...